ގައުމީ ޓީމަށް ހިތްވަރު ދޭން ޔޫތު މިނިސްޓްރީ އިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ޒިލާ،-- ފޮޓޯ: ޔޫތު މިނިސްޓްރީ
01 ޖޫން 2023 - 11:18
މި މަހުގެ 14-22 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން، ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) ގެ ކޯޗުކަމުގައި ތަމްރީނުތަކަށް ގައުމީ ބާސްކެޓްބޯޅަ ޓީމު އިންޑިއާ އަށް ފުރައިފި އެވެ.
މިއީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ޒިލާގެ ފުރަތަމަ މަސައްކަތެވެ. ކުޅުން ހުއްޓާލުމަށް ފަހު ޒިލާ ވަނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް، ކޯޗެއްގެ ގޮތުގައި މިދިޔަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ. ޒިލާ ވަނީ 2021 ވަނަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ހެޑް ކޯޗެއްގެ ގޮތުގައި ޒިލާ ހުރި ނަމަވެސް އޭނާގެ އެހީތެރިއަކަށް ބިދޭސީ ކޯޗެއް މަސައްކަތް ކުރާނެ އެވެ. ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ދެން ހިމެނެނީ ކުރީގެ ކުޅުންތެރިޔާ އަލީ ފަޒްލީ އެވެ. ފަޒްލީ އާއި ޒިލާ ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްް އަށް ފަހު އެވެ.
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ގައުމީ ޓީމުން 14 ދުވަހު ތަމްރީނުތައް ކުރިއަށް ގެންދާނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ގައުމީ ޓީމުން ފަސް މެޗު ކުޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއަށް ފުރި ގައުމީ ޓީމުގައި 18 ކުޅުންތެރިން ހިމެނެ އެވެ. ތަމްރީނުތަކަށް ފަހު ފައިވް ނޭޝަންސް ކަޕަށް ނަގާ ޓީމުން ހަ ކުޅުންތެރިން އުނިކޮށް، 12 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކުރާނެ އެވެ.
ފައިވް ނޭޝަންސް ކަޕްގައި ރާއްޖޭގެ އިތުރުން ސަރަހައްދީ ހަތަރު ގައުމެއް ވާދަ ކުރާނެ އެވެ. އެއީ ބަންގްލަދޭޝް އާއި ބޫޓާނާއި ނޭޕާލް އަދި ޕާކިސްތާނެވެ. މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ރަނގަޅު ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮބްލެސް
10 June 2023
ކޮބާ އެއްކަލަ ކޮމެންޓް ކުރާ ގްރޫޕް މިތަނަށްފާވީ ދޯ! މިހާރު ނެތޭ ސުޕުންއެއްވެސް! ރަނގަޅު އެއްވެސް ގޮތެއް ނޯވޭ! އަމިއްލަ ނަންޖަހާލާފަ ބުނެބަލަ މަށޭ އެންމެ މޮޅީ ކޯޗިންގްއަށް، އަންހެނަ ޓީމު ބޭނުންވެގެން ތެޅޭ މީހުން ހުސްވެސް. ވޮންޑާ ވައި! ޕީއެސް، އާސްކް ނަޒީ ކޯޗް އެންމެ ފަހުން އަންހެންޓީމުގަ ހުރެގެން ކުރި ކަންތަށް ލޮލް!
އެޑަމް ބީ ސީ
03 June 2023
ކޮބާ މެޗް ތަކުން މެޅުނީ ދޯ ، ދެން ބުނޭ އެއްމަހުގެ ފަރިތަކުރުން މައް ފަހު ރަނގަޅޭ . ހެހެ
ސޮޓާސް ބީ ސީ
02 June 2023
ހަމަ އައްލޯ އާމިރު މެންގެ ފިލޯސަފީ ، މުޅި އާއިލާ ދިވެހިބާސްކެޓް ތެރޭގަ ދައްރަގެ ދައްރާ ، އަމިއްލަ މަންފާއައް ދެއްތޯ ؟ ޖޫނިއަރ ޓީމްތަކައްވެސް ނަގަނީ ހުނަރު ނެތަސް ބައެއް ބެލެނިވެރިން ގެ ދަރިން އެވެސް އެސޯސިއޭސަންގެ ޕަޕެޓް ކޯޗުން ކާރިޔައް ދާ ކުދިން
ބެލެނިވެރިން މީ
02 June 2023
އަންހެން ނެޝަނަލް ޓިީމުގައި ތިބެނީ އެއްވެސް އިރެއްގަ ރާއްޖޭގަ ސީނިއަރ ލެވެލް ގަ ކުޅުނުބައެއް ވެސް ނޫން ، އެސޯސިއޭސަން އިން ގައުމީޓީމް ގަ ފަރިތަކުރާ ޓީމް ކުލަބެއް ހަދައިލާއިގެން ވެދުމައް އަރުވާފަ
ބަލާމީހާ
02 June 2023
ފީބާ ކޯޗުން ނައް ނޫނީ ގައުމީޓީމް ހެޑް ކޯޗުން ގެ ގޮތުގަ ނުތިބެވޭ ވާހަކަ އަޑު އިވެނީ . މިވަނީ ކިހިނެއް ބާ ؟
މެރަޑޯނާ
01 June 2023
އެސޯސިއޭޝަން ގެ ނައިބު ރައީސަކަށް ޅިޔަނު ހުރީމާ ޖޫނިއަރ ކޯޗީންގ ލައިސެންސް އޮތަސް މަޤާމު ލިބިފާ ތިއޮތީ. ސީނިއަރ ކޯޗުންނަށް ކުރި މަލާމާތެއް. މިފަހަރު ހާވާ ހަޑި ފެންނާނެ ދިވެހި ރައްޔިތުންނަށް.
ކުޅިބަލާމީހުން
01 June 2023
އަންހެން ނެޝަނަލް ޓިީމުގައި ހުންނަނީ ޒިލާގެ އެސިސްޓެންޓް ކޯޗް ގުރޭ ކަމަކީ. ތި ހާންދާނުގެ ކުދިން ޤައުމީ ޓީމަށް ހޮވުން. ޓެލެންޓް އެއް ނެތަސް ގުރޭ
ގުރޭޭ
10 June 2023
ހައި ފްރެންޑް! ހަޖަމްކޮށްލާ ދެން! ކަލޭމެނަށް އޮތީ ކޮމެންޓް ލިޔުން ހަމައެކަނި! ސޯ ސޯލްޓީ!