އާޖެންޓީނާގެ ކުރީގެ ކެޕްޓަން މެސީ (ވ) އާއި މަރަޑޯނާ.
27 ޖެނުއަރީ 2017 - 11:04
ނޭޕްލްސް، އިޓަލީ (ޖެނުއަރީ 27) – އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރިޔަސް ނުކުރިޔަސް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވެގެންދާނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއޭގޯ މަރަޑޯނާ ބުނެފި އެވެ.
ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ހުރިހާ ކާމިޔާބެއް އަދި އިންޑިވިޖުއަލް ގިނަ އެވޯޑްތަކެއް ހޯދައިފައިވީ ނަމަވެސް މެސީ އަށް އާޖެންޓީނާއާ އެކު ބޮޑު ކާމިޔާބެއް ނުހޯދެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާގެ ފައިނަލުން ވެސް ބަލިވީ އެވެ. އެކަމާ ގުޅިގެން މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ފަހުން ވަނީ އެނބުރި އައިސްފަ އެވެ.
އެއްބަޔަކު ބުނާ ގޮތުގައި މަރަޑޯނާއާ އެއް ސަފަކަށް މެސީއަށް އެރޭނީ އޭނާ ފަދައިގެން އާޖެންޓީނާއާ އެކު މެސީ ވޯލްޑް ކަޕެއް ކާމިޔާބުކުރުމުންނެވެ. ހާއްސަކޮށް ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލާ އެކު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ މެސީއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ދާދި ފަހުން މެސީ އަށް ފާޑުކީ ނަމަވެސް މަރަޑޯނާ ވަނީ މި ފަހަރު އޭނާގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. އެގޮތުން އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ބުނީ ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބެއް ހޯދައިނެތުމަކީ މެސީގެ ކެރިއަރުގައި މިހާތަނަށް ހޯދި ކާމިޔާބީތަކަށް އެޅޭނެ ހިޔަންޏެއް ނޫން ކަމަށެވެ.
"މެސީ އާދަޔާހިލާފު ކުޅުންތެރިޔަކަށް ނުވަނީ އޭނާ ވޯލްޑް ކަޕް ކާމިޔާބުނުކުރާތީއޭ ބުނާ ބުނުން އަހަންނަށް ގަބޫލެއް ނުކުރެވޭނެ. ވޯލްޑް ކަޕް ހޯދިޔަސް ނުހޯދިޔަސް މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް. އަހަރެންގެ އުމުރުން މިހާރު 56 އަހަރުމިވީ. އަހަރެންގެ ހަޔާތުގައި ނުދެކެން އޭނާ ވަރުގެ ކުޅުންތެރިޔެއް. މެސީ ނިސްބަތްވަނީ އާޖެންޓީނާއަށް ކަމަށްވާތީ އެކަމަށް ޝުކުރުވެރިވަން،" މަރަޑޯނާ ބުންޏެވެ.
މަރަޑޯނާ ބުނީ އޭނާ އަށް ވޯލްޑް ކަޕް ކާމިޔާބުކުރެވުނީ އެކަނި މަސައްކަތުން ނޫން ކަމަށާއި އެކަމުގެ ފަހަތުގައިި އެތައް ކުޅުންތެރިންތަކެއް ހިމެނޭ ކަމަށެވެ. އެހެންވެ އާޖެންޓީނާ އަށް ފަހަކަށް އައިސް ވޯލްޑް ކަޕް ކާމިޔާބުނުކުރެވުމުގެ ޒިންމާ ހަމައެކަނި މެސީގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެލޭ
28 January 2017
ރޮނާލްޑޯ މޮޅީ ގޯލްޖަހަން. ވެދާނެ ނަސީބު ރަގަޅީކަމަށްވެސް. މެސީ ވެރެއްހަމަނެތް މެސީ އާ އަޅާނުކިޔާ.
ގެދާނޯމޮސް
27 January 2017
މީ މިހާތަނަށް މަރޭ ދެއްކި އެންމެ ހަމަޖެހޭ ވާހަކަތަކެވެ.
އަލިކޮއެ
27 January 2017
ވަރަށް ރަގަޅު.
ސިޑޭ
27 January 2017
ޕޯޗުގަލް ޔޫރޯ ކާމިޔާބު ކުރިއިރު ރޮނާހުރީ ދަނޑުބޭރުގަ އެހެންވީމަ ނުބުނެވޭނެ ރޮނާއެކޭ ޔޫރޯ ކާމިޔާބު ކޮށްދިނީކީ. ހަމަ އެގޮތައް މެސީހުރެ އާޖެންޓީނާ ވޯލްޑްކަޕް ފައިނަލްވެސް ކުޅެފި. މެސީ ދަނޑުބޭރުގަ ހުރެގެން މޮޅުވީމަ ބުނަންވީ މެސީއޭ ކާމިޔާބު ކުރީދޯ. ބުނަންމިއުޅެނީ ފުޓުބޯޅައަކީ އެންމެ ކުޅުންތެރިއަކު މޮޅުކުޅުން ދައްކައިގެން ހޯދޭނެ ކާމިޔާބެއް ނޫނޭ އަދި މީގަ ނަސީބުވެސް ވަރައް އެހީތެރިވޭ މޮރީނިއޯ ބުނާހެން. ތިބުނާ ޕޯޗުގަލް މިދިޔަ ޔޫރޯގަ ގުރޫޕް ސްޓޭޖުންވެސް ކިރިޔާ ސަލާމަތްވީ. އެވެސް ގުރޫޕަކުން ދެޓީމު ދެެވަނަބުރައް ދާނަމަ ކެޓިސް....
ސަރ ނޭމްލަސް
27 January 2017
ފުރެންޑޫ. ޕޯޗުގަލް ދެވަނަ ބުރުން ކިރިޔާ ސަލާމަތްވެގެންގޮސް މުބާރާތުގެ ތަށިވެސް ހޯދި ދޯ. މެސީއަށް 3 މުބާރާތުގެ 3 ފައިނަލުގައި ކުޅެ ގޯލެއް ނުޖެހި މުބާރާތް ނިންމާލީ ހުސްއަތާދޯ. ނުވިތާކަށް އެންމެ ފަހުން ކުޅުނު ކޮޕާ އެމެރިކާ ފައިނަލުގައި ޕެނަލްޓީ ބޭރަށް ޖަހާ ބަލިވީމަ ރިޓަޔާދޯ ކުރީ. ހަޖަމް. ވަރަށް ވެދުން.
ޕެސީ
27 January 2017
ހަމަ އެކަނި ފައިނަލް މެޗުގަ ދަނޑުބޭރުގަ ހުއްޓަސް ޓީމު ފައިނަލަށް ދިޔައީ ހަަމަ ރޮނާލްޑޯގެ މޮޅުކަމުން... ނަމަ ނަަމަ ކިޔަންނާ 2002ގަ މެސީ މަރުވިނަމަ އެންމެ ބުލެންޑީނޯ އެއްވެސް ނުލިބޭނެ.. ހަޤީޤަތަކީ މެސީއަށް ގައުމީޓީމަށް ކާމިޔާބެއް ނުހޯދޭކަށް... ހަަމަ ހަޖަމު ނުވަނީއޭ..
ސިޑް
27 January 2017
ވަރެއްދޯ ތިވަނީ މަނުބުނަމޭ ރޮނާލްޑޯ މޮޅުނޫނެކޭއެއް ގައުމީޓީމައް ނުކުޅެވެެއެކޭވެސް ނުބުނަމޭ. އަދި ރޮނާލްޑޯ މެސީހާ މޮޅު ނޫނެކޭވެސް ނުބުނަމެއްނު. ރޮނާލްޑޯވެސް މޮޅު މެސީވެސް މޮޅު އަސްލުވާގޮތަކީ ހިތްއޮންނަލެއް ބޮޑުކަމުން ފުޓުބޯޅައިގެ ވާނުވާ ނޭންގެނީ ހަޖަމް...
ސަރ ނޭމްލަސް
27 January 2017
މަރަޑޯނާ ތިޔަހެން ބުންޏަކަސް މެސީއަކީ ބާސެލޯނާ ނޫން ޓީމެއްގައި މޮޅު ކުޅުމެއް ނުވަތަ ކާމިޔާބީއެއް ހޯދުނު ނުވަތަ ހޯދައިދެވުނު ކުޅުންތެރިއެއް ނޫން. އޭގެ މިސާލެއް 2010ގެ ވޯލްޑް ކަޕުގައި މެސީ މުބާރާތް ނިންމާލީ އޭނާއަށް ގޯލެއްވެސް ނުޖެހި، އެކަމު އެއަހަރުގެ ބޯލެންޑިއޯ ހޯދީ މީނާ. މީނާގެ ކެރިއަރު ނިމޭއިރު އަމިއްލަ ގައުމަށް އެންމެ ކާމިޔާބީއެއްވެސް ހޯދައިނުދެވޭ. މީހަކު މޮޅުވާނީ އެހާކަންހާ ވަރަށް. ވަރަށް ވެދުން. ހަޖަމް.
ަަައަޅެ
27 January 2017
2010 ގަ އޮތީ ވޯލްޑްކަޕް އެކަނިތަ ބަލަ ބާސާގަ އެ އަހަރުވެސް ތަފާތު މޮޅުކުޅުމެއް ދެއްކި މެސީ ދެން 2014 ގަ ރޮނާ ބެލެންޑިއޯ ހޯދިއިރު ވޯލްޑްކަޕް ގްރޫޕް ސްޓޭޖުން އޮތީ ކަޓާފަ