ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ/ މިހާރު
09 ޖޫން 2023 - 06:51
އޭނާ ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލުން ނިންމި ނިންމުން ތަންފީޒު ކުރުމުގައި ސާބިތުކަންމަތީގައި ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ޖަވާބު ފޮނުއްވައިފި އެވެ.
ގާސިމް ސޮއިކުރައްވައި، އެ ޖަވާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާ އަށް އެދިވަޑައިގެން މި އަހަރުގެ ފެބްރުއަރީ 19 ގައި ރައީސް ފޮނުއްވި ދައުވަތުގެ ޖަވާބުގަ އެވެ.
އޭގެ ޖަވާބުގައި ގާސިމް ވިދާޅުވީ، ފެބްރުއަރީ 23-24 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވަނީ މި ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް އިއްތިފާގުން ގަރާރެއް ފާސްކޮށްފައި ކަމަށެވެ. އެ ގަރާރު ކައުންސިލަށް ހުށަހެޅުމުން ވެސް އިއްތިފާގުން އެ ފާސްކޮށް، ގަރާރުގައި ބުނާ ކަންކަން ގަބޫލުކޮށް، ޖޭޕީގެ ކެންޑިޑޭޓަކީ އޭނާ ކަމަށް ފާސްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވީމާ، ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމެވުން ތަންފީޒު ކުރުމުގައި އަޅުގަނޑު ސާބިތުވެ ހުރި ވާހަކަ ދެންނެވީމެވެ. އަދި މި ޕާޓީ އަށް ދެއްވި ދައުވަތަށްޓަކައި އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" ގާސިމްގެ ސިޓީގައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަށް ތިން މަހަށް ވުރެ ގިނަ ދުވަސްވި ފަހުން ގާސިމް ޖަވާބު ދެއްވިއިރު، ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމާ ހަވާލުކުރުމުގެ ޖަލްސާ މިރޭ މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ގާސިމްގެ ޖަވާބު މިހާ ފަހުން ދެއްވިޔަސް ޖޭޕީގެ ކޮންގްރެސް އާއި ކައުންސިލްގެ ނިންމުންތަކާ ހެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އަދި އެމްޑީޕީ އާއި ޖޭޕީގެ ގުޅުން މިވީ މުއްދަތުގައި ރަނގަޅެއް ނޫނެވެ. އެ ނިންމުންތަކުގެ ސަބަބުން، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެ ޕާޓީ ދޫކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅަށް ވެސް އަރުއްވައިފަ އެވެ.
އަދި އެމްޑީީޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން އުޅުއްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމްގެ ގުޅުން ވަަރަށް ބޮޑަށް ރަނގަޅުވެ، ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދެވި އެވެ. އެކަމަކު، ބަރުލަމާނީ ނިޒާމުގެ ހުށަހެޅުމާ އެކު، އެ މަޝްވަރާ ވަނީ ހުއްޓިފަ އެވެ. ސިޔާސީ މަސްރަހަށް އައި ބަދަލަށް ފަހު، ގާސިމް ވަނީ ނަޝީދަށް ވަރަށް ފަހުން ބަހުގެ ހަމަލަތަކެއް ވެސް ރައްދު ކުރައްވައިފަ އެވެ.
މި އަހަރުގެ މާޗް 14 ގައި ބޭއްވި ޖޭޕީގެ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު އިންތިހާބު ކާމިޔާބު ކުރުމަށެވެ. އަދި އެ މަހުގެ ހައެއްގައި ފާސްކުރި ގަރާރަކުން ވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމުގެ މަޝްވަރާތައް ޖޭޕީން އިސްވެ ކުރިއަށް ގެންދިއުމުގެ ބާރު ގާސިމަށް ދިނުމަށެވެ.
"ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރިކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،" ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
ގާސިމްގެ ޖަވާބުގައި ވަނީ 2018 ގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވި ސަބަބުތަކުގެ މައްޗަށް ވެސް ބައްލަވާލައްވައިފަ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ އިތުރުން 2008 ގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހޮވުމަށް ޖޭޕީން ވަރަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރި ކަމަށް ގާސިމްގެ ސިޓީގައި ވެ އެވެ.
އެ ދެ ފަހަރު ވެސް ޖޭޕީން މަސައްކަތް ކުރި ގޮތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ދެ ފަހަރު ވެސް މި ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދު ކުރީ ރާއްޖޭގެ ސަރަހައްދާއި، މިނިވަންކަމާއި، އިސްތިގުލާލާއި، ދިވެހިންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓްތަކާއި ރާއްޖޭގެ އިގްތިސާދު ހިމާޔަތްކޮށް، ކުރިއަރުވައި، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމްކޮށް، ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް، ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދީ، ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށެވެ،" ގާސިމްގެ ޖަވާބުގައި ވިދާޅުވި އެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އެ ކަންކަމާ މެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން، މި ފަހަރު ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ފާސްކުރީ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
09 June 2023
އަދިވެސް ގިނަ މުއަށްޒަފުންނަށް ޖޫން މަހު މުސާރަ އާއި ސާވިސްތާޖް ނުދޭ
ހަސަންޑީ
09 June 2023
މިހާރުވެސް އެގޮވަނީ މަގޭފަޅު މަގޭރަށް މަގޭ ބިން، ވެރިކަން ލިބިއްޖެނަމަ ގައުގެ ނަންވެސް ބަދަލުވާނީ ރިޕަބްލިކް އޮފް ވިލާ އަށް ...
ޢަރުތަ
09 June 2023
"ރައީސް ސޯލިހުގެ ޒައާމަތުގައި އެ ކަންކަމާ މެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން، މި ފަހަރު ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ފާސްކުރީ ކަމަށް ގާސިމް ވިދާޅުވި އެވެ". ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނުނިންމާ އެއްވެސް އިރެއް މަމެން ނުދެކެން، ކޮންމެ ފަހަރަކުވެސް ރިޔާސީ ކެންޑިޑޭޓަކު ހުންނަވަނީ ނުކުމެ، ދެވަނަ މީހަކު ނޫން ހަމަ ތިބޭފުޅާ، އެހެންވީމަ ދެން ކޮން މިފަހަރެއް އެފަހަރެއްގެ ވާހަކަތޯ.
ބޮޑުމީހާ
09 June 2023
ގައުމުގެ ހުރި ފަޅުތަކާއި މުދާތައް އަމިއްލަކުރާއިރު ދީނާއި ގައުމެއް ނޯވޭ. އެންމެފަހުންވެސް ތިލަފުށިން ބިމެއް ގަތީ 600މިލިއަން ދައލަތަށް ގެއްލުމުގަ
ޝޮކްތެރަޕީ
09 June 2023
ގައުމައް ގައްދާރުވާ މީހުންނަ ވޯޓް ނުދޭނެ ދިވެހިންނެ ދެނެ.
އިނގޭނެއޭ
09 June 2023
އެނގިދާނެތާ ގާސިމްގެ ހުރި ހިތްވަރެއް މިރޭ ގާސިމް ރައްޔިތުންނަށް ފައިދާ ކުރަނިވި ކަމެއް ކަމުގައިވާ މާލެ ސަރަހައްދުން މަހަކު 10 ހާސް ގޯތި ދޭނެ އުސޫލުން މާލެ ސަރަހައްްދުގައި ހުރި ފަޅު ތައް ހިއްކާ ގޯތި ދޭނެ ކަމަށް އިއުލާން މިރޭ ކޮށްފިނަމަ މަމެން ތާއީދު ކުރާނަމޭ ގާސިމަށް...
މުގާބޭ ބެ
09 June 2023
ގާސިމް މާލެ ހިއްކާފަ ވިލާ ކުންފުންޏަ ދޭނީ، އަދި ދިވެހިރާއްޖޭގެ ނަން ބަދަލުވާނީ ވިލާ ރާއްޖެއަށް . ގާސިމަކީ ކާކުކަން ދިވެހިންނަ ނޭގޭތީ ދެރަވޭ.
ހުއްތުބެ
09 June 2023
މީ ވެސް ގާސިމުގެފަހަރެއް ދޯ ނިހާނޫ.
ވަރަބިންދާލި
09 June 2023
އެއްޗެކޭނުބުނިއްޔާބުނާނެ ކިޔައިފަ އެއްވެސްއެއްޗެއްނުލިޔުނޭ. ނަގައިފަ އެހެންމީހުންނަށް ދޭން ބާކީވާނެތަ ؟ ވެރިކަމެއް ނޫން ހުރިހާކަމެއް މިހާރުވެސް ގައުމުން ލިބިފަހުރީ. އެއްޗެއް މަދުނުވާއިރު . ގައުމުގެ ރައީސުލްޖުމްހޫރިއްާއޭ ނުކިޔާކަށް . . ރައްޔިތުންނަށް ނުލިބިގެން އުޅޭއިރު ވާލޯތްބަކުންވެސް ބޭނުމެއް ނޫނޭ ބުނާނެނަމަ . ފަގީރުންގެ ހައްޤުގަ .
ކެރޭނެބާ
09 June 2023
ގާސިމް ފުރަތަމަ ވެސް ރައްޔިތުން އަތުން މިސަރުކާރު ފެލަމުންދާ ޓެކްސް ސުމަކަށް ގެނެސް މީރާ އުވާލާނެ ގޮތެއް ހޯދާ އަދި މީރާއިން ވަގުން ވައްކަން ކުރާ އުސޫލުން ނުލިބޭ ފައިސާ އިން މީރާ އަށް ފައިސާ ދަމައިގަންނަ ގޮތަށް ކުރާ ކަންކަން އުވާލާ ރާއްޖޭގެ ވިޔާފާރި ތައް ފުނޑާލަން މީރާއިން ކުރާ ޖޫރީމަނާ އެއްކޮށް އުވާލާނެ ކަމަށް އިއުލާން ކޮށް ހަދާ ޓެކްސް ބަދަލުގައި މާލެ ސަރަހައްދުން ގިނަ އަދަދަކަށް ބިން ވިއްކާ ކުއްޔަށް ދީގެން އާމްދަނީ ހޯދާނެ ގޮތެއް ހޯދައިފިނަމަ
މުގާބޭ ބެ
09 June 2023
މީރާ އުވާލާފަ ގައުމުގެ ބައިތުލްމާލު ގެންގޮސް ވައްދާލާނީ ވިލާ ކުންފުނީގެ ތިޖޫރީއަށް
ނުވާނެއޭދޯ
09 June 2023
ގާސިމަށް ވޯޓްދޭން ޖެހޭނެ ސަބަބެއް ދައްކަންވީ ޖޭޕީން މާލޭގެ ވިޔާފާރިވެރިންނަށް ފަހި ގޮތް ތައް ހޯދާ ދިނުމަށް ޓަަކައި މާލެ ސަރަހައްދުން އެންމެ ކުޑަވެގެން މީރާ އަށް އެންމެ ގިނަ ފައިސާ ދައްކާ ފުރަތަމަ 1000 ކުންފުންނަށް ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ އެތަނުން ބިންދޭ ގޮތަށް އެވާހަކަ ދެއްކި ނަމަވެސް އެއީ މިރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ވަރަށް ބޮޑު ފައިދާ ތަކެއް ކުރާނޭ ކަމެކޭ އެކަމަކު ގާސިމް ހަނދާނެއް ނެތޭ ރާއްޖޭގެ ވިޔާފާރިވެރިން މަތިން ވެސް