ޗެމްޕިއަންކަން ހޯދި ކަލާފާނު ސްކޫލް ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 ޖޫން 2023 - 09:48
ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް 3-0 އިން މޮޅުވެގެން ކަލާފާނު ސްކޫލުން މިއަހަރުގެ 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފި އެވެ.
އެފްއޭއެމުން މިއަހަރު ބޭއްވި އިންޓަ ސްކޫލް 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް ކުޅެފަ އެވެ. އިސްކަންދަރު ސްކޫލް އަތުން 15 އަހަރުން ދަށުގެ ފައިނަލުން ބަލިވި އިރު، އޭގެ ކުރިން 17 އަހަރުން ދަށުގެ ފައިނަލްގައި ބަލިވީ ރެހެންދި ސްކޫލް އަތުންނެވެ.
ގަލޮޅު ދަނޑުގައި ރޭ އަހުމަދިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި ކަލާފާނުން ވަނީ މެޗު ފަށައިގެން ހަތްވަނަ ސިކުންތުގައި ގޯލު ޖަހައި ލީޑު ހޯދައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އީހާން އިބްރާހިމް އެވެ.
އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަލާފާން ސްކޫލްގެ ކެޕްޓަން އިލްހާމް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ލީޑު ފުޅާ ކުރަން އިތުރު ދެ ގޯލު ކާމިޔާބު ކުރީ މެޗުގެ ފަހު ވަގުތު އެވެ. ގާތްގާތުގައި މި ދެ ގޯލު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ހުސެއިން އިލްހާމް އިބްރާހިމް އާއި މުހައްމަދު ނަޝާމް ނިޔާޒް އެވެ.
ކަލާފާނު ސްކޫލޫން މުބާރާތް ކާމިޔާބު ކުރީ ހުރިހާ މެޗަކުން މޮޅުވުމުގެ އިތުރަށް، މުބާރާތުގައި ކުޅުނު ހަ މެޗުގައި ވެސް އެޓީމުގެ ގޯލްކީޕަރު މުހައްމަދު ގިދާފް ޒިޔާދު ބެލެހެއްޓި ގޯލަށް ލަނޑެއް ވަނަ ނުދީ އެވެ. އެޓީމުން މުބާރާތުގައި 32 ގޯލު ޖަހައިފައި ވެއެވެ.
މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ކަލާފާނުގެ އިލްހާމް އެވެ.
އެންމެ މޮޅު ކޯޗަކަށް ކަލާފާނު ސްކޫލުގެ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ހޮވުނުއިރު، މުބާރާތުގެ ފެއާޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 36 ސްކޫލުން ވަނީ ވާދަ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން ނޭ
12 June 2023
ތިޔައީ ސާރކިރު ސަރ ގެ މަސައްކަތެއް ކަމައް ވާނީ ތަސިލިބުނީމަ ބަލ ވެއްޖެޔާ ކޯޗް
ލުނބޯ
12 June 2023
އަސްލު ވެސް ރެކޯޑް އެއް.. އެއްވެސް ސްކޫލަކުން ރަށްރަށުން ގެނެސް ވެސް ސްކޫލަށް ވަށްދައިގެން ވެސް ނުކުޅުވާ.. ބަލާލަދީބަލަ ކިތަށް ރަށުގެ ގެ ކުދިން ގެނެސް ގެން ތޯ ކާމިޔާބު ކުރީ ފަރީދު އާއި ސާކިރު ސަރ
ޕެއްޕް ގާޑިއޯލާ
12 June 2023
ކޮބާ ތަ މައްސަލައަކީ؟ ، ހަމަ ބަޔެއް ބެލެނިވެރިންނަށް ނުވިސްނެނީ ، ނޫނީ ވިސްނަން ބޭނުން ނުވަނީ .ބަލި ގަބޫލު ކޮށް އިތުރައް ބުރަކޮށް މަސައްކަތް ކޮއްގެން މޮޅުވާން ހިތްވަރު ދޭންވެސް ތިބީ ތިބެލެނިވެރިން.އޭގެ ބަދަލުގަ އަބަދު ވެސް ކޮންމެވެސް މައްސަލައެއް ހޯދައިގެން އޭގަ ހިފާ ދެމުން ދަރިން ކުރި މަތީގަ .ރަނގަޅު މޮޅު ޓެލެންޓެއް ކުޅޭ ތަން ބަލާލަން ކިހާ ހިތްގާމު.އެވެސް ދިވެހި ދަރިޔެއް . ބަލަ އެކުދިންގެ ބެލެނިވެރިން ވެސް އެގޮތް ބޭނުން ވެގެންނު އެ ގެންނަނީ.
ބީޅަބޭ
12 June 2023
ކަލާފާން ސްކޫލް އަކީ ކިޔަވާދިނުމައް ވުރެ ކުޅިވަރައް އިސްކަންދޭ ސްކޫލެއް ، ކުދިން ގެ އަދި ބެލެނިވެރިން ގެ އެއްވެސް އަހުލާގެއް ނެތް