މުލިއާގެއިން ރައީސް އާއި އާ ކޯލިޝަންގެ ލީޑަރުން ނިކުމެވަޑައިގަންނަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
15 ޖޫން 2023 - 13:58
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކެމްޕޭނަށް ނުކުންނަވަން ކޯލިޝަން ޕާޓީތަކާއި ކެމްޕޭން ޓީމުތަކާ އެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ކެމްޕޭން ތަރުތީބުކޮށް، ކުރިއަށް އޮތް އަޟްހާ އީދުގެ ބަންދަށް ފަހު ފަށަން ޓީމުތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީއާ އެކު ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތާއި އެމްޑީއޭ އެވެ.
ރައީސްގެ ކެމްޕޭން ފަށަން ނިންމާފައި ވަނީ މި މަހުގެ ފަހު ހަފުތާގައި އަންނަ އީދު ބަންދަށް ފަހު އެވެ. އެކި ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކޯލިޝަންގެ ޕާޓީތަކުގެ ޓީމުތަކާ ވެސް އެކުގަ އެވެ.
އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ކެމްޕޭން ފެށުމުގެ ކުރިން ކޯލިޝަން ތިން ޕާޓީން އެކުގައި ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
އެމްޑީޕީއާ އެކު ކޯލިޝަނަށް އަދާލަތާއި އެމްޑީއޭއިން އެއްބަސްވެފައި ވިޔަސް ކޯލިޝަން ހެދުމުގެ އެއްބަސްވުން މިހާތަނަށް ފައިނަލްނުވާ ކަމަށް އެމްޑީއޭ އިން ބުންޏެވެ.
ކެމްޕޭން ޓީމުތަކާ އެކު ރައީސް އިބްރާހިމް ސޯލިހް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.
އެމްޑީޕީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ކޯލިޝަންގެ ދައުވަތު ދީފަ އެވެ. ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އުވާލި ކަމަށް އީސީން އިއުލާންކުރި އެ ޕާޓީ މިހާރު އޮތީ ގާނޫނީ މަރުހަލާގެ ތެރޭގަ އެވެ. ކޯލިޝަނާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ދައުވަތު ގަބޫލުނުކޮށް އިންތިހާބުގައި ވަކިން ވާދަކުރަން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީގެ ދެވަނަ ދައުރަކަށް ކެމްޕޭން ފަށަން ތައްޔާރުވި އިރު ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބެވި މެމްބަރުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ނިންމައިފަ އެވެ. އެ ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ އިރު އެމްޑީޕީއާ ވާދަކުރަން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.
އެމްޑީޕީން ބަޔަކު ވަކިވުމާއި ޖޭޕީން ވެސް ކޯލިޝަނާ ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރިޔަސް މި އިންތިހާބު އެއް ބުރުން ކާމިޔާބުކުރެވޭނެ ކަަމަށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެމްޑީޕީ
16 June 2023
ކޯލިޝަނާއެކު މަޝްވަރާ ކުރިޔަސް ނުކުރިޔަސް އިބޫސޯލިހު ޖެހިވަޑައިގަންނަވާނީ މިއަހަރުބާއްވާ ރިޔާސީ އިންތިހާބު ހަނދާން ނައްތާލަން ތިގެންގުޅުއްވާ މާރިޔާ، ޝަމާލް، ފައްޔާޒު، ޑރ. ޟައުސޫމް، ޑރ. ޢައިޝަތު އަލީމެންކަހަލަ ބޭފުޅުންނަށް އާއްމުރައްޔިތުންގެ ތާއީދެއްނެތް އެއީ ރައްޔިތުންނަށް ގައްދީރުވި މީހުންކަމަށް ރައްޔިތުން ދެކެނީ
ބޮޑުމީހާ
16 June 2023
އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ވައުދުވެ ވެރިކަމަށް އައި ބޭފުޅާ އެންމެ ފަހުން ކޯލިޝަން މިހެދީ އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުގައި ކޯޓުގައި މައްސަލަ އޮތް ބޭފުޅާއާއި، އަދި ކެމްޕޭނަށް ދަނީ ދައުލަތަށް ޓެކްސް ނުދައްކާ ރީކޯ ގޮވައިގެން، ރައްޔިތުންގެ ތާއިދެއް ނެތް އަދާލަތު ހިމަނައިގެން އިބޫއަށް ލިބޭނެ ވޯޓެއް ނެތް.
ނިމެނީ ނިމެނީ
15 June 2023
އިބުރާހީމް މުޙައްމަދު ޞާލިހް އުލެނީ ގޮނޑިނެތް ޕާރޓީ ތަކާއިއެކު ކިޮއިލިޘަން ހަދައިގެން
ޑރ. ރާމީ ޙަސަން މަނިކު
15 June 2023
މިއަދު ވިހާ ކުއްޖާގެ ބޮލުގައި އެތައް ލޯނަކާއި ދަރަންޏެއް އަޅުވާފަ، ތިޔަ ކުރާ ކެމްޕޭނެއް ނުކުރިއްޔާ ރަނގަޅީ. ރައްޔިތުން ބޭނުން ވަނީ ބަނޑަށް ލާނެ އެއްޗެއް. ރައްޔިތުން ބޭނުން ވަނީ ޖީބަށް ލާނެ ފައިސާ ފޮއްޗެއް. ބަނދަރާ، ފެނާ، ނަރުދަމާ އާއި ފާޙާނާ ހޮޅީ ގަ ޖަހައިގެން ރޮއްޓެއް ނުކެވޭނެ. ރޮށި ކާނީ ރިހަ އާއި ޖަހައިގެން!
ސުރައްޔާ
15 June 2023
ތިޔަ ވިދާޅުވީ ރަނގަޅަށް. ކޮންމެ ރައީސް އެއްވެސް ދަރަނި ބޮލުގަ އަޅުވާ. އެކަމަކު އިބޫ މާބޮޑުވަރު ވީ ލޯނު ނެގުމުގަ. އެތައް އެތައް އެތައް ބިލިއަނެއް ވިއްޔަ.
2000
16 June 2023
ދުނިޔެ ދައްކަވާނެ އެމީހަކު ނުވަތަ އެބަޔަކު ކީ އެއްޗެއް އެމީހަކަށް ދިމާކޮށްފައި، މިއަދު އިބޫ ވަރު ދިވެހިން ދަރަނިވެރި ކުރުވި ވެރިއެއް ނެތް
އޮނަރަބްލް އަފީފު ދީދީ
15 June 2023
ޤާނޫނުހަދާ މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރާއި، ދައުލަތުގެ 3 ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ (އިދާރީ މަސައްކަތުގެ ވެރިޔާ) ވެރިއަކަށް ހުންނަވައިގެން 5 އަހަރު ދުވަސް ހޭދަކުރިގޮތަށް ބަލާފައި ބޭޅާއަށް ވެރިކަމުގެ 2 ވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ދިވެހި ރައްޔިތުންނަށް ފެންނާކަށްނެތް. # ކޯލިޝަންގެ އެންމެ އިސް ބައިވެެރިޔާއަކީ ދުނިޔޭގެ އިޙްތިރާމް އޮތް ސިންގަޕޯރ އާބިޓްރޭޝަން ކޯޓަކުން ޙުކުމްކޮށް އަދަބު ތަންފީޒުނުވެ ހުރި ކުށްވެރިއެއް.
ރަދީފްއޮފިޝަލް
15 June 2023
އަދާލަތުގަ 5000 މީހުން ހަމަ؟ އެމްޑިއޭގަ 4000 މީހުން ؟؟
ދެނަ
15 June 2023
ސަން ސިޔާމު އެމްޑީޕީ އާއެކު؟ ގަބޫލުވެސް ނުކުރެވޭ. ނުވެސް ގުޅޭ މީހެއް އެމްޑީޕީއާ
އޭއާރުއެމް
15 June 2023
އިބުރާހިމް ސޯލިޙް އަށް ދޭނެ ވޯޓެއް މިގެޔަކު މިފަހަރަކު ނެތް... ސޮރީ
ބީއާރުއެމް
15 June 2023
މިގޭ އެންމެން ދޭނެ އިނގިއްޖޭ!
އަފްރާސިޔާބު
15 June 2023
ތިގެއަކު ނުހުންނާނެ މިފަހަރު ތީނަ ބުނެގެން ވޯޓް ދޭނެ މީހަކުވެސް. ތި ގޭގައި އެކަނި ޔާމީނަށް ވޯޓް ދޭން ހުރޭ.
އަލީ އަސްފާގު
15 June 2023
ރައީސްގެ ކެމްޕޭނު ފަށަން އަދި މާ އަވަސްހެން ހީވަނީ. އެމްޑީޕީގެ ޖަގަހަ ގަޑެއްހާ ހިސާބުވެސް މާލޭގައި ނެތް. ޕާޓީގެ ސަޕޯޓަރުން ވަދެހިޔާލު ފާޅުކޮއްލާ އެކަކު އަނެކަކާއި ގުޅުން ބަދަހި ކޮއްލާނެ ތަނެއްނެތް. ވޯޓުލާން ސައުވީސް ގަޑިއިރަށްވީމަތޯ ތިޔަ ތިބެނީ ޖަގަހައެއްވެސް ނުހުޅުވާ. ހޮވޭނެ ކަމުގެ ގެރެންޓީ މާބޮޑީތޯއެވެ މަސައްކަތް ނުކޮއްތިބެ ކާމިޔާބުވާނެ ކަމަށް އުއްމީދު ނުކުރާށެވެ ތިޔަހާ ސުލޯވެގެން ކަންނެތްވެގެން އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެއެވެ.
ފޫހި
15 June 2023
ތިޔަ ގައުމުވިއްކާ ބައިގަނޑަށް ވޯޓްދެވޭކަށްނެތް
އަފްރާސިޔާބު
15 June 2023
އެހެންވިއްޔާ ވޯޓް ނުދޭނެތާ؟