ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް: ގާނޫނު ފާސްނުކޮށް ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރުމުން އުޝާމް ވަނީ ފާޑުވިދާޅުވެފައި. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
15 ޖޫން 2023 - 22:42
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަންޖެހޭ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 3،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ނިންމައި ސަރުކާރުން މިއަދު އިއުލާންކުރުމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އުޝާމް ނިސްބަތްވާ އެންއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މީގެ ހަތަރު އަހަރު ކުރިން އެކަމާ ގުޅޭ ގޮތުން ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްނުކުރުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
އުޝާމް ވިދާޅުވީ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެ ގާނޫނު އިސްލާހުކުރުމަށް 2019 ގައި ނާޒިމް ހުށަހެޅުއްވުމުން އެ ބިލު ފާސްކުރީސް ކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ގާނޫނު އިސްލާހުނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލެވުން ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ގެނައުމަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000-7،000ރ. ގެ އެލަވަންސްއެއް ދިނުމަށެވެ. އަދި ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ މީހުންނަށް މަދުވެގެން 9،000ރ. ގެ އެލަވަންސް ދިނުމަށެވެ.
ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ލިބެނީ 2000ރ. އެވެ. އެ އެލަވަންސް މިއަދު ބޮޑުކޮށްފައި ވަނީ ގިންތިތަކެއް ހިމަނައިގެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 11،371 މީހުން ރަޖިސްޓްރީވެފައިވެ އެވެ. ކުރިން ލިބެމުން އައި 2،000 ރުފިޔާ ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1000ރ. ދޭން ނިންމާފައިވާއިރު އެއާއެކު އެ ދަޕްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް މަދުވެގެން 3000ރ. މި މަހުން ފެށިގެން ލިބޭނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 7،000 ލިބެނީ 3 ޕަސެންޓް މީހުންނަށެވެ. އެއީ 98 އާއިލާގެ 222 މީހުންނެވެ. މިއީ މީގެ 12 އަހަރުން ކުރިން ފެށިގެން ދެމުން އައި ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމޮނާ
17 June 2023
ވަރަށް ރަނގަޅު، މިހާރު ތި މަޖިލީސް އަށް ވެއްދިޔަސް ތި އެޖެންޑާވެސް ނުކުރާނެ، ތި ދޭންފެށުމުން ދެން ގާނޫނުވެސް ބަދަލް ވާނެ،
އަލް އިސްލާޙު
17 June 2023
އުޝާމު ދަންނަވަންތޯ. މަޖިލީހުން ގޮނޑި ލިބިވަޑައިގަތީމާ އެބަޖެހޭ ގޯސްކޮށް ހުރި ޤާނޫނުތައް ބަދަލުކުމުގެ މަސައްކަތްވެސް ކުރައްވަން. ފުރަތަމަ ކަމަކަށް، ދައުލަތަށް ލިބެންޖެހޭ ޓެކްސްތަކާ އެހެނިހެން ފައިސާތަށް މާފު ކޮށްދިނުމަށް ނުވަތަ ލުއި ކޮށްދިނުމަށް ރައީސުލު ޖުމްހޫރުއްޔާއަށް ލިބިފައިވާ ބާރުތަށް އުވާލަން އެބަޖެހޭ. ވަކި ބަޔަކަށް ބޮޑެތި މަންފާތަކެއް ދޭން ހަދާފައިން ޤާނޫނެއް. ދައުލަތަށް ލިބޭ ފައިސާއިން ވަކި މިންވަރަކަށްވުރެ ބޮޑު ނުވާ ވަރަށް އެހީދޭންވީ.
ތެދެކޭ އެއީ
17 June 2023
މާޅޭ ބިންވެރިންނަށް ބިމުކުލީގެ ޓެކްސް އިން ލުއިދޭންވެގެން ހެދި އިންކަމް ޓެކްސް ގާނޫނުވެސް އިތުރުކޮށްލަން.. ކުރިން ފަސްލައްކައިގަ އޮތް ޓެކްސް ފްރީ ތުރެޝޯލްޑް ވަނީ ހަތްލައްކަ ވިހިހާހަށް ބަދަލުކޮށް،ފަ. މިއީ ސީދާ ގެދޮރު ކުއްޔަށްދީގެން އުޅޭ މާލޭގެ ބިންވެރިންނަށް އަމާޒުކޮށްގެން ކުރި ކަމެއް. ދައުލަތަށް ބޮޑު ގެއްލުމެއް. ބިންވެރިންނަށް ބޮޑު ފައިދާއެއް. އުޝާމު އެކަމާ އުޅުއްވަދީބަލަ. ޚަޒާނާގަ ހެދި ބާގަނޑު ބައްދަންޖެހޭ އެބަ.
މުހައްމަދު..
17 June 2023
މިތާގައި ކޮމެންޓްކުރާ ބައެއް ފަރާތްތަކަށް ރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެހެން އެގެންޖެހޭ ގައުމު ހިންގުމުގެ އުސޫލުތައް ނުއެގޭކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ގައުމު ރަގަޅަށް ހިނގާނީ ހުރިހާ ރައްޔިތުން ވެސް ރަގަޅު ހަމަތަކުގެ މަތީން ގައުމު ހިންގުމުގެ ކަންކަން ހިގަންޖެހޭ ކަން ގަބޫލުކޮށް އުސޫލުތަކަށް އިހުތިރާމްކޮށް ގައުމުގެ ކަންކަން ކުރަން އެކަށީގެންވާ ފަރާތްތައް މަގާމުތަކަށް ލައިގެން.
ކަންހުރިގޮތ
17 June 2023
ތަންކޮޅެއް ތިލަކޮށްލާފަ ބުނެދީބަލަ. .ޤައުމު ހިންގަން ރައީސާ ޙަވާލުކުރީ ޤާނޫނު ފޮތެއްނހަދާފަ. އެފޮތުގައި އޮތް ގޮތަށް ޤައުމު ހިންގަން. ބަލައިލި ކޮންމެ ދިމާކުން ފެންނަނީ ޤާނޫނު ފޮތް ފޮށައި ދަށަށް ލައިގެންނާ އިން ފައިންއަރައިގެން ބަޔަކު ވެރިިަން ކުރަމުން ގެންދާތަން. ދައުލަތަށް ލިބޭ ފައިސާއަކީ ރައީސަކަށް ހުންނަ މީހަކަށް ބޭނުންހާ ޚަރަދެއް ކުރެވޭ ގޮތަށް އޮންނަ ކަމެއްނޫން. ދައުލަތުގެ ބަޖެޓްގައި ނެތް ފައިސާއެއް ޚަރަދު ކުރެވޭނީ މަޖިލީހުގެ އިޒުނަ ލިބިގެން
އަފްރާސިޔާބު
16 June 2023
އެހެންތާ ވާނީ މިގައުމުގެ ޚަޒާނާއަކީ ރައީސް ކަމަށް ކުރިމަތިލާ މީހުން ބަހަންހުންނަ އެމީހުންގެ ތަރިކަ މުދާ ވިއްޔާ. މިއުޅެނީ ގިތްގެޅެން ސަރުކާރުގެ މަސައްކަތް ކުރީމާވެސް 4465.00ރު. ވިއްޔާ މުސާރައަށް މިދެނީ. ތިވާ ގޮތުން މުޅިން ނުކުޅެދޭ މީހުންގެ ގައުމަކަށް މިގައުމު ބަދަލުވެދާނެތާ!؟މިގައިމުގައި ދެންތިބޭނީ ދެބައެއް. އެއްބަޔަކީ ވަގުން. އަނެއް ބަޔަކީ ނުކުޅެދޭ މީހުން.
ބަތޭލި
16 June 2023
މިސަރުކާރުގެ ބޮޓުން މިކަން ކިތަންމެ ދިފާއުކުރިޔަސް އިންތިޚާބު ނިމޭތަނުން ތިފައިސާ ކަނޑާލިޔަސް ކިޔާނެ އެއްޗެއް ނޯންނާނެ. މީހުންނަށް އޮޅުވާލުމުގެ ސަގާފަތެއް ގެންގުޅޭ ބަޔެއް މިއީ. 2 ހާސްރުފިޔާ ނުކުޅެދޭ މީހުންނަށް ދެނީ ގާނޫނެއްގެ ދަށުން. އިޚުލާސްތެރިކަމެއް ހުރިނަމަ ގާނޫނަށް ތިއިސްލާހުގެނެސްބަލަ.
754467
16 June 2023
ބޮޑު މުސާރަ ކައިގެން ރައްޔިތުންނައް އަނިޔާވެރި މަޖިލިސް
އަލީރާޖާ
16 June 2023
މަޖިލިސް އޮތީ މައިނޯރިޓީއިން ގަދަ ބާރުން ހިސޯރުކޮށްފަ. ކޮން ގާނޫނެއް ހެދޭނީ؟
ބަކުންބޭ
16 June 2023
ޤާނޫނު ކިޔަވާފަ ޔލތިބޭ މީހުންނަށް ހީވަނީ ޤާނޫނާ ނުލާ ދެން ކޮންމެ ކަމެއްވެސް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ޤާނޫނެއްގެ ހޮުަލުގައި ނޫނީ ނުކުރެވޭނެ ކަމެއްހެން. މިޤައުމަކީ ޤާނޫނުތައް އެކަށިގެންވާވަރަށްވުރެ ގިނަ އަދި އެކަށިގެންވާވަރަށްވުރެ ބޮޑު ޤާނޫނޫ ހަދާ މަޖްލިސްއެއް އޮވެ އެއްކަމެއްވެސް ނުކުރެވި ހިތުހުރިގޮތަކަށް ކަންކަން ކުރަމުންދާ ޤައުމެއް، މިޤައުމަށް ބޭނުންވަނީ ދުރޫސުލް އަޙްލާޤް ގެ ހައުލު، އެތިކަލް ޖީލެއް ތަޤުލީމީ ޖީލެއް، އިހުތިރާމް ދަންނަ ޖީލެއް.
މަޖިލިސް
16 June 2023
މަސައްކަތް ނުކުރާ މުއައްސަސާ އެއް މަޖިލީހަކީ. ސަރުކާރުން ކުރަންވީ ހަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން ހުރި މެންބަރުންނެއް ނެތް
އަންދަލޫސިޔާ
16 June 2023
ނާޒިމަށް %1 ލިބުނަސް ސާބަސް. ދެން ތިމާމެންގެ ވެރިކަމުގައި މިވެނި އެވެނި ކަމެއް ކޮށްދޭނަމޭ ގޮވުމުގެ ބޭނުމެއްނެތް. ޕާރޓީގައި ތިބީ ކިރިޔާ 3،000 މީހުން.