ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ގެ ދެ ކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު ފުރާވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް
16 ޖޫން 2023 - 20:15
ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ގެ ދެ ކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ފުރާވަޑައިގެންފި އެވެ.
ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ރައީސް ވޭވަލް ރާމްކަލާވަން ހަ ދުވަހަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ހަތަރު އެއްބަސްވުމެއް ވަނީ ބަދަލުކުރައްވައިފަ އެވެ.
އޭގެ ތެރޭގައި އެއާ ސާވިސް އެގްރިމެންޓެއް ހިމެނޭއިރު، އެ އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފަށާނެ ކަމަށް ސަރުކާރުނަ ވަނީ ބުނެފަ އެވެ.
ސީދާ ދަތުރުތައް ފެށުމުގެ އިތުރުން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް 30 ދުވަހަށް ސީޝެލްސް އަށް ދަތުކުރެވޭނެ ގޮތް ވެސް ވަނީ، އެ ގައުމުގެ ރައީސްގެ ރަސްމީ ދަތުރުފުޅުގައި ހަމަޖައްސަވައިފަ އެވެ.
ގިނަ ގައުމުތައް މެދުވެރިކޮށް، ރޭވިގެން ހިންގާ ކުށްތައް ހުއްޓުވުމާއި ކަނޑުމަގުން ކުރިމަތިވާ އެހެނިހެން ނުރައްކާތަކާ ގުޅޭގޮތުން ވެސް ރާއްޖެ އާއި ސީޝެލްސް ސަރުކާރާ ދެމެދު އެކުލަވާލާފައިވާ ޕްރޮޓޮކޯލެއްގައި ސޮއިކޮށްފައި ވެ އެވެ.
އެންމެ ފަހު އެއްބަސްވުމަކަށް ސޮއިކޮށްފައި ވަނީ ދެ ގައުމުގެ ޒުވާނުންގެ ތަރައްގީއަށާއި ހުނަރުވެރިކަން އިތުރުކުރުމަށެވެ.
މި ފުރަމާނަ ދަރުފުޅުގެ ނިމުން ފާހަގަކޮށް ދެ ގައުމު ގުޅިގެން، ޖޮއިންޓް ކޮމިއުނިކޭއެއް ނެރެފައިވާއިރު ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ކުރިއަށް ގެންދިއުމާއި ދެ ގައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަން ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
17 June 2023
ރަނގަޅަށް ބަލައިބަލަ އަނެއްކާ ސިޓީ އެއް ހިފައިގެން ތޯ ދިޔައީ!
ދިވެހީންގެ ފޯޅަވަހި
17 June 2023
ފޯޅަވަހީގެ މައްސަލާގަ ސީޝެލްސް އަކީވެސް މޮރިޝަސް އަށް މި 54 ރަށް ލިބުމާއި ދެކޮޅުބައެއް. ޗާގޯސް އިން ބޭލި އެތައް ބަޔަކު ސީޝެލްސްގައި ދިރިއުޅެމުން އަންނައިރު ޗާގޯސިއަންސޭ ކިޔޭ މީހުން މޮރިޝަސްގެ އެހެން ރައްޔިތުންނާ މޮރިޝަސްގެ ސަރުކާރަށް ޗާގޯސް ދިނުމާ ދެކޮޅު. މިކަމަކީ އިންޑިއާ މިސަރަހައްދައް އަތް ގަދަކުރުމަށް ހިންގި ބޮޑު ގޭސް ގަނޑެއް. ރާއްޖޭގެ އިސް ދެ ވެރީން ގައުމުން ފުރުމަކީ މަޝްރަޙު ވަރަށް ހޫނުވިކަމުގެ ހެކި. ފެންމަތިވާނެ ނުބައިތައް ވަރަށް ގިނަ.
ކޮސްބ
16 June 2023
މަހީކުރީ ސީޝެލްގެރައީސަށް ގައުމުހަވާލުކޮށްފައިކަމަށް އިބޫ ފުރާވަޑައިގަތީ.
އެރީނާ 10
16 June 2023
މީކޮންކަހަލަ ގޮތެއްފޮތެއް ނެތް ސަރުކާރެއް، އެހެންގައުމެއްގެ ރައީސް މިތާ ހުންނަވަނިކޮއް މިތާގެ ރައީސް އަދި ފޮރިންމިނިސްޓަރު ގައުމުން ބޭރުގަ.
ޚާއިނު ޝާހިދު
16 June 2023
ކީއްކުރަން ގެނައި މީހެއް. ޝާހިދުށް ގައުމަށް ކޮއްދެވުނު ހަމަ އެއްކަމެއްވެސް ނެތް. އޭނަގެ ޖީބައް ބަރުވިތޯއްޗެއް
ރަދީފު ބިން ރަފައިދާ
16 June 2023
ހެދި ޑީލްތަކުގެ ތަފްސީލު ބޭނުން. އެކަމަކު ސަލާމަތަށް ނުރައްކާނުވަންޏާ އިނގޭ.
ނެތީމޭ
16 June 2023
ތިޔާއީ ކަނޑުވިއްކާލި ފައިސާ ގަނޑު ހިފައިގެން އައިސް ހަވާލު ކުރަން ކުރިދަތުރެއްތޭ މަމެން ސާފުކޮށްލަން ބޭނުންވެއޭ ބުނަން މަމެން ނެތީމޭ...