"މަކީޓާ"ގެ ބައެއް އުފެއްދުންތައް. -- ނިޝާން އަލީ | މިހާރު
22 ޖޫން 2023 - 20:01
އެސްޓީއޯއިން ރާއްޖޭގައި "މަކީޓާ"ގެ އުފެއްދުންތައް ވިއްކާތާ 25 އަހަރުފުރުން ފާހަގަކުރުމަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.
"މަކީޓާ" ޝޯރޫމްގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް "މަކީޓާ"ގެ ޕްރޮޑަކްޓުތަކުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނިޔަލަށެވެ.
"މަކީޓާ" ޝޯރޫމުގައި ފެށި ޕްރޮމޯޝަންގައި ޑިސްކައުންޓުގެ އިތުރުން ކޮންމެ 25 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއް ދެ އެވެ. އަދި އެ ޝޯރޫމުން އެންމެ ގިނައިން ވިޔަފާރިކުރި ފަސް ކަސްޓަމަރަކަށް ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ. މިއީ އަހަރީ ދުވަހާ ގުޅުވައިގެން ދިން އިނާމެކެވެ.
"މަކީޓާ" ޝޯރޫމްގައި ވިއްކާ ޕްރޮޑަކްޓުތަކުގެ ތެރޭގައި ލަކުޑި އާއި ވަޑާންކުރާ ސާމާނު، އައުޓްޑޯ މަސައްކަތަށް ބޭނުންކުރާ ސާމާނު، ދަނޑުވެރިކަމުގައި ބޭނުންކުރަން ހާއްސަކޮށްފައިވާ އުފެއްދުން އަދި އާއްމުކޮށް ބޭނުންކުރާ ވެކިއުމް ކްލީނަރު ފަދަ އާލާތްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy