27 ޖޫން 2023 - 13:52
ނ. މާފަރު އެއާޕޯޓު ސަރަހައްދުން ފެނުނީ ގެއްލުންދޭ ޖަނަވާރެއް ނޫން ކަމަށާއި ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
މާފަރު އެއާޕޯޓު ރަންވޭ ކައިރިން އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ފެނުމުގައި އެ ޖަނަވާރު ބުޅަލަކަށް ވުރެ ބޮޑެވެ. ހިނގާފައި ދާއިރު ވައްތަރީ މިނިކާވަގެއް ކަހަލަ ޖަނަވާރަކާ އެވެ.
ގޮތް ނޭނގޭ ޖަނަވާރެއް ރަށުގައި އުޅޭ ކަމަށް ބަލައި ކައުންސިލުން ސިފައިންނަށް ރިޕޯޓުކުރީ އިއްޔެ ހަވީރެވެ. އެއާއެކު، އެ ރަށް ބަލައި ފާސްކުރުމަށް ސިފައިން އެ ރަށަށް ގޮސްފައިވެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއާޕޯޓުގެ ފެންސްގެ އެތެރެ ހޭޅިފަށުން ގޮތް ނޭނގޭ ޖަނަވާރު ހިނގާފައި ދާ ވީޑިއޯއިން އެއީ ކޮން ވައްތަރެއްގެ ޖަނަވާރެއް ކަމެއް ޔަގީންކުރެވިފައިނުވާތީ އެ ޖަނަވާރު ހޯދުމަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މި ވަގުތު ތިބި ސިފައިން އިއްޔެ އާއި ރޭ ވެސް މަސައްކަތް ކުރި ކަމަށެވެ.
އެކަމަކު، އެ މަސައްކަތުން ވެސް އެއްވެސް އެއްޗެއް ފެނިފައިނުވާތީ އެ ރަށަށް އިތުރު ސިފައިން މިއަދު ފޮނުވައިގެން ވެސް އިތުރަށް ބަލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް ބުޅަލެއް ފިޔަވައި އިތުރު ޖަނަވާރެއް ފެނިފައިނުވެ އެވެ. ބޮޑަށް ލަފާކުރެވެނީ ބުޅަލެއް ހިނގާފައި ދަނިކޮށް ވީޑިއޯ ކުރެވިފައި އިން ދުރުމިނާއި އެންގަލްގެ ގޮތުން އަސްލު ސައިޒަށް ވުރެ ބޮޑުކޮށް ފެންނާތީ ހީވި ހީވުމެއް ކަމަށެވެ." އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުން އަންނަ ބޯޓުތަކުން މީގެ ކުރިން ވެސް ރާއްޖޭގައި ނޫޅެ ބައެއް ވައްތަރުތަކުގެ ޖަނަވާރުތައް ފެނިފައި ވެ އެވެ. އެގޮތުން ކިނބުލާއި ސީލް އަދި ހަރުފަ ވެސް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަމަރިއްޔަތު
28 June 2023
ދެން ރަށް އިސްތިހާރުކުރަންވެސް މިކަހަލަ ފޭކް ޖައްސާކަށް ނުވާނެނު. މަމިހުންނަނީ ގޭންވެސް ނުކުންނަން ނުކެރިފަ.
މުގާބޭ ބެ
28 June 2023
މިކަހަލަ ހާދިސާ ތަކުން ދޭހަވަނީ ދިވެހިންގެ ގަމާރުކަން. އެކަމަކު ތިބޭނީ ތިމާމެން ވަރުގެ ބުއްދިވެރި ބަޔަކު ނެއްކަމަށް ހެދިގެން.
ބަބޫ
28 June 2023
ބޮޑު ބުޅަލާ ނާދޭ. އެކިޔާ ބުޅާތަ ތީ. ހާދަ ބޮޑު ބުޅަލެކޭދޯ
އަހްމަދުު
27 June 2023
އެއީ ކަނޑުގެރި(ހެޕޮޕޮޓޭމަސް)އެއް. މީގެ ކުރިންވެސް ރާޢްޖޭގެ ރަށްރަށް ކަނޑުގެރި އަރާގެން ފެނިފައި އެބހުރި
ކަނޑުގެރި
28 June 2023
މީގެކުރިން ކޮން ރަށަކުން ކޮންއިރަކު ފެނުނީ؟
އަލިހަންދްރޯ
27 June 2023
ޖަނަވާރަކީ މިހާ އެއްތެދައް ސީދަލަށް އެއްދިމާއަކަށްދާ އެއްޗެއްތަަ؟ އަޅެ މީހަކު ހައިރާނެއް ނުވާނެ. ތިއީ މޫދުން ދުއްވާފަ ދިޔަ އުޅަނދެއްގެ ބައެއް.
މަބޫހު
27 June 2023
ދޯނިއެއްގެ ގެގަޑަކާ މަށައް ވައްތަރީ. ނޫނީ ލޯންޗެއްގެ ގެގަޑަކާ. މޫދުން ދުއްވާފަ އެ ހިސާބައް އަންނަންޔާ އެކަހަލަ ގޮތަކަށް ހުންނާނީ
ބޯހަލާކުވޭ
28 June 2023
ކޮން ދޯނިއެއްގެ ގެގަޑެއްތަ؟ ދޯންޏެއްގެ ގެގަނޑޭ ލިޔެބަލަ. ކޮން އަންނަންޔާ އެއްތަ؟ އަންނަންޏާ އޭ ލިޔެބަލަ. ދިވެހިބަހުން ލިޔަން ނޭނގެންޏާ
ވަހީދުބެ
27 June 2023
ބޮޑު ބޮޅާތަކެއް މީގެ 250 އަހަރު ކުރިން ގދ ގަމަށް އަރައި ފައިބައިގެން ދިޔައިރު ދިރިހުރި އެކަކު ވެސް ނެތް. އަނެއްކާ އެއިން މީހެއްގެ އަސަރެއް ވެސް ނެތް. މިވެސް ދިވެހި ތާރީޚުން އެނގެން އޮތް ކަމެއް
ގާދޫ
27 June 2023
އެވެދާނެ ފޭކް ވީޑިޔޯއަކަށް ވެެސް. މިނިކާވަގެއް ރާއްޖޭގެ ރަށެއްގައި އުޅެންޏާއި އެނގޭނެ. އެއީ އެހާ އަޑު ގަދަ ޖަނަވާރެއް.
ސޭވް އިންޑިޔާ!
27 June 2023
ޢިންޑިއާއިން ރާއްޖެ ހަލާކު ކުރަން ވަގަށް/ސިއްރު ހުއްދައިގަ އެތެރެކުރާ ހައިވާނުންތަކުން ދުރުމުސްތަގުބަލުގަ ދިވެހިންނަށް ވ ގެއްލުންވާނެ.ކަނޑުމަގުންނާ ސަފާރީޔާ ވައިގެ މަގުން ވިއްޔާ މިގެންނަނީ. ސަންޝިޔާމު ނޫނީ ކޮންމެވެސް މަހުޖަނެއްގެ ނަމުގަ ޒުލެއް ހަދންބާ މިއުޅެނީ.އޮސްޓްރީޗް ވެސް ގެނައީ ވިއްޔާ. ޢަދި ނޭނގި ކިހާ އެއްޗެއް ހުންނާނެ.ސިފައިން ފޮރުވަންޏާ ރައްޔިތުން ނުކުމެ ހޯދާފަ ނައްތާލާ.ޔާﷲމި ގައުމށް ހެޔޮނޭދޭ ކޮންމެ މީހެއް ހޑިގޮތަކށް ފަލީހތކުރައްވާނދޭވެ.އ
ތިޙާން
27 June 2023
ކޮބައި މަ އޭރުވެސް ބުނިން ތިއީ ބުޅަލެކޭ އެ ވާހަކަ ޤަބޫލު ނުކޮއް އޮޕަރޭޝަން މިނިކާ ވަގު ތި ޖެއްސީ އެއަށް ވެސް 1 މިލިއަން ރުފިޔާ އެ ޙަރަދު ކޮއްލީ