ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2023

ބޮޑު ވެއްޓުމެއް، ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފި

ބައްސާމް އާއި މޮރިއޭރޯ: މަގާމުން އިސްތިއުފާދޭން ގިނަ ބަޔަކު ދަނީ ގޮވާލަމުން --- ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕްގެ 30 އަހަރުވީ ތާރީހުގައި، ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖެ މިއަދު ކަޓައިފި އެވެ.

މިހާރު އިންޑިއާގައި ކުރިއަށްދާ 14 ވަނަ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މިރޭ ބަންގްލަދޭޝްއިން ބޫޓާން ބަލި ކުރުމުން، މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބި ރާއްޖެ ވަނީ މުބާރާތާ ވަކިވާން ޖެހިފަ އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕުގެ ނަމުގައި 1993 ފެށި މުބާރާތުގެ ފުރަތަމަ ދެ ފަހަރު ރާއްޖެއިން ބައިވެރިވެފައެއް ނުވެ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އެ މުބާރާތުގައި ބައިވެރިވީ ނޭޕާލްގައި 1997 ގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ.

މީގެ ކުރިން ގައުމީ ޓީމާ ބައްދަލު ކުރުމަށް ބައްސާމް ގަލޮޅު ދަނޑުގައި ބޭއްވި ސެޝަނެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި 2021 ގައި ބޭއްވި މުބާރާތް ފިޔަވައި، އެހެން ކޮންމެ ފަހަރަކު މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެ އަހަރު މުބާރާތުގައި ފަސް ޓީމު ބައިވެރިވުމުން މުބާރާތް ކުރިއަށް ގެންދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގަދަ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލަށް ދަތުރު ކުރީ އިންޑިއާ އާއި ނޭޕާލެވެ.

މި ފަހަރު މުބާރާތަކީ ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރެވެ. މުބާރާތުން މިރޭ ރާއްޖެ ވަކިވެގެން ދިޔައީ ގުރޫޕް ސްޓޭޖުގައި ބޫޓާން އެކަނި ބަލިކޮށްގެންނެވެ. ބަންގްލަދޭޝް އާއި ލުބުނާން އަތުން ރާއްޖެ ބަލިވީ އެވެ. އަދި މިފަހަރު ބަންގްލަދޭޝް އަތުން ވީ ބައްޔަކީ ސާފް ޗެމްޕިއަންޝިޕުގައި 20 އަހަރު ފަހުން އެ ގައުމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

މިފަހަރު ބޫޓާން އަތުން 2-0 މޮޅުވި ނަމަވެސް އެ ޓީމާ ދެކޮޅަށް ވެސް ރާއްޖެއިން ކުޅުނީ ޑިފެންސިވް ގޭމެކެވެ. މީގެ ކުރިން ބޫޓާނާ ދެކޮޅަށް ކުޅުނު ކޮންމެ މެޗެއްގައި ރާއްޖެއިން މެޗު ޑޮމިނޭޓް ކުރި އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ބޫޓާނުން ރާއްޖޭގެ މައްޗަށް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ރެކޯޑް

> 1993 - ވާދައެއް ނުކުރޭ

> 1995 - ވާދައެއް ނުކުރޭ

> 1997 - ރަނަރަފް

> 1999 - ތިންވަނަ

> 2003 - ރަނަރަފް

> 2005 - ސެމީ ފައިނަލް

> 2008 - ޗެމްޕިއަން

> 2009 - ރަނަރަފް

> 2011 - ސެމީ ފައިނަލް

> 2013 - ސެމީ ފައިނަލް

> 2015 - ސެމީ ފައިނަލް

> 2018 - ޗެމްޕިއަން

> 2021 - ރައުންޑް ރޮބިންގެ ތިންވަނަ

> 2023 - ގުރޫޕް ސްޓޭޖުން ކެޓީ

58 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 38%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

5555

29 June 2023

މަހުލޫފު ވެސް އިސްތިއުފާ ދޭންވީ!

The name is already taken The name is available. Register?

ޑިމޯޔާ

29 June 2023

ހައް ހައް ހާ! ނޯ ޕްލޭން، އޮންލީ ކަރަޕްޝަން! މީ ހަޤީގަތަކީ!

The name is already taken The name is available. Register?

ނޯތް

29 June 2023

އެފަރާތުން ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި ހުރި ވަޒީރު މީގަ ބޮޑު ޒިއްމާއެއް ނަގަންޖެހޭ. އޭނަޔަށް ނުވަނީ. ކަންކަން ނުބެލެހެއްޓެނީ.

The name is already taken The name is available. Register?

ނޯތް

29 June 2023

ސަތޭކައި ވާހަކަ އެއް.

The name is already taken The name is available. Register?

ރާއްޖެ

29 June 2023

ބޮޑު ފުޓްބޯޅަ އަށް މި އައި ބަދަލަކީ ފުޓްސަލް އާއި ގުޅިގެން އައި ބަދަލެއް. ހުރިހާ ޒުވާނުން ގެ ޝައުގު ހުރީ ފުޓްސަލްއަށް. ކުންފުނި ތަކުން ފައިސާ ދެނީ ފުޓްސަލްއަށް. ޒުވާނުންނަށް އާމްދަނީއެއް ލިބެނީ ފުޓްސަލް ކުޅެގެން. ކޮންމެ ހަފްތާއަކު މުބާރާތެއް. ކޮންމެ މަގެއްގަ ދަނޑެއް.

The name is already taken The name is available. Register?

އިބިރަހިމާ

30 June 2023

މީ ހަމަ ހަގީގަތެއް.

The name is already taken The name is available. Register?

ފަޚުރުމަތީ11

29 June 2023

މޮޅުވާއިރު ހިތްތިރިކޮށް ބަލިވީމަ ހިއްވަރުކުރަން ނޭނގޭ ބަޔަކަށް ވީމަ ވީގޮތް ކަމަށް ވެދާނެ. ދެންވެސް މޮޅެއް ލިބޭ ގަޑީގަ، ހިސާބަށްވުރެ ބޮޑަށް ފޮނި ނުކަނޑާ، މާ ބޮޑަށް މޭނުފުއްޕާ، ފަޚުރުވެރި ނުވެ، ލިބުނު މޮޅައިގެން އިތުރަށް ކުރިއަށް ދިއުމަށް ހިއްވަރުކުރަން ދަސްކުރަނިކޮށް ރަނގަޅުވެދާނެ.

The name is already taken The name is available. Register?

44522

29 June 2023

ދިވެހި ޤައުމީޓީމަކު ނެތް ފުޓްބޯޅަކުޅޭ ފެންވަރެއް. ވޯކްރޭޓް 0، ޑްރިބްލިން 0، ބުންވަރު 0، މިސްޕާސް 99، ބޮޑުބޯޅަ 99،. ބޮޑު ޚަރަދު ކޮށްފަ ޔޫރަޕާ ސައުދީއާ ދެންވެސް އޮތްތަނެއްގަ ކޭމްޕްކުރިއޭ ކިޔާފަ އިމްޕްރޫވްއެއް ނުވާނެ. ޤައުމީ ފެންވަރުގެ ކުޅުންތެރިން ނެތިއްޔާ ޤައުމީ ޓީމް އުވާލާ. އިންޑިއާ ބަންގާޅު އެއީ ކްރިކެޓަށް މަރުދޭ ބައެއް. އެމީހުން ދުނިޔޭގެ ލެވެލްގަ ކްރިކެޓް ކުޅޭ. އަހަރުމެން ފުޓްބޯޅައަށް މަރުދީގެން ވަނީ މަރު.

The name is already taken The name is available. Register?

ތުނޑުހަސަނު

29 June 2023

ތިކަމާ އެކަކުވެސް ދެރަވާނެ ކަމެއްނެތް. ރޭގެ ބޫޓާނުގެ އެޓޭކެއްގައި ބޯޅަ ދިފާޢުކުރީމަ ކޮމެންޓޭޓަރުވެސް ރާގައި ބުނީ ބޫޓާބުގެ އެޓޭކް ރާއްޖޭގެ ކުޅުންތެރިން ދިފާޢުކޮށްފިއޭ. މިހެންބުނިއިރު ބަންގްލަދޭޝްއޭ މިކުޅެނީ. ރާއްޖޭގެ ބީ ޓީމު ތޯއްޗެއް. ބޯހަލާކު. ފުޓުބޯޅަ ވަޅުލެވުނަސް ބައްސާމު މަގާމު ދޫކޮށްނުލާނެ. ރިމޯޓްއޮތީ ގޭންގްރަކުގެ އަތްްމަތީގައި. ގޭންގްތަކުން ތިބީ އޭނާ ކުރިއަށް ނެރެގެން އެމީހުންގެ އެޖެންޑާ ޙާޞިލުކުރުމުގައި އަވަދިނެތި.

The name is already taken The name is available. Register?

ރައްޔި

29 June 2023

ބައްސާމަކީ ކޮން މަޖުލިސް މެންބަރެއްގެ ދަރިއެއްތަ؟

The name is already taken The name is available. Register?

އާރީ

29 June 2023

ބަންސާމް ވެއްޖެއްނު ބަލި ގަބޫލު ކޮށް އަމިންލައަށް އިސްތިއުފާ ދޭށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454