ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހު ރައީސްއާ ސަލާންކުރައްވަނީ: އޭނާ ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފައި.-- ފޮޓޯ: ރައީސް އޮފީސް
02 ޖުލައި 2023 - 19:15
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރު މުހައްމަދު ޝިހާބު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޝިހާބުގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.
ޝިހާބު އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި އުފެދުނު ކޯޅުންގަނޑުގައި ނަޝީދުގެ ފަޅީގައި ހުންނަވާ ބޭފުޅެކެވެ. ނަޝީދު އިސްވެ ހުންނަވާ އުފައްދަން އުޅޭ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ އެކި ހަރަކާތްތަކުގައި ވެސް އޭނާ އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި މަގާމެއްގައި މި ސަރުކާރުގައި ހުންނެވިޔަސް ޝިހާބު ނަޝީދުގެ ޓީމަކާ އެކު މިދިޔަ މާޗު މަހު ވެސް ސަން އައިލެންޑްގައި އޭނާ ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރެއްވި އެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ޝިހާބް އައްޔަންކުރެއްވީ ނޮބެމްބަރު 15، 2019 ގަ އެވެ.
ޝިހާބް ވަނީ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި ހޯމް މިނިސްޓަރުގެ މަގާމާއި މާލޭގެ މޭޔަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްތުރޮށިޕާޓީ
03 July 2023
އެޑްވައިޒަރުން އެންމެ ތިޔާގި ކޮށް އުޅެނީ ވިލާ ޕާޓީ ގަ މިހާރު. ފެން އޮތްތާކަށް މަސް ޖަމާވާނެ.
އަސްލު...
03 July 2023
އަލްހަމްދުލިއްލާހި ފިކުރުގަބީލާގެ މީހުންރަގަޅީ ޕާޓީ އިންވެސް ވަކިވެގެންދިއުން....
ސިމަކް
03 July 2023
އެއްވެސް ކަމެއްނުކޮށް މުސާރަބޭނުންވާތީ ސިޔާސީ ކަންކަމުގަ އުޅޭ އެޑްވައިޒަރުން. މާލޭ ބޭފުޅެއްވީމަ އަންނިއަށް ވަރަށް ކަމުދާނެ.
ޖަމަލު ފޮޑި
03 July 2023
ލޮލް. އަމްރު ހީކުރީ ދަނޑިމޮކްރެޓުން ނެރޭނީ އޭނާކަމަށް! އެކަމަކު އެކޮޅުގަވެސް މިލިބުނީ ފުށް ގުދަނު މެނޭޖަރުކަން!
އަލީހަމީދު
03 July 2023
ބައްޕަ ވިދާޅުވީ އެއިރެއްގަ ވައިޖެހޭ އަތަކަށް އޮޑިދުއްވާށޭ. އިންތިޚާބު ކައިރިވީމަ ވައި ބަދަލުވާހެން ހީވާތީ ރިޔާ ފުރޮޅާލީ.
މުހައްމަދު..
02 July 2023
މިހާތަނަށް ރައްޔިތުން އަތުން މުސާރަ ނަގައިގެން މީނާއަދާކުރި ވަޒީފާތަކުން ރައްޔިތުންނަށް ވީ ކޮންފައިދާއެއް.
48343
02 July 2023
ޖާބިރަށް ސުލޮޓެއް ރެޑީވީ.
އުދުހޭ
03 July 2023
މިނިސްޓަރ އޮފް ކޭބަލްކާރު.
ކަތްދައްތަ
02 July 2023
އާ ގޯތި ލިސްޓުގަ ނެތް ބެއްޔާއެއްތީ؟ މިހާދުވަހު އެޑްވައިޒަރުކަމުގަ ހުރެގެން ދިން އެޑްވައިސް އަކީ ކޮބާކަން ރައީސް ބުނެދީބަލަ. ތިޔަދޭ އެޑްވައިސް އަކާ ރައީސްގެ އަމަލަކާ ދިމާވޭތޯ ބަލަންޖެހޭ އެބަ.
1206
03 July 2023
މުސާރަނަގާ އެޑްވައިޒަރ
ރަސްދޫ ސައީދު
02 July 2023
މީތަ ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކީ؟ އެހެންވީމަ ނަޝީދު ނޫގެ ޝުރުހީ ރަގަޅުކަމަށް ނިންމައިފިން.
އަފްރާސިޔާބު
02 July 2023
އެއީ ހޮރުމީހުންގެ ގޮތް. އަބަދުވެސް ވެރިއަކަށް ހުންނަ މީހާއާ ދެކޮޅުވާނެ.
1206
03 July 2023
އެއީ ހޮރުމީހެއްތަ؟ ސިންގަޅަބަހުން ހޮރު މީހުން ކިޔަނީ ވަގުންނަށް.