ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިން ކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ/ ރައީސް އޮފީސް
30 ޖެނުއަރީ 2017 - 12:51
ނުކުޅެދުންތެރިކަން ހުންނަ އިތުރު 157 މީހަކަށް 18 ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ ދީފި އެވެ.
ވަޒީފާ ދިންކަމުގެ ލިޔުން ހަވާލުކުރަން މިއަދު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާނު ކުރި ގޮތުގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެ މީހުންނަށް ލިބޭނެ އެވެ. އެގޮތުން ވިޔަފާރި އާއި އިދާރީ މަސައްކަތާއި އޮޕަރޭޝަންސް އާއި އޭވިއޭޝަން ފަދަ ދާއިރާތަކުން އެ މީހުންނަށް ވަޒީފާ ހަމަޖައްސާފައިވެ އެވެ.
ވަޒީފާ ދިން މީހުންގެ ތެރޭގައި އިވުމާއި ފެނުމުން މަހުރޫމް ވެފައިވާ މީހުންނާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ 100 އަށް ވުރެ ގިނަ މީހުންނަށް މީގެ ކުރިން ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ވަޒީފާ ދީފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިން ކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް މީހުން ބައިވެރިވަނީ-- ފޮޓޯ/ ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ވަޒީފާ ލިބުނު މީހުން، މަސައްކަތަށް އަހުލުވެރިކުރުމަށް ޓްރޭނިން ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ. އަދި އެ ވަޒީފާ ދިން ތަންތަނުގެ މުވައްޒަފުން ވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅިގެން، އެ މީހުން ބައިވެރިކޮށްގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ވެސް ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންނަށް (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް) ވަޒީފާ ދޭއިރު އެ މާހައުލަކީ އެ މީހުންނަށް މަސައްކަތް ކުރެވޭ ކަހަލަ ތަނަކަށް ވާން ޖެހޭ. އެހެންވެ، އެ މީހުން ވަޒީފާގައި ހަރަކާތްތެރިވުމަށާއި މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެހީތެރިވެދޭނެ ސަޕޯޓު ސިސްޓަމެއް ގާއިމު ކުރުމަކީ މުހިއްމު ކަމެއް،" ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ގިނަ މިނިސްޓަރުންތަކެއް ބައިވެރިވެވަޑައިގެން ރަސްމިއްޔާތުގައި ޒެނީޝާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް
އޭނާ ވިދާޅުވީ ވަޒީފާ އަދާކުރަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަސައްކަތުގައި ދިމާވާ އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި ވަޒީފާގެ ތަޖުރިބާ އާއި ހިޔާލު ދެނެގަތުމަށް، އެމީހުންގެ ފީޑުބެކް ހޯދާނެ ނިޒާމެއް އެ މިނިސްޓްރީން ގާއިމު ކުރަމުން އަންނަ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިން ކުންފުނިތަކުގެ ތެރޭގައި ފެނަކަ އާއި އެމްޓީސީސީ އެމްއޭސީއެލް އާއި އެމްޕީއެލް އާއި އައިލެންޑް އޭވިއޭޝަން އާއި ޕީއެސްއެމް އާއި އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ.އަލްގެދަރ އާންތު ޝަރީފު
31 January 2017
ތިޔަ ކުދީންނަށް ދޭން އެއްމެ ރަގަޅީ ލޯކަލްކައުންސިލް އިންތިޙާބުގެ ޓިކެޓް އެއިރުން ވަރަށް ފިރިހަމަވީސް
އައްޔަ
30 January 2017
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަކީ މާޒީގަ އަދި މިހާރުވެސް އެތައް އަސާސީ ހައްގުތަކަކުން މަހުރޫމް ކުރެވެމުންދާ ބައެއް މިއީ ހަގީގަތެ. އެމީހުންނައް ވެސް އެހެން މީހުނެކޭ އެއްފަދައިން ދައުލަތުންނާ މުޖުތަމުން ހަމަހަމަކަމާ އިންސާފު އެހެން މީހުނެކޭ އެއްފަދައިން ލިބެންޖެހޭ.
އައި
30 January 2017
ކުޅެދޭ މީހުން ވަޒީފާ ނެތިފަ، ދެން ތިޔޯ؟
ބޯގޯސް
31 January 2017
ވަޒީފާ ނެތިފަ ތިއްބަސް މަަސައްކަތް ނެތިފަ ތިބޭކަށް ނުޖެހޭނެ. ކޮންމެ މީހަކު ބޭނުންވަނީ ތަހުތެއްގަ އިށީދެ އިދެ ކުރާކަމެއް ކުރަން. އެހެނެއް ނުވާނެ.
ޗިކުސް
30 January 2017
މަތި އޮތްބާލަން ކުރާކަމެއްތީ؟ ތީ ފެއިލްވެފަ އޮތް މުއައްސަސާއެއް.
މުލީ ހަސަނު
30 January 2017
ވިޔަފާރި ކުންފިނިތަކުގެ މަގާމް ތަކަށް މީހުން ލުމުގައި ބަލަނ ޖެހޭނީ އެންމެ ގާބިލް މީހުންނަށް. އިވުމާއި ފެނުމާއި ހިނގާބިގާ އުޅުމުން މަހްރޫމް ވެފައި ތިބޭމީހުން މަގާމް ތަކަށް ލަނީ މަސައްކަތް ކުރުވަނބާ! އެހެން ކޮންމެސް ގޮތެއް އެފަރާތް ތަކަށް ދައުލަތުން ހޯދައިދޭންޖެހޭނީ.
ވިސްނޭ
30 January 2017
ޔާމީނުއަށް ކަމެއްކުރެވުނުކަމަށް ވާނީ ރާއްޖޭގެ ހުރިހާ އެންމެންނަށްވެސް ވަޒީފާދެވުނިއްޔާ ހާދަރަގަޅޭ
މަނީމަނީ
30 January 2017
މިއުޅެނީ ވޯޓު ހޯދަން ވޯޓު ނުލިބޭހިސާބުން ދެން ވަޒީފަ ހުސްވާނެ