ޚަބަރު / މޯލްޑިވްސް އިމިގްރޭޝަން

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

އިމިގްރޭޝަންގެ ޕާސްޕޯޓު ދޫކުރާ ކައުންޓަރު: އެ ހިދުމަތަށް އެދުމުގައި ބަދަލުތަކެއް ގެނެސްފައިވޭ..- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕާސްޕޯޓަށް އެދުމުގައި ލުއިތަކެއް ދީ، އެ ހިދުމަތްދޭ ވަގުތުތައް މާދަމާއިން ފެށިގެން އިތުރުކުރަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ނިންމަވައިފި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދު ވެސް އާއްމުންނަށް ލުއިފަސޭހަކަމާ އެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެކަމަށް ބަލައި، މައިގަނޑު ހަތަރު ބަދަލެއް ގެނެސް، ޕާސްޕޯޓުގެ ހިދުމަތް ދިނުން ރޭގަނޑު 9:00 އާ ހަމައަށް ވަނީ ދަންމާލައިފަ އެވެ.

މިހާތަނަށް ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ހަމައަށެވެ. ނަމަވެސް، ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ރޭގަނޑު 9:00 އަށް މިހާރު ވަނީ މާދަމާ އިން ފެށިގެން އިތުރުކޮށްފަ އެވެ. އެކަމަކު، ޕާސްޕޯޓާ ހަވާލުވުމަށް ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 5:00 އަށެވެ.

ޕާސްޕޯޓު ހެދުމަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް 2019 ވަނަ އަހަރު ހަމަޖެއްސި އެވެ. އޭގެ ކުރިން ޖެހެނީ ސީދާ އިމިގްރޭޝަނަށް ގޮސް ފޯމު ހުށަހަޅާށެވެ. އެކަމަކު، ކޮވިޑާއެކު ޖުލައި 22، 2020 ގައި ތައާރަފްކުރި "އިމުގަ" ޕޯޓަލްއާއެކު އެ ހިދުމަތް ޑިޖިޓަލް ކުރީ އެވެ.

އިމިގްރޭޝަނުން ބުނީ އޮންލައިންކޮށް މިހާތަނަށް 125،600 އަށް ވުރެ ގިނަ ޕާސްޕޯޓު ހައްދާފައިވާ ކަމަށެވެ.

އަލަށް ގެނައި ބަދަލުތަކަކީ؛

ފޯމު ފުރިހަމަކޮށް، ސްކޭންކޮށް، އަޕްލޯޑުކުރަން ނުޖެހުން

ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅިއަސް، ފޯމު ފުރައި ސޮއިކޮށް އެ ފޯމު އަނެއްކާ ސްކޭންކޮށް އަޕްލޯޑުކުރަން ޖެހުމުން ބައެއް ފަރާތްތަކުން ޝަކުވާ ކުރާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ޝަކުވާތަކަށް ބަލައި، ޕާސްޕޯޓަށް އެދި ހުށަހަޅާ ފޯމު އުވާލައި، ފޯމާ ނުލައި އެޕްލިކޭޝަން ހުށަހެޅޭނެ މަގު ވަނީ ފަހިކޮށްފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ ޓްވީޓް.

އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެ

ޕާސްޕޯޓު އާ ކުރަން ހުށަހަޅާ ނަމަ ކުރީގެ ޕާސްޕޯޓުގެ ބަޔޯޑާޓާ އަދި އޮބްޒަވޭޝަން ޕޭޖްގެ ފޮޓޯ އަޕްލޯޑުކުރަންޖެހެ އެވެ. އަލަށް ގެނައި ބަދަލާ އެކު އައިޑީކާޑު އަދި ކުރީގެ ޕާސްޕޯޓު ކޮޕީއެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

ޕާސްޕޯޓުގައި ސޮއިކުރަން ވެސް ފަސޭހަ ގޮތެއް

އިިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ޑިޖިޓަލް ސޮއި ނުވަތަ އެ މީހެއްގެ ސޮއި ރަނގަޅަށް ސާފުވާނެ ގޮތަކަށް ހުދު ކުލައިގެ ކަރުދާސް ގަނޑެއް ފަދަ އެއްޗެއްގައި ގަލަމަކުން ސޮއިކޮށްލުމަށް ފަހު އޭގެ ފޮޓޯއެއް ނަގައި އަޕްލޯޑުކުރެވޭނެ ކަމަށެވެ. ނަމަވެސް، ޕާސްޕޯޓާ ހަވާލުވާން އިމިގްރޭޝަނަށް ދާއިރު އެ ސޮއިކުރަންޖެހޭނެ އެވެ.

އީފާސް މެދުވެރިކޮށް ލޮގިން ވެވުން

ޕާސްޕޯޓު ހިދުމަތަށް އެދޭއިރު، އިމުގެ ޕޯޓަލް އަށް ރަޖިސްޓްރީކޮށް ވަކި އެކައުންޓެއް ހުޅުވަންޖެހެ އެވެ. އެ ވަދަލާއެކު، އީފާސް އެކައުންޓް މެދުވެރިކޮށް ވެސް އިމުގަ ޕޯޓަލް އަށް ލޮގިން ވެވޭނެ އެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ުތުރާ

04 July 2023

އޭނާ ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތަށް އެދުމުގައި އެ އިދާރާގެ އަމާޒަކީ އަބަދު ވެސް އާއްމުންނަށް ލުއިފަސޭހަކަމާ އެކު، ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އައްޑޫގަ ހުންނަ އިސްރައްވެހި މީހާ 10000 ރުފިޔާ ދަތުރަށް ޚަރަދު ކޮށް މާލޭގެ ބިންވެރިޔާއަށް ދުވަހު ކުލިދެއްކުމަށް ކުރާ ދަތުރަކީ( އިމިގްރޭޝަނަށް ޕާސްޕޯޓް ނަގަންދާންޖެހޭ ތަކުލީފާ ޚަރަދު ބޮޑު ދަތުރު) ރައްޔަތު މީހާއަށް ހާދަބޮޑު ތުރާލެކޭ. މިކަން ހައްލު ކޮށް ސީދާ ކޮންމެ އަތޮޅަކުން އެއަތޮޅ

The name is already taken The name is available. Register?

އަޖައިބު އަންތަރީސް

04 July 2023

2018 ވަނަ އަހަރު ޕާސްޕޯޓް ހެދިއިރު ފޮޓޯނަގާތަނަށް ގޮއްސަ އެތަނުން ފޯމް ފުރާލީ، އޭގެ އަނެއްދުވަހު ޕާސްޕޯޓް ލިބިއްޖެ. އޭރު އަދި އެއްވެސް ކަމެއް ޑިޖިޓަލް ނުކުރާ އިރު އެއްދުވަސް މި ނަގަނީ ޕާސްޕޯޓް ހަދަން. މިހާރު ހުރިހާ ކަމެއް އޮންލައިން، ފޯމް ލީ ޖޫން މަހު 11 ވަނަ ދުވަހު އަދިވެސް ސްޓެޓަސް އިނީ ޕެންޑިން ވެރިފިކޭޝަން ގަ. އެހެންވީމަ ކިހާ ކުރިއެރުމެއް އައިއްސި.

The name is already taken The name is available. Register?

1123

04 July 2023

އޭރު ހައްދަނީ ދުވާލަކު 2 ޕާސްޕޯޓާ ބައި

The name is already taken The name is available. Register?

‫357865

04 July 2023

‫ތިގޮތައް މި ދުވަސްވަތު ޕެންޑިންގަ އޮތީ އަހަރަމެން ދިވެހިންގެ ނޭދެވޭ އާދަކައިދާއިގެ ސަބަބުން. އެންމެންވެސް ޕާސްޕޯޓް ހަދަން މިޖެހެނީ ޗުއްޓީއަށް ފުރަން ވީމަ. އެންމެން އެބަޖެހެ އޮފީސް، ސްކޫލް އަދި މިސްކިއް ބަންދިކޮއްފަ އެއްފަރާ ޗުއްޓިއަށް ދާން. މިހެންވީމަ ޕާސްޕޯޓް ހަދައި ދޭން އިމިގުރޭޝަން މުވައްޒަފުންނެއް ނުތިބޭނެ، ޑޮލަރުގެ އަގު މައްޗައްދާނެ، ފްލައިޓް ޓިކެޓް އަގުބޮޑުވާނެ، އަދި ވަރިފަށައްވެސް އަރާނެ. މިކަންކަން ރަނގަޅުކުރެވޭނީ ސަރުކާތަކައް ނޫން. އަހަރަމެން ގެ ދަރިންނަށް ރަގަޅު ތަުބިއްޔަތެއް ލިބިން މުސަތަބަލްގަ ރަނގަޅު ވާނީ

The name is already taken The name is available. Register?

އަޖައިބު އަންތަރީސް

05 July 2023

އޭރު ޕާސްޕޯޓް ހެދީ ޑިސެމްބަރުގަ ހަމަ ޗުއްޓީއަށް މީހުން ފުރާ ދުވަސްކޮޅު، އޭރު އެއްދުވަހުން ލިބޭކަން އިނގޭތީ ނުޖެހޭ ކޮންމެހެން މާކުރިއާލާ އެކަމާ އުޅޭކަށްވެސް. މިހާރު ޕާސްޕޯޓް ހައްދަން ލާފަ މިއޮތީ އޮގަސްޓްގަ ތާކަށް ދާން ޖޫން މަހު. އޭރުވެސް ޕާސްޕޯޓް ބަލާގޮސް ތަންފުރާ މީހުން އޮތް އެހެންވީމަ މަދުން ހައްދާތީއެކޭ ނުބުނެވޭނެ. މިހާރުދެން ޕާސްޕޯޓް ހެދުނީމަ ބަލާދިޔައިމަ ދެން އިނގޭނީ މީހުންގިނަކަމެއް.

The name is already taken The name is available. Register?

ހެލޯ 568753

05 July 2023

ދާން ވީމަ ދޯ ހައްދާނީ އެހާ އަގުނަގާއިރު. ފަސްހަމަސް ކުރިން ޕާސްޕޯޓް ހައްދައިގެން ދުވަސްތަކެއް ބޭކާރުވުމަށް ވުރެ އަހަރަކު އެކެއް ނޫނީ ދެދަތުރު ކުރާމީހަކު ބަލާނީ ވީހާވެސް ދަތުރުކުރާ ދުވަހާ ކާރިން ޕާސްޕޯޓް އާކުރަން.

The name is already taken The name is available. Register?

ކޮރަލް

04 July 2023

ބިދޭސީންނަށް ވަނީ ރަށްވެހިކަން ދީފަ އެވެ. 5 ލައްކަ ހަމަ ނުވާ ތަނެއްގަ 5 ލައްކަ ބިދޭސީން ރައްވެހިކަން ހޯދަން މާގިނަ އަހަރު ތަކެއް ނުނަގާނެ އެވެ. ވީމާ ޕާސްޕޯޓް ތައް ހަދަން އިތުރު ވަގުތު ދާނެ އެވެ. ކޯޓުންވެސް މަންޑޭ ޕާސްޕޯޓް އަށް ލުޔެއް ދީ ހިފަހައްޓާފަ އޮތް ޕާސްޕޯޓް ވަނީ ދޫކޮށްލާފަ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454