ޖުމްހޫރީ މައިދާނުގައި ބަޔަކު މަޑުކޮށްލައިގެން: އާބާދީގެ ބޮޑު ބައެއް، އެއް ރަށުން އަނެއް ރަށަށް ހިޖުރަކޮށްފައިވޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޖުލައި 2023 - 15:12
ރާއްޖޭގެ އާބާދީގެ 46 ޕަސެންޓް މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ހިޖުރަކޮށްފައިވާ މީހުންކަން ބޯހިމެނުމުގެ ރިޕޯޓުން ދައްކައިފި އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، ބޯހިމެނުމުގެ މިދިޔަ އަހަރުގެ ރިޕޯޓު ނެރެފަ އެވެ.
އެ ރިޕޯޓުން ބުނީ ރާއްޖޭގައި އާއްމުކޮށް ދިރިއުޅޭ ދިވެހިންގެ ތެރެއިން 46 ޕަސެންޓަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ހިޖުރަކޮށްފައިވާ މީހުން ކަމަށެވެ. ހިޖުރަކުރި 40 ޕަސެންޓަކީ 25-39 އަހަރާ ދެމެދުގެ މީހުންނެވެ.
ހިޖުރަކުރި ކަމަށް، ބޯހިމެނުމުގައި ބަލަނީ އެ މީހަކު އާއްމުކޮށް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއް ނުވަތަ ގައުމެއްގައި އެއް އަހަރަށް ވުރެ ގިނަ ދުވަހު ދިރިއުޅެފައިވާ ނަމަ ނުވަތަ ދިރިއުޅެން ގަސްތުކޮށްފައިވާ ނަމަ އެވެ.
ހިޖުރަކޮށްފައިވާ އާބާދީއަށް ބަލާއިރު ގިނަ މީހުން ބަދަލުވެފައިވަނީ ތައުލީމާއި ވަޒީފާ ހޯދުމަށް އަދި އާއިލާ އެކުގައި ދިރިއުޅުމަށެވެ.
މާލެއަށް ހިޖުރަކުރި 37 ޕަސެންޓް ބަދަލުވެފައިވަނީ ތައުލީމް ހޯދުމަށެވެ. އާއިލާ އެހެން ރަށަކަށް ބަދަލުވުމުން އެ މީހުންނާ އެކު ދިރިއުޅުމަށް 21 ޕަސެންޓް މީހުން ހިޖުރަކުރިއިރު ވަޒީފާ ހޯދުމަށް/އަދާކުރުމަށް 14 ޕަސެންޓް މީހުން ބަދަލުވެފައިވެ އެވެ.
މައިގަނޑު ގޮތެއްގައި ރަށްރަށަށް އަލުން އަނބުރާ ބަދަލުވެފައިވަނީ، ރަށުގައި އަލުން ދިރިއުޅެން ބޭނުންވާތީ ކަމަށް 29 ޕަސެންޓް މީހުން ބުންޏެވެ. އާއިލާ ހިޖުރަކުރުމުން އާއިލާއާ އެކު ދިރިއުޅުމަށް 21 ޕަސެންޓް އަދި ކައިވެންޏާ ގުޅިގެން 13 ޕަސެންޓް މީހުުން ބަދަލުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންސް
12 July 2023
މިހުރިހާޒަމާނެއް ވީއިރު ކެޕިޓަލް ސިޓީ އެކޭ އެއްވަރައް ރާއްޖޭގެ ހުރިހާރަށެއް ކުރިނާރާހުރުން އެއާ މާލޭ މީހުންގެމައްސަލައެއްނޫން، މަޖިލީހުގަވެސް މިވީހާދުވަހެއް މެޖޯރިޓީ މެންބަރުންތިބީ ރައްރަށުގެ އެމީހުން ގޯހެއް ނޫން ރަށައް ތަރައްގީގެންނަން މާލެ މީހުނެއް ނުދާނެ.ދުވަހަކުވެސް ނުފެނޭ ތިރައްރަށުން ހިދުމަތްތައް ނުލަބިގެން އެންމެކުޱަމިނުން އިހުތިޖާޖެއް ނޫނީ އެއްވުމެއް ނޫނީ އެނޫންގޮތަކައްވެސް އަޱުއުފުލިތަނެއް ދެންމިކިޔަނީ މާލެމީހުނޭ. ގުދޯގުދޯ ނުކިޔާ.
އަބްޑޫޅް +
12 July 2023
ހުރިހާ ބީރަށްޓެހިންނަކީވެސް ހިޖުރަކޮށްފަ ތިބި މީހުން. އެކަމުގަ އިސްތިސްނާއެއް ނެތް، މިނިޝްޓަރު ކަމުގަ ހުށްޓަސް، ރައީސުމީހާ ކަމުގަ ހުށްޓަސް. ބީރަށްޓެހިން ވާނީ ހަމަ، މައް ބީރަށްޓެހީންނަށް.
އެނދިމަރިޔަނބު
11 July 2023
ތީ އޮޅުމެއް. ހިޖުރަ ކުރުމަކީ ދާއިމީކޮށް ބަދަލުވުން ބޯހިޔާވަހިކަންވެސް ލިބުން. އަހަރެމެން މީ މާލޭގަ ތިބި ރެފިއުޖީން.
ގުޅި ރައްޔިތު
12 July 2023
އާދެ އާދެ. އަޅުގަނޑުމެން ރާއްޖެތެރޭ މީހުންނަކީ މާލޭގައި ގަނަތެޅޭ ކުލީގެ އަޅުން. މާލެއަށް ހުރިހާ އަސާސީ ހިދުމަތްތަކެއް މާލޭ ގޮނޑިކޮއްކޮ ސަރުކާރުން ޖަމާކޮށްގެން އެނޫން ގޮތެއް ރާއްޖެތެރެ މީހުންނަކަށް ނެތް. ރާއްޖެތެރޭ މީހުންނަށް ހައްގު މިންވަރަކީ ފުޓްސެލް ދަނޑަކާ ބަނދަރެއް ކަމަށް ރާއްޖެތެރޭ މީހުންނަށް ވިސްނާދީފައި ސޯލިހުވެސް އޮތީ. މާލެ އަތޮޅު ފަޅެއް ހިއްކާފަ އެތަނުން މިލިއަނުގެ އަގުހުރި ގޯތި އެއީ ހަމަ އެކަނި ކާފު މާލޭ ބޭޅުންގެ އެއްޗެއް ވައްސަލާމް
ހިލޭ ބިން ދިނީތީ ހިލާ ވޯޓު ނުދޭނަން
11 July 2023
ހިޖުރަނުކޮށް ކުރާނީ ކޮން ކަމެއް؟ މީހުން އުޅޭ 200 ރަށުގެ ތެރެއިން 160 ރަށުގައި ހުރީ 1 ޑަކްޓަރު އަދި 3 ނަރުސް. ބަނދަރު އަދި ހެދެނީ،. ނަރުދަމާ ނެތް. ކިޔަވާނެ ރަނގަޅު ގޮތެއްނެތް. ކައުންސިލްގެ 15 މުވައްޒަފުން،. ސްކޫލުގެ 30 މީހުން، އަދި 2 މުދިމުންނާއި ހެތް ސެންޓަރުގެ 10 މުވައްޒަފުންނޫން ވަޒީފާއެއް ނެތް.
ގުނބޯގުނބޯ
12 July 2023
ތިބުނާ ގިނަ ރަށްރަށުގައި އެތައް ގެއެއްގައި މީހުން ހަމަ އުޅެނީ ތޮއްޖެހިގެން. ސަބަބަކީ ކުރީ ސަރުކާރުތަކުން ހިއްކި ބިންތައް ލޭންޑު ޔޫސް ޕްލޭނެކޭ ކިޔާ އެއްޗެއްގައި އަޅުވައިގެން ސޯލިހު ގެންގުޅޭ އަސްލަންޓެ ފާސްނުކޮށްދީގެން ގޯތި ނުދެވިފައި. ރާއްޖެތެރޭ ރަށްރަށުގައި ކިތައް ފުލެޓު ކިތައް ރޯހައުސްތެ ސޯލިހު އެޅި؟ އަދިވެސް ތިބެގެ ރާއްޖެތެރޭ މީހުން އެކަލޭގެ ދިޔައިމަ ރަތްދަކަ އަވީގައި އަތްޖަހަން ކޮނޑުހުޅު ދާވަރަށް.
އިލޮށިފަތި
11 July 2023
މާލެއަކީ ބަންގުލަދޭޝްގެ ޑާކާ އަށް ވުރެ މިހާރު މުޑުދާރު ގޮނޑުތަނެއް. މަޖުބޫރުވެގެން ރަށްރަށު މީހުން ތިޔާ ތާކަށް ދަނީ. އުފެދުމުގައިވެސް ގޮނޑީ ހަމަ
ދުންމާރި.
11 July 2023
ހޭބަލިވީތަ ؟ މާލެއަކީ ޤަބީލާ އެއްގެ ތަނެއްކަމަށް ހީވުމަކީ ތަރަށުމީހުންގެ ސިނކުޑީގައި ހުރި އުނިކަމެއް. ރާއްޖޭގެ އެހެން ރަށްރަށުމީހުނަށ އިގޭ އެމީހުންގެ އަތުން ޓެކުހާއި އެހެން ގޮތްގޮތުން ނަގާ ފައިސާއާއި އެމީހުންގެ ޙައްޤުތަށް ތިރަށަށް ޖަމާކޮށްގެން ތިބެ ނުހައްޤުން ތިރަށުމީހުން އެކައި ހުސްކުރާކަން. އެހެންވެ އެހެން ރަށްރަށު މީހުން ތިރަށަށް ޖަމާވީ.
ނޯ ގޯތި ނޯ ވޯޓު- ރާއްޖެތެރެ ގަބީލާ
12 July 2023
ދުންމާރި. ދެން ކަޑަ ނުވޭ. މާލޭ މީހުންގެ ސިކުނޑި ރަނގަޅުކަމުން ނޭ މާލެ ގޮނޑީ. އެހެންވެއޭ އަތުން ފައިން މަސައްކަތް ނުކޮށް ނޯ ގޯތި ނޯ ވޯޓު ކިޔައިގެން ގެ ހޮހަޅަ ތަކެއްހެން ހަދާފައި އެއާ ނުބައްދަލު އަގުގައި ކުއްޔަށް ދެނީ. އަހަރުމެންވެސް މިހާރު އޮތީ ނޯ ގޯތި ނޯ ވޯޓު އިގިއްޖޭ
ރަށު ބީޗުން އަލީ ސުލޭމާން
11 July 2023
މާލެ މީހުން ހީކުރަނީ ރަށްރަށު މީހުން މާލެ އަންނަނީ ކުލީގެ އަޅުންގެ ގޮތުގައި އުޅެލަން މާލެ ވަރު ތަނެއް މި ދުނިޔޭލެ މަތީ ނެތީމަ ކަމަށް. ހީކުރަން މާލެ ބޭޅުންނަަށް ތިލިޔުމުގައި ތިއޮތް އެއްޗެއް ފަހުމުވީ ކަމަށް. ވަރަށް ސަލާމޭ
އާދަމ
12 July 2023
ކަލޭނޭ ތިޔަނޫން ތަސްބީހައެއް ނެތްތަ. މާލޭގައި، މާލޭމީހުނޭކިޔައިގެން ހަޅޭއްފަޅޭއްލަވަނީ ތިޔަ ރާއްޖެތެރެއިން އައިމީހުން. ނިކަން ހޭއަރާބަލަ
ގުދުގުދާބެއްޔާ
12 July 2023
ހިޖްރަ މާލޭއަށް މިކުރަނީ ދެކޮޅުން ކާންވެގެން. ރަށުގައި އޮތް 5000 އަކަފޫޓުގެ ގޯތީގައި ގެސްޓްހައުސް އަޅާފައި އައިސް އަދި މާ ސިންޕަތީވެގަނެގެން މިކިޔަނީ ތިމަންނާމެންނަކީ ކުލީގެ އަޅުން ކަމަށް! އަހަރުމެން ކަލޭމެންގެ ރަށައް ދިޔައީމާ 500ރ އަށް ދުވަހު ކޮޓަރި ކުއްޔަށް ނަގައިގެން މިއުޅެނީ! އަހަރުމެން ކުލީގެ އަޅުންނަށް ނުވޭތަ؟ ރަށައްދިޔައީމާ އެއީ އަހަރުމެންގެ ރަށް މާލެ އައިމާ ދަފްތަރުގައިޖެހި މާލޭމީހަކައް!
މުޑަހަންޖާ
11 July 2023
ކަލޭމެން ކޮންމެ އެއްޗެކޭކިއަސް ރާއްޖޭގަ އެންމެ ހާލުގަ އުޅެނީ މާލޭމީހުން. ގޯތީގަ 10 ބުރީގަ ހަތަރުފަސް އިމާރާތް ހުންނަތަން ކަލޭމެނަށް ފެނުނަސް ކުއްޔަށްދީފަ އޮތުމުގެ ސަބަބުން އެއުޅެންޖެހޭ ހާލު ރަނގަޅަށް ފެނުނުމީހެއްވިއްޔާ ހިތްކުދިކުދިވާންޖެހޭ. އަދި ކޮންމެމީހަކުވެސް އެމީހަކަށް ވެވުނު މިންވަރަކުން އެހީތެރިކަމެއް ވާންޖެހޭ.
ފުޅޭ
11 July 2023
އަމައްޔާއި ކާކުތަ ބުނީ އަތުންފައިން ކަމެއް ނުކޮށް ގެ ކުއްޔަށް ދީގެން ކަންނެތްކޮށް އުޅެން؟
ބޮޑުހިޖުރަ
11 July 2023
ކޮންމެ އަތޮޅެގަޕޮމއްގައި ނެށަނަލް .ޔުނިވަރސިޓީގ ކެމްޕަހެއް ޤާއިމް ކުރުމުން މިކަމަށް ކޮންމެވެސް ހައްލެއް އަންނާނެ. ކިޔަވާކުދިންގެ އެކޮމޮޑަންވެސް އަގު ހެޔޮވެފަ ތަނަވަސް ވާނެ.
ނަގުލާ.
11 July 2023
ތިަކްނ ނޭގިގެންތަ މާލޭ ސަރުކާރުން ހުރިހާ ކަމެއް އެމީހުންގެ ރަށަށް ޖަމާކުރީ.
މުޑަހަންޖާ
11 July 2023
ކަލޭމެނަށް ތިހުރިހާ ހިސާބެއް އެބަހޯދޭ، ރަށެއްގަ ގެއަކުން ހެދިކާ ވިއްކަންޏާވެސް އޭގެ ތަފާސްހިސާބު ކަލޭމެން ހޯދާނެ، އެކަމަކު ކ.މާލޭގަ ގޭގޭ ކޮޓަރި ކުއްޔަށްދީގެން މިހިންގާ އެތައް ބިލިއަން ޑޮލަރެއްގެ ކުލީވިޔަފާރިގަނޑާބެހޭ އެއްވެސް މައުލޫމާތެއް ހޯދަންކެރޭތަ، އެވްރެޖްކޮށް ކ.މާލޭ އާއިލާއަކަށް ކުލިން އެކަނި ކިތައް ލައްކަޖެހޭތޯ ބަލާލަން ކެރޭނެތަ.
ރައްޔި
11 July 2023
ޕޭޕަލް އާއި އިންޓަރނޭޝަނަލް ޕޭމެންޓްސް ލިބޭނެގޮތެއް ހަދާދެވޭނެ ވެރިޔަކު ރައްޔިތުން ބޭނުމީ. ހުސް ފައިސާދެއްކޭގޮތް އިތުރުކުރަނީ، ފައިސާ ލިބޭނެމަގެއްނެތް ގައުމެއްމީ