ޚަބަރު / ބޯހިމެނުން

އުފަންވާ ރޭޓް ނުރައްކާ މިންވަރަކަށް ދަށަށް، އާބާދީ ދެން ވާނީ މަދު

ދެމަފިރިއަކު، އެ މީހުންގެ ދަރިފުޅު އުރާލައިގެން ހިނގާލާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި އުފަންވާ ރޭޓް މިހާރު ހުރީ އާބާދީ އިތުރުނުވެ ދަށަށް ދާނެ ހާލަތަށް ވެއްޓިފައި ކަމަށް ބޯހިމެނުމުގެ ރިޕޯޓުގައި ބުނެފި އެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ، މިދިޔަ އަހަރުގެ ބޯހިމެނުމުގެ ރިޕޯޓު ނެރެފަ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައި އޮރް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދަރިން ހޯދާ ނިސްބަތް މާބޮޑަށް ދަށަށް ދިއުމެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ދިވެހި އަންހެނަކަށް އެވްރެޖުކޮށް ލިބެނީ 1.7 ދަރިންނެވެ.

ނަމަވެސް، އެންމެ ފަހުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުގައި ދެއްކީ އެވްރެޖުކޮށް އަންހެނަކު 2.5 ދަރިން ހޯދާ ކަމަށެވެ. އޭގެ ކުރިން، 2006 ވަނަ އަހަރު 2.2 ދަރިން އަދި 2000 ވަނަ އަހަރު 2.8 ދަރިންނެވެ. އެ އަދަދު 1990 ގައި ހުރީ 6.4 ގަ އެވެ.

ދަރިން ހޯދާ އަދަދު އަހަރުން އަހަރަށް ދަށްވަމުން ދިއުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތްވަނީ 'ބިލޯ ރިޕްލޭސްމަންޓް ލެވެލް' އަށް ގޮސްފަ އެވެ." ބޯހިމެނުމުގެ ރިޕޯޓުން ދައްކަ އެވެ.

"ބިލޯ ރިޕްލޭސްމަންޓް ލެވެލް" އަކީ އުފަންވާ ރޭޓާއި މަރުވާ ރޭޓް އަޅާބަލާއިރު އާބާދީ އިތުރު ނުވެ ދަށްވާނެ ހާލަތު މެދުވެރިވުމެވެ.

ރާއްޖޭގައި އަންހެނުން އެވްރެޖުކޮށް ކައިވެނިކުރަނީ 20 އަހަރުގައި ކަމަށް ބޯހިމެނުމުގެ ހިސާބުތަކުން ދައްކަ އެވެ. ފިރިހެނުން ކައިވެނިކުރާ އެވްރެޖް އުމުރަކީ 24 އެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ 69 ޕަސެންޓަކީ މީހުންނާ އިނދެގެން އުޅޭ މީހުންނެވެ. ނުވަ ޕަސެންޓް މީހުންނަކީ ވަރިވެފައިވާ މީހުންނެވެ، ދުވަހަކު ވެސް މީހަކާ ނީންނަ ދިވެހިންގެ އާބާދީގެ ނިސްބަތަކީ 19 ޕަސެންޓެވެ.

މި ޕަސެންޓުތައް ބަލާފައިވަނީ 15 އަހަރުން މަތީގެ އާބާދީއަށް ބަލައިފަ އެވެ. އެކަމަކު، ރާއްޖޭގައި ކައިވެނިކޮށްދޭ ރަސްމީ އުމުރަކީ 18 އަހަރެވެ.

75 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 44%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި

13 July 2023

އދ އާއި ގުޅިގެން މައުމޫން ހިންގި ޖަރީމާގެ ނަތީޖާ މި ފެންނަނީ

The name is already taken The name is available. Register?

ކޮންސްޓޭ

13 July 2023

އެހެއްނުވާނީ. ދަރިން ގޮވައިގެން އުޅެން ޖެހިފައޮތީ ގޮޅިއެއްގަ ވިއްޔަ. ފުލެޓެއް ގޯއްޗެއް ބަހާ އިރަކު އިންސާފެއް އޮތްތަނެއްނޫން މީ

The name is already taken The name is available. Register?

އަތޮޅުތަކުގެ ވަކީލު

13 July 2023

ތީގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ކުރީގެ ރައީސް މައުމޫނު އަދި ޝީ. އެބޭކަލުން ރާއްޖޭގެ އާބާދީ އިތުރުވުން ހުއްޓުވާން އަތޮޅުތަކުގަ ފާޑުފާޑުގެ ދޭތެރެދުރުކުރާ ޕްރޮގްރާމް ޖައްސާ ބޭސް ބަހާ ހުރަސް ބަހާ އަތޮޅުތަކުގެ އާބާދީ އެއްކޮށް ހުއްޓުވާ މާލޭ އާބާދީއާ ނުކުޅެ ބެންކުން ލޯނުދީ މާލޭ ގެދޮރު ކުއްޔަށްދޭން އިމާރާތްކުރުވާ އަތޮޅުތަކުގެ ރައްޔިތުން މާލެ އައުން މަޖުބޫރުވާނެ ގޮތަށް މުޅި ނިޒާމު ތަރުތީބު ކުރީ. ދެން މަރުހަބާ ބަންގާޅު އާބާދީ އަށް ގައުމު ހަވާލުކޮށްލާ

The name is already taken The name is available. Register?

ޗަމްޕާފެ ނޯކަރު

13 July 2023

ބޯހިޔާވަހިކަން ހޯދުމުގެ ދަތިކަން، ދިރިއުޅުމު އަގު، ގައުމުގެ އިޖްތިމާއީ ހާލަތަށް ބަލާފަފަ ދަރިން ހޯދާކަށް ނޭދެން

The name is already taken The name is available. Register?

ހދބޱގގދ

13 July 2023

ސަރުކާރުތައް ދޯދިޔާ ކަމުން މީހުންނާ އިންނަ ހިސާބުން އަމިއްލަ ގެދޮރުނެތި އުޅެންޖެހެނީ ކުއްޔަށް. ބޭނުންވިޔަސް ދެދަރިންނަށްވުރެ އިތުރަށް ހޯދޭކަށްނެތް. މިހާރުވެސް އެއްބަޔަކަށް ހިލޭ ގޯތި މިދެނީ ފަގީރުން އިތުރަށް ފަގީރުކޮށް ކުލީ ގެދޮރުގެ ޑިމާންޑް ބޮޑުކުރަން ނޫން ކޮން ކަމަކު؟ ހަގީގަތަކީ ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަ މީހުން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރާކަށްނޫން ޖީބު ފުރަން. ވެރިކަމަށްފަހު ލިބޭ އިނާޔަތްތަކުގެ ދަހިވެތިކަމިގަ

The name is already taken The name is available. Register?

ގުލުމީ

13 July 2023

ބޯހިޔާ ވަހިކަމެއް ނެތް ކިހިނެއް ދިރިއުޅޭނީ މިހާރު މީ ސިޔާސީ މީހުން ބޭނުން ކުރާ ޓޫލެއް ރައްޔިތުްން ހައްދަން

The name is already taken The name is available. Register?

ލުލު

13 July 2023

ދިރިއުޅުމުގެ ހާލަތު މިދިޔަ ފަސްއަހަރު ދިޔައީ ދަށަށް

The name is already taken The name is available. Register?

އަހުމަދު...

13 July 2023

މީގަ ވިސަނާ ބަޔަކަށް ކަންކަން ހާމަވެގެން ދާނެ. 21 ވަނަ ގަރުނުގައި ތަފާތު ސިހުޔޫނީ ވިސްނުންތަކާއި އިންޑަސްޓރިއަލލޒޭޝަން އާއި އެކު އައިބަދަލުތަކެއްގެ ނަތީޖާ މިފެންނަނީ. މިސާލަކަށް؛ 1. ތަފާތު ގޮތް ނޭގޭ ވެކްސިން ޖެހުން 2. ހަގީގަތް ނޭގޭ ޕްރޮސެސްޑް ފުޑްސް އަށް ބަރޯސާވުން 3. ދިވެހިންގެ މުރާލިކަމާއި މަސައްކަތްތެރިކަން ގެއްލި ބޮންދުންނާއި ގައުމު ހަވާލުކޮށް ޓިކްޓޮކް ގައި ފޭމް ހޯދަން އުޅުން 4. ދީނާއި ދުރުވެ މާއްދިއްޔަތަށް ހެއްލި ދޮންމީހުން ކޮޕީކުރުން

The name is already taken The name is available. Register?

މިކަމުގަ ހަބަރު ލިޔުއްވުން އެދެން

13 July 2023

މީގެ ރީސާޗް ހަދާފަ ރިޕޯޓެއް ލިޔެބަ.

The name is already taken The name is available. Register?

ގުލުމީ

13 July 2023

ބޮޑުކުލީގަ ރާއްޖެތެރެ މީހުން ހަނާވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454