ހަނިމާދޫ ސްކޫލް: އެ ސްކޫލްގައި އޭލެވެލް ކިޔަވައިދޭން އަލުން ފެށުމަށް ކައުންސިލުން ވަނީ ދަރިވަރުންނަށް އެލަވަންސް ދޭން ނިންމާފައި. -- ފޮޓޯ: ހަނިމާދޫ ސްކޫލް
13 ޖުލައި 2023 - 10:11
ހދ. ހަނިމާދޫގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް މަހަކު 2،000ރ. ގެ އެލަވަންސެއް ދޭން ރަށު ކައުންސިލުން ނިންމައިފި އެވެ.
މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި 11-12 ކިޔަވައިދޭން ފެށި ނަމަވެސް އޭލެވެލް އަށް ކިޔަވަން ބޭނުންވާ ދަރިވަރުން މަދުވުމުން ކިޔަވައިނުދެވި އެކަން އޮތީ ހުއްޓިފަ އެވެ.
އެ ރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ އެލަވަންސް ދޭނީ އޭލެވެލް ކިޔަވަން ފަށާ ފުރަތަމަ 15 ކުދިންނަށް ކަމަށެވެ. މިގޮތަށް ނިންމީ އޭލެވެލް ކިޔަވައިދިނުން ހުއްޓިފައި އޮތުމުން އަލުން ކިޔެވުން ފެށޭނެ ގޮތް ހަދަން ކަމަށް މެންބަރު ވިދާޅުވި އެވެ.
"ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ވެސް ވަރަށް މަދު ކުއްޖަކު މި ބޭނުން ވަނީ 11-12 ކިޔަވަން. ކޮންމެ ކުއްޖަކު ވެސް ނިންމާފައި މި ހަދަނީ ކޯހެއް،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.
އޭލެވެލް ކިޔަވަން ބޭނުންވާ ބައެއް ކުދިން ތިއްބަސް ކިޔަވައި ދިނުމަށް އެކަށީގެންވާ ވަރަށް ކުދިން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެލަވަންސް ދޭން ނިންމީ ދާއިމީ ގޮތެއްގައި އޭލެވެލްއަށް ކިޔަވައިދޭ ސްކޫލަކަށް އެ ރަށު ސްކޫލް ހަދަން ކަމަށެވެ.
"އެ އެލަވަންސް ދިނުމުގައި ހަނިމާދޫ ދަރިވަރެއް ނުވަތަ އެހެން ރަށެއްގެ ދަރިވަރެއް ތަފާތުކުރުމެއް ނޯންނާނެ. އެހެން ރަށްރަށުގެ ދަރިވަރުން ވެސް އޭލެވެލް ކިޔަވަން ހަނިމާދޫއަށް އާދެވޭނެ. އަޅުގަނޑުމެން މި ބަލަނީ ކައިރި ރަށްރަށުން ވެސް ކުދިން ގެނެސްގެން ވެސް ކިޔެވުން ފެށޭނެ ކަމަށް،" އެ މެމްބަރު ވިދާޅުވި އެވެ.
އޭލެވެލް ކިޔަވަން އަންނަ ކުދިން ކިޔަވައި ނިމެންދެން އެ އެލަވަންސް ދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ކައުންސިލުން ބުނީ މިކަމަށް ކޮންމެ މަހަކަށް 30،000ރ. ކަނޑައަޅާފައިވާ ކަމަށާއި ކައުންސިލް ބަޖެޓުން އަހަރަކަށް 360،000ރ. ހަރަދު ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމު
13 July 2023
އޭލެވެލު ކިޔަވައިގެން ވަނަހޯދުމުގެ ބޭނުމެއެނެތް ސިޔާސީ މީހަކައްވެ ސިޔާސީ މަގާމެއް ހޯދަންވީ މާރަގަޅު މުސާރަލިބޭނެ
ކިޔަވަންޖެހޭ އެކަމު
13 July 2023
ކުދިން މިހާރު ކިޔަވަނީ ރާއްޖެއިން ފިލަން. ބޭރުގައުމުތަކުން ޑިގްރީއެއް ނިންމާފައިވެސް މާރަނގަޅު ވަޒީފާލިބޭ، ނުލާހިކު ދާއިރާތައް މަދު. ވާންޖެހެނީ ޑޮކްޓަރަކައް،ނޫނީ ލޯޔަރަކައް ނޫނީ ވަޒީރަކައް،ނޫނީ ވެރިޔަކައް. ނުނީ ދެކޮޅުވެސް ނުޖެހޭ. އެހެން ކަމެއް އޮންނަ ތަނެއްނޫން ރާއްޖެއަކީ. ބަންގާޅިން މުޅިތަނައް ލަިއިގެން .ޒުވާނުންނައް ނޯވޭ ވަޒީފާއެއް. ޕޮލިޓިލަލް ސިސްޓަމް އަދި އެޑިއުކޭށަން ސިސްޓަމް މާމޮޅީދޯ ދުނިޔޭގެ އެއްވަނަ. ގުއިރީބަލަ -ޒުވާނުން-
އޭލެވެލް
13 July 2023
މިހާރު ގިނަ ކުދިން ދަނީ ޑިޕްލޮމާ ރޫޓްއިން. އޭލެވެލް ކިޔަވާއެއްޗެއްސެއް އުމުރު ހުސްވާއިރުވެސް ބޭނުމެއްނުޖެހޭ.
ވާނުވާގައި
13 July 2023
ވަޒީފާ ދިނުމުގައި، މުސާރަ ދިނުމުގައި ބަލާ މިންގަނޑު ގޯސްވުމުގެ ސަބަބުން ދިމާވާ ކަމެއް. ޓީޗަރުކަން، ނަރުސްކަން، ޑޮކްޓަރުކަން، އިންޖިނިއަރިނގގެ ދާއިރާތައް ފަދަ މުހިންމު ދާއިރާތަކުން އޭލެވެލް ނުނިންމާ މީހަކަށް ވަޒީފާ ދެވިގެން ނުވާނެ. މިހެން ނުބަލައި ވަޒީފާ ދޭތީ ތަޢުލީމުގެ އަގުވެއްޓި، ކިޔަވާ މީހުންގެ އަގުވެސް ވެއްޓިގެން މިދަނީ. އަނެއްކޮޅުން ފެންވަރު ނެތަސް މީ ކޮލެޖްތަކުން ސެޓްފިކެޓް ބަހާ ގައުމެއް. ފެންވަރު ހުރި މީހެއް ނެތް މީހެއް ވަކިނުވޭ.
ވާނުވާގަ
13 July 2023
ރަނގަޅުވާހަކައެއް. ދެން ސިޔާސީ މަގާމުތަކޯ؟ ހެހެހެ އޭލެވެލްސް ބޭނުންވާނެ މަތީމަގާމުތަކައް. ދެން ކީއްވެ ކޮލެޖު ތަކުން ޕައުންޑޭށަން އަދި ޑިޕްލޮމާހިންގަނީ. ދެން އޭލެވެލް ނިންމާ އެކަމުތިދޭ ލޯނުތަކުގަ ރާއްޖެއިން ފުރާގޮތައް ނާންނަނީ. މިތާ ކިޔަވަދީފަ ބަހައްޓަންވީނު؟ ޑިޕްލޮމާވިޔަސް. އެއްޗެއް ގެޓުތަ؟
އަދުންބެ
13 July 2023
އޭލެވެލް ހެދުމުގެ ބޭނުމަކީ ގިނަ ޔުނިވާސިޓީތަކުގެ ކޯސްތަކާއި ސްކޮލަރޝިޕްގެ ބޭނުން ހިފުން. އޯލެވެލް އެކަނި ހަދާ ކުއްޖަކަށް އުދަގޫވާނެ ބޮޑު އަދި ހާއްސަކޮއް ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއެއްގެ ޕްލޭސްމެންޓެއް ހޯދަން.
ލަވާލީ
13 July 2023
މިއީ ކައުންސިލަށް ކުރެވޭ ކަހަލަ ކަމެއްތަ؟
ކަނަގަނަ
13 July 2023
ރައްޔިތުންގެ ފައިސާއިން ވަކިބައެއްގެ މަންފާއަށް މިފަދަ ކަންކަން ކުރުމަކީ އެންމެ އެދެވޭނެގޮތެއް ނޫންކަމުގައި އަޅުގަނޑު ދެކެން ސަބަބަކީ/ ކަމެއްވެގެން އެރަށުގައި 10 ނިންމުމަށްފަހު އެހެން ދިމަދިމާލަށް ގޮސް އޭ ލެވެލް ނުވަތަ ކޯސްތައް ހަދަން ދަރިވަރުން ބޭނުންވަނީ / ކެމްޕަސްވެސް ޔުނިވަރސިޓީވެސް ތިގޮތަށް ހިންގުމަށް ކައުންސިލް އިން އެދެމުން އެދަނީ ކޮންމެވެސް ބަޔަކާއި ޒާތީވެގެން ކަމުގައި ދެކެން
ސައްޙާފު
13 July 2023
ވަރަށް ބޮޑު އިސްރާފެއް. ބަދަލުގައިި ތިޔަ ފައިސާ އިން ގްރޭޑް 9 އަދި 10 ގެ ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކޮށް، ދެ އަހަރު ތެރޭ މަދުވެގެން 4 ކެރިިއާރ ގައިޑެންސް ޕްރޮގްރާމް ހިންގާ، އަދި މަހަކު ހަރަދު ކުރަން ތި ކަނޑައެޅި 30،000 އިން މަހަކު 5000 ސްކޫލު ލައިބްރަރީއަށް ޚާއްސްކުރުމުން އަހަރުތެރޭ 60،000 ގެ ފޮތް ލައިބްރަރީއަށް ވަދެ ކުދިންނަށް މަންފާކުރާނެ. މުޅި ސްކޫލުގެ ނަތީޖާ ރަނގަޅުވުމުން އޭލެވެލް ކިޔަވާނެކުދިން ހޯދަން އަތްފުނާ އަޅާކަށް ނުޖެހޭނެ.
ނަންކޮށި
13 July 2023
މިއީ އިސްރާފެކޭ ބުނުމަކީ އެހާ ރަންގަޅު ގޮތެއްނޫން، ރަށުގައި އޭލެވެލް ބޭއްވުމަކީ ރަށުގައި އުޅޭ ބަޔަކަށް ތަސައްލީއެއް.
އަބްޑޫޅް +
13 July 2023
ޕެޓިކޭސް އަށް މަގުފަހިކޮށްލަނީ އުތަ؟