130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް
13 ޖުލައި 2023 - 13:46
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.
އޮކްޓޫބަރު، 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގުގެ މައްސަލާގައި ޝަހީބުގެ އިތުރުން ހއ. ހޯރަފުށީ ވައިލެޓްވިލާ އަހްމަދު މޫސާ އަށް ވެސް ދައުވާކުރެ އެވެ.
ޝަހީބު ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު މުރާޖައާކުރުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން އެކަން ބެލުމަށް ފަހުގަ އެވެ.
ބޭސްފަރުވާއަށް މީގެ ކުރިން ވެސް ޝަހީބު ދޫކޮށްލި އެވެ. އެކަމަކު، އެ އަމުރު އިސްތިއުނާފް ކުރުމުން އަމުރު ބާތިލްކުރުމުން އަނެއްކާ ހައްޔަރުކުރީ އެވެ.
ޝަހީބު ދޫކޮށްލަން ގާޒީ އަލީ ނަދީމް ރިއާޔަތްކުރެއްވި ކަންކަމުގެ ތެރޭގައި މި މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް މިންވަރުން ޝަހީބުގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ބެލެވެން ނެތުން ހިމެނެ އެވެ. އަދި ބާކީ ތިބި ހެކިންނަށް ނުފޫޒު ފޯރުވޭނެ ކަމަށް ނުފެންނަ ކަމަށް ވެސް އަމުރުގައިވެ އެވެ.
މީގެ އިތުރުން ވެސް، ޝަހީބުގެ ފަރާތުން ހުށަހެޅި ގިނަ ކަންކަން ޝަރީއަތުން ވަނީ ބަލައިގެންފަ އެވެ.
އޭނާ ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
16 July 2023
ރަނގަޅު...ހަމަދޫކޮށްލަންވީ......މި ޤައުމު މީމިހާރު މެކްސިކޯ ސަރުކާރަށްވެފައި
ރީގަލް އަހުމަދު ނައީމް
13 July 2023
ހަގީގަތުގައިވެސް އޭނާޔަކީ ކުށެއްނެތް މީހެއް ! ސިޔާސީގޮތުން މީހަކު ފުރޭމް ކުރަން ވެއްޖިއްޔާ ވަރަށް ސިމްޕަލް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ ! އެކަމަކު ހަގީގަތަކީ ހަގީގަތާ ކުރިމަތިލާ ދުވަހު އެހުރިހާ އެއްޗެއް ހާމަވާނެ ވަރަށް ސާފް ! ޝަހީބަށް ކާމިޔާބަށް އެދެން
ކޮންސްޓޭ
13 July 2023
މާފަށް އެދުނީމަ މިހާރު ދޫކޮށްލާކަމަށް ވޭ
ޢަލީ ބަލީ
14 July 2023
މާފަށް އެދުނީމަ މީހުން ދޫކުރަނީކީނޫން ކޯޓުން ކޮށްފަވާ ހުކުމްވެސް ބާތިލް ކުރަނީ. ދައްކަވަން ހުރިތަނެއް ދައްކަވާފަ އޭ ގެންދަވާނީ ބުނެއެއްނު. މީ އެކަހަލަ ކަމެއް.
ޕޮމްޕޭ
13 July 2023
ގާޒީ އަލީ ނަދީމް ގެ ބުއްދި ފިލާ ގޮސްފައިތޯ އިނީ؟ ނޫނީ ހިނދުކޮޅު އައިއްސަތޯ؟ ނޫނީ މަސްތުގެ ހާލަތުގަތޯ؟ ގާޒީންވެސް ޔޫރިން ޓެސްޓް ކުރަން ފަށަންވީ!
ތަރުމޯޒު
13 July 2023
އާން މުޖުތަމައުއަށް ނުރައްކާވާނެ، ޒަމްޒަމް ފެންވިއްޔަ އެތެރެކޮށްގެން ވިއްކަން އެއުޅެނީ!
މާވިސް
13 July 2023
މިވެސް ޚަބަރެއްތަ؟ މިއީ ދެން އާންމުކަމެއްނު. ޚަބަރަކަށް ވާނީ އައު ކަމެއް ވީމަ ދޯ!؟
ޙިނި
13 July 2023
ޚިހާވަރެއް ހަރޮދުކޮގެންބާ މިފާޑުގެ ހުކުމެއް މިނެރެވެނީ. މުޅިންވެސް ދޫމިކުރަނީ ޑުރަގު އާ ގުޅުންހުންނަމިހުން ނޫނީ ކަޅުފައިސާ ގެންގުޅޭ މީހުން.
ރިހާކުރު ފުޅި ވަގަށްނެގި މީހާ
13 July 2023
ހެލޯ، މަ އަދިވެސް ޖަލުގަ، ހަމަ އެއްވެސް ގޮތެއް ނެއްތަ؟ ސޭޑް އިމޯޖީ
1828
13 July 2023
ބަލީވައި އޮންނަ އުސޫލުން ބޭސްފަރުވާކުރެވެން ޖެހޭނެ. 2+ އަހަރު ވީއިރުވެސް ހުކުމަކާއި ހަމައަކަށް ނުދިޔަ. މިއީ އިންސާފް ލިބޭ ސްޕީޑް. ޑުރަގާއި ޖެހުނީމައި ކޯޓްތަކަށް މިވަނީ ކިހިނެއް ތޯ ބަލަން އެބަޖެހޭ.
1929
13 July 2023
ހައި ވަނީ
ސިމްޕަލް
13 July 2023
90ގެ އަހަރު ތަކުގައި ޔޫރަޕްގެ ގައުމެއްގައި ވަޒީފާ އަދާކުރި ދިވެއްސަކު މާލެއައި އިރު ސިނގިރޭޓްބުރިއެއް ވަރުގެ "ވީޑް" ކޮޅެއް އޭނާ ލައިގެން ހުރި ޖީންސުން ފެނިގެން އެތައް ދުވަހަކު ޖަލުގައި ހޭދަކުރަން ޖެހި، އޭނާގެ ވަޒީފާ ގެއްލި، ދިރިއުޅުން ހަލާކުވި ވާހަކަ މީހަކު ބުނި. ކޮންމެއަކަސް މިހާރު މިއޮތީ އޭރު އޮތް ނިޒާމު ގޯސްވެގެން ގެނައި ރަނަގަޅު ނިޒާމު.
1828
13 July 2023
ސިނގިރޭޓްބުރިއެއް ވަރުގެ "ވީޑް" ކޮޅެއް އޭނާ ލައިގެން ހުރި ޖީންސްގެ ޖީބަށް ލައިގެން ގެންނަން ޖެހޭ ތޯ؟ މިކިޔަނީ އެތެރެކުރާ މީހުންނާއި ބޯމީހުންނަށް މަރުގެ އަދަބުދޭށޭ. މަސްތުބާތަކެތިން ދެން އަންނަން އޮތް ޖީލު ސަލާމަތްކުރަން އެބަޖެހެއޭ