ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް އާއި އެ ޕާޓީގެ ލީޑަރުން- ފޮޓޯ: ޓުވިޓާ
18 ޖުލައި 2023 - 15:17
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމުގެ ފޯމިއުލާއެއް ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެންއެމްޕީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެމްއެންޕީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އާއި ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ.
ގާސިމް ދިރިއުޅުއްވާ ޕެރަޑައިސް އައިލެންޑްގައި ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ އޭނާގެ ދައުވަތަކަށް ނާޒިމް ވަޑައިގަތުމުން މަޝްވަރާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކަމަށެވެ.
"ދެކެވުނު ވާހަކަތައް ވަރަށް ކާމިޔާބު. އުއްމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދިން. ދެން އިތުރަށް ކުރިއަށް ގޮސް މެދުކެނޑުމެއް ނެތި ބައްދަލުވުންތައް ދާގޮތް އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްދަލުވުން ވަރަށް ކާމިޔާބެވެ.
އުޝާމް ވެސް ވިދާޅުވީ މި ބައްދަލުވުމުގައި ވާހަކަ ދެއްކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ކަމަށް ވިދާޅުވި އެވެ.
ދެކެވުނު ވާހަކަތައް ވަރަށް ކާމިޔާބު. އުއްމީދުތަކެއް އަޅުގަނޑުމެންނަށް ލިއްބައިދިން. ދެން އިތުރަށް ކުރިއަށް ގޮސް މެދުކެނޑުމެއް ނެތި ބައްދަލުވުންތައް ދާގޮތް އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން. -- ގާސިމް
އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ރަނގަޅު މަޝްވަރާތަކެއް ކުރެވުނެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް - ފޮޓޯ: ޓުވިޓާ
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެ ޕާޓީއަށް އެކުގައި މަސައްކަތް ކުރެވޭނެ ހަމަ ރަނގަޅު ފޯމިއުލާއެއް ނެރެވޭނެ. ކުރިއަށް އޮތް ތާނގައި މި މަޝްވަރާތައް މިގޮތަށް ކުރިއަށް ގެންދާނަން،" އުޝާމް ވިދާޅުވި އެވެ.
އިންތިހާބަށް ޖޭޕީ އާއި އެމްއެންޕީން ބައްދަލުކުރިއިރު، ދެ ޕާޓީން ވެސް ކުރިން ބުނެފައި ވަނީ ކޯލިޝަން ހެދިޔަސް ފުރަތަމަ ބުރުގައި ވަކިން ވާދަކުރާނެ ކަމަށެވެ. އެމްއެންޕީއަށް ކޯލިޝަންގެ ދައުވަތު ޖޭޕީން ދިނުމުން އެ ޕާޓީން އޭރު ބުނެފައި ވަނީ ކޯލިޝަން ހަދާ ނަމަ ޕާޓީތަކުން އަރަން ޖެހޭނީ އެންއެމްޕީގެ ކެންޑިޑޭޓް ނާޒިމްގެ ފަހަތަށް ކަަމަށެވެ. ޖޭޕީގެ ވެސް އަދިވެސް ސްޓޭންޑަކީ އެ ޕާޓީގެ ކެންޑިޑޭޓް ގާސިމްގެ ފަހަތަށް އެހެން ޕާޓީތަކުން އެރުމެވެ.
އެމްއެންޕީ އުފެއްދީ ޖޭޕީގައި އިސްކޮށް ނާޒިމާއި ރިޔާޒް އުޅުއްވުމަށް ފަހު އެ ޕާޓީގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ވަކިވުމަށް ފަހު އެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖޭޕީން ދިން ދައުވަތު އެއްވެސް ސިޔާސީ ޕާޓީއަކުން ގަބޫލުނުކުރިއަސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންނާ އެކު އިންތިހާބަށް މަޝްވަރާތަކަށް ކުރި އެވެ. އެކަމަކު އެ މަޝްވަރާތައް މަޑުޖެހިފައި ވަނިކޮށް ޕީޕީއެމާ އެކު ވެސް ވާހަކަތަކެއް މި ދޭތެރެއިން ބޭއްވި އެވެ.
އެކަމަކު ޕީޕީއެމުން ބުނެފައިވާ ގޮތުގައި ކޯލިޝަން ހަދަން އެ ބައްދަލުވުމުގައި މަޝްވަރާއެއް ނުކުރެ އެވެ. އެ ޕާޓީން އެހެން އެއްވެސް ބައެއްގެ ފަހަތަށް ނާރަން ނިންމާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށް ވެސް އިދިކޮޅުން ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރުމެވެ. އެކަމަކު މި އިންތިހާބަށް އެމްޑީޕީއާ އެކު އަދާލަތާއި އެމްޑީއޭ އިން ވަނީ ކޯލިޝަން ހަދައިފަ އެވެ. އެމްޑީޕީން ބުނަމުން އަންނަނީ އެއް ބުރުން އިންތިހާބު ކާމިޔާބުވާނެ ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިރަސްގެފާނު
20 July 2023
މަޝަށް ހީވަނީ ތިޔަ ފޯމިއުލާ އެންމެ ރަނގަޅުވާނީ ފާޚާނާ ސާފުކުރަންހެން...ބްރޭންޑެއްގެ ގޮތުގަ ނެރެންވެސް ކަމުދާނެ..ތަށްޓަށް ކަމުދާނެ..
އަންދަލޫސިޔާ
19 July 2023
މި ބޭފުޅުން ހެދި ފޯމިއުލާއިން ބަޔަކު ދަތްއުނގުޅާބޭސް ހަދައިފި!
އަދުރެމެޓިކްސް
19 July 2023
ނާޒިމް 5،000 ، ޤާސިމް 15،000 ، އަންނި 20،000 . ޏަތީއްޖާ 40،000 ވޯޓާއެކު ފުރިހަމަ 3 ވަނަ. ޕީޕީއެމް ކެނޑިޑޭޓް 80،000 ވޯޓާއެކު 2 ވަނަ. އިބޫ 130،000 ވޯޓާ އެކު 1 ވަނަ. ދެވަނަ ބުރު ކެންސަލް!
އަރުވިންދު
19 July 2023
ތި ފޯމިއުލާ މި އޮތީ.. n=1+nx/QI+(n(n-1) x^2)/nazim=villa Banguroot މަޖިލީސް އިންތިހާބު ނިމިގެން ލަނޑުދިންތާ އަދި ނުވޭ ސާޢަތެއްވެސް... މި މީހުން ލަދެއް ނުގަނޭ އެއްމޭޒެއް ދޮށަށް ދާކަށްވެސް! ތައްމިނަށް އަނގަ ހުޅުވައިގެން ފޮޓޯ ނަގަނީ!
ފޯޅަވަހި ސަރުދާރު....
20 July 2023
އަރުވިންދުއަށް ނޭގޭ ދެއްތޯ އެއީ ސިޔާސީ މީހުންކަމެއް،،
އަދުރޭ މެތްސް
19 July 2023
ގާސިމް ގުނަ ނަޝީދު ގުނަ ނާޒިމް = ނާޒިމް ސައްތާރު
އިސްމާލު 2.0
19 July 2023
ކާސިމަކީ ސުމެއްގެ މީހެއް. ކޮންމެ ނަންބަރެއް ވެސް ސުމަކާ ގުނަކުރީމައި އަންނާނީ ހަމަ ސުމެއް - އިންސްޕަޔަރޑް ފްރޮމް ޕްރެފެސަރ އަދުރޭ.
އަފްރާސިޔާބު
19 July 2023
ތީ އާޓިފިޝަލް އިންޓެލިޖެންސް އިން ނުކުންނަ ފޯމިއުލާއެއް. އެއީ ކާސިމު - ނާޒިމު * ނަޝީދު +އަދުރޭ = 0. މިއޭ ހޯދަން އުޅޭ އެއްޗަކީ.
މިސްޓަރ ޓިނޭ
19 July 2023
ކުރީފަހަރުގެ ފޮމިއުލާ ގަ އޮތީ ބަޣާވާތް . ތިތިބީ ތިން ބާޣީން
އަނީ
19 July 2023
ނާޒިމް ޖޭޕީއިން ވަކިވީމަ ނާޒިމާ ދިމާލަށް ގާސިމް ގޮވޮ އެއްޗެހިތއްކަށް ވީ ކިިހިނެއްތޯ؟
ތިރިކުރާނީއޭ
19 July 2023
ރިޔާސީ އިންތިޚާބަށް ނިކުންނަންވީ ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް އުމަރު ނަސީރު ރަނިންގް މޭޓަކަށް ދެން ކާރނަލް ނާޒިމް ޑިފެންސް މިނިސްޓަރަކަށް ދެން އަންނި ފިނޭންސް މިނިސްޓަރު ކަމަށް ދެން ޔާމީން ޚާރިޖީ ވަޒީރު ކަމަށް މިއުސޫލުން ކެބިނެޓް އެކުލަވާލާ އަދި މަޖްލީހުގެ ބާރު ކަނޑުވާލާ މަޖްލީހުގެ މެމްބަރުންނަށް ހިލޭ ކާންދޭ ދިނުން ކަނޑާލާ އެމެން ވެސް ގަޑިޖެހޭ ގޮތް ހަދާ ނާންނަ މީހުންގެ މުސާރަ ކަނޑާ ގޮތަށް ގަރާރަކުން އެކަން ފާސްކޮށް މަޖްލީސް ވެސް ސައިޒުން ކަނޑާ