ދިރާގުގެ މައި އޮފީސް.--ފައިލް ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
30 ޖެނުއަރީ 2017 - 21:26
ދިރާގުގެ އިންޓަނެޓް ނެޓްވޯކަށް ބަޔަކު ދިން ޑީޑޮސް ހަމަލާތަކުގެ ސަބަބުން އިންޓަނެޓަށް ދިމާވި މައްސަލައާ ގުޅިގެން މި މަހުގެ އިންޓަނެޓް ބިލުން 30 ޕަސެންޓް ޑިސްކައުންޓެއް ދިރާގުން ދީފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ ނެޓްވޯކަށް ބަޔަކު ދެމުން ގެންދިޔަ ޑީޑޮސް ހަމަލާތަކާ ގުޅިގެން މި މަހު ކުރީކޮޅު ގިނަ ވަގުތުތަކަކަށް ހިދުމަތް މެދުކެނޑި، ވަރަށް ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހުނެވެ. އެކަމާ ގުޅިގެން ޑިސްކައުންޓެއް ދޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގުގެ އޮފިޝަލަކު މިރޭ ވިދާޅުވީ މި މަހުގެ އިންޓަނެޓް ބިލް ލިބޭނީ 30 ޕަސެންޓް ޑިސްކައުންޓާ އެކު ކަމަށެވެ. ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް މި ޑިސްކައުންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަނެޓް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރަން ދިރާގުން ވަނީ އެމެރިކާގެ އެންމެ ވަރުގަދަ އެއް ކުންފުންޏާ އެކު މަސައްކަތްކޮށްފަ އެވެ. އެ މަސައްކަތާ އެކު، އެ ކުންފުނީގެ ނެޓްވޯކަށް ދިމާވި މައްސަލަ ގާތްގަނޑަކަށް އެއްކޮށް ހައްލުކޮށްފައިވެ އެވެ.
ދިރާގުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާން އާންމުކުރުމަށް އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސާ ރޮބިން ވޯލްސް ވެސް ވިދާޅުވީ ދިރާގުގެ ނެޓްވޯކަށް ކުރިމަތިވި މައްސަަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމް - ހުޅުމާލެ
31 January 2017
އާޓިކަލް ރަގަޅަށް ކިޔާބަލަ. އޭގައި އެއޮތީ މި (ޖެނުއަރީ) މަހުގެ ބިލުން 30% ކަނޑާދޭނެ ވާހަކަ. އަދި ޖެނުއަރީ މަސް ނުނިމޭ އެހެންވީމަ ކިހިނެއް މިމަހުގެ ބިލް ދައްކާނީ.
ޗިކުސް
31 January 2017
30% ދީފަ އިން ކަމެއް ނޭގުނު ، ގުޅިޔަސް ނުގުޅިޔަސް އަރާފަ އިންނަ އަދަދު އިނީ.
ހުސީ
31 January 2017
ހަމަ ކުރިން ވެސް ދެއްކި ވަރު ދެއްކީ!!!!!
އނ
31 January 2017
ތިޔަ އީ ކަނޑައެޅިގެން ދޮގު.. ރޭގައި ނެޓް ބިލް ދައްކަން ދިޔައިން ... އެއްވެސް މިންވަރެއް ބިލުން އުނިކޮށްފައި ނެތް.. އަދި އިއްޔަ ބިލްގެ މުއްދަތު ހަމަވެއްޖެއޭ ކިޔާފައި ނެޓް ކަނޑާލީ.. ކަނޑާލުމަށްފަހު. އަލުން ގުޅާދެނީ /-100 ރުފިޔާގެ ޖޫރި މަނާކޮށްގެން.. މިދިޔަ މަހުގެ ބޮޑުބައި ދިޔައީ ޚިދުމަތް ނުލިބި.. އެހެންވީމާ، މިހާރު އެހެން ފަރާތެއްގެ ޚިދުމަތް ހޯދުމަށް މިވިސްނަނީ... މުސާރަ ނުނިބެނީސް ބިލު ހަދައިފަ ބިލަށްފައިސާ ނުދެއްކެނީސް ލައިން ކަނޑާލަނީ.. މިއީ ގަސްދުގައި ފައިދާ ހޯދަން ކުރާކަމެއް
ހުސެއެނު
30 January 2017
30 ޕަސެންޓަކުން ނުފުދޭނެ. ލިބުނުގެއްލުން މާބޮޑު..
އާދި
30 January 2017
ދިންތަ މަނުދަނަހުރިން ކުރިންވެސް ދައްކާވަރު ދެއްކީ