ކުޅިވަރު / ނީލާ އަހުމަދު ނަޖީބް

ސަބަބެއް ނެތި ނީލާ ގައުމީ ޓީމުން އެކަހެރި ކޮށްފައި، ބެޑްމިންޓަން އެސޯސިއޭޝަނުން ޖަވާބެއް ނެތް

ނީލާ އަހުމަދު ނަޖީބް: އެއް ވެސް ސަބަބެއް ނެތި އޭނާ ވަނީ ގައުމީ ޓީމުން އެކަހެރި ކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ބެޑްމިންޓަންގެ ލެޖެންޑް، ނީލާ އަހްމަދު ނަޖީބަށް މި އަހަރަކީ، އޭނާގެ ކެރިއާގެ އެންމެ ހާއްސަ އަހަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދެ ފަހަރެއްގެ މަތިން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ހުރީ، މި އަހަރަކީ އޭނާގެ ކެރިއާގެ އެންމެ ފަހު އަހަރު ކަމަށް ދެކިގެންނެވެ.

މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމަށް ފަހު ޝަރަފުވެރި ކަމާ އެކު ރިޓަޔާ ކުރަން ހުރި ނީލާގެ ކެރިއާ އަށް ހިޔަނި އެޅުނީ މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމުން އޭނާ އެކަހެރި ކުރުމުންނެވެ.

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ޓީމު އިވެންޓުން ރާއްޖެ އަށް މެޑަލް ހޯދައިދީ، ގޭމްސް ނިމުމާ އެކު އޭނާ ދެން މަސައްކަތް ފެށީ، މި އަހަރު ބާއްވާ ގޭމްސް އަށް ތައްޔާރުވުމަށެވެ.

އޭރު އޮތް ގޮތުންނަމަ، ގޭމްސް މި އަހަރު ބާއްވާނީ ރާއްޖޭގަ އެވެ. ފަހުން އެ ފުރުސަތު ރާއްޖެއިން ދޫކޮށްލި ނަމަވެސް، އޭރު އޮތީ ރާއްޖެ އަށް ގޭމްސްގެ ބިޑް ކާމިޔާބު ވެފަ އެވެ. އެހެންވެ 2019 ގެ ގޭމްސް އަށް ފަހު ނީލާ ތައްޔާރު ވާން ފެށީ އާދަޔާހިލާފް ޖޯޝެއްގަ އެވެ.

"އެންމެ ފަހުގެ އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] އަށް ފަހު ވަރަށް ބޮޑު އުންމީދަކާ އެކު މަސައްކަތް ފެށީ. އަދި ވަކިން ބޮޑަށް ރާއްޖޭގައި މުބާރާތް އޮންނަގޮތަށް އޭރު އޮތީމަ ވަރަށް އެގްޒައިޓިން ކަމަކަށްވީ އަމިއްލަ ފަސްގަނޑުގައި ކުޅެ މެޑަލް ހޯދަން. އެ ހުރިހާ މޯޓިވޭޝަނަކާ އެކު ނީލާ ދުރާލައި ތައްޔާރުވާން ފެށިން،" ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދި ނީލާ ބުންޏެވެ.

ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ސީނިއާ ކުޅުންތެރިޔާ އަށް ވުމުން، ނީލާ ތައްޔާރުވީ ޓީމުގައި ހުރި އެންމެ ފިޓް ކުޅުންތެރިޔާ އަށް ވެސް ވުމަށެވެ. ޓެކްނިކަލް ޓްރޭނިންތަކުގެ އިތުރުން ފިޓްނަސް ޓްރޭނިންތައް އެހާ ދުރާލައި ފެށި ދެވަނަ އެތުލީޓަކު ނެތެވެ. ގައުމީ ޓީމުގައި ޓްރޭނިންތަކަށް އެންމެ ބަރާބަރު އެތުލީޓަކީ އޭނާ އަށް ވާނެކަން ނީލާ ޔަގީންކަން ދެއެވެ.

"ނީލާ އަށް ހަމަ ގެރެންޓީ ހާޒިރީ އަށް ރެފާ ކުރިއަސް. ފިޓްނަސް އަށް ކޮންސިޑާ ކުރިއަސް ނީލާ ބީޓް ނުވާނެކަން،" ނީލާ ވާހަކަ ދެއްކި އެވެ.

އެކަމަކު ނީލާ ގައުމީ ޓީމުން އެކަހެރި ކުރި އެއް ވެސް ސަބަބެއް އޭނާ އަކަށް ނޭނގެ އެވެ. އެ ސަބަބު ހޯދަން ނީލާ ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް އެ ސިޓީތަކަށް ޖަވާބެއް ނުދެ އެވެ. އެކަމާ ބެހޭގޮތުން މީގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ ބަހެއް ހޯދަން "މިހާރު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަކަށް އެ އިދާރާއަކުން ބޭނުމެއް ނުވެ އެވެ.

އެސޯސިއޭޝަންގެ ވެރިންނާ ވާހަކަ ދައްކަން ނީލާ މަސައްކަތް ކުރި ނަމަވެސް އެކަމަށް އެންމެ އެދެވޭ އިޖާބައެއް ނުލިބުނެވެ. ނީލާ ބުނީ ބީއޭއެމްގެ ރައީސް މުސާ ނާޝިދާ ބައްދަލުކުރަން އެކި ފަހަރުމަތިން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ބެޑްމިންޓަން ކޯޓުގައި އެތައް މެޗަކުން ކާމިޔާބު ހޯދި ކުޅުންތެރިޔާ އަށް. ގައުމީ ޓީމުން އެކަހެރި ވާން ޖެހުނު ސަބަބު ހޯދަން ކުރި މަސައްކަތުގައި ކާމިޔާބެއް ނުލިބުނެވެ.

"ބައްދަލު ނުކުރެވުނު، ދެން ހިތައް އެރީ ސިޓީ ހުށަހަޅައިގެން ޖަވާބެއް ލިބޭތޯ ބަލާނީއޭ. ސިޓީ އަކަށް ވެސް ޖަވާބެއް ނުލިބުނު،" ނިލާ ބުންޏެވެ.

އިންޑޮނޭޝިއާގައި 2018 ގައި ބެއްވި އޭޝިއަން ގޭމްސްގެ ޓީމު އިވެންޓްގެ ކުއާޓާ ފައިނަލަށް ރާއްޖެ ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ނީލާ އަށް ހުރަސްތައް ކުރިމަތި ކުރީ ހަމައެކަނި ގައުމީ ޓީމަކުން އެކަންޏެއް ނޫނެވެ.

ރާއްޖޭގައި މި މަހު ބޭއްވި ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި މިކްސް ޑަބަލްސް އިވެންޓުން ވެސް އޭނާ އަށް ފުރުސަތެއް ނުލިބުނެވެ.

ކުޅިވަރުގެ ލެޖެންޑްރީ ފިގާއެއް ގޮތުގައި ފާހަގަވާ ނީލާ، މަޑުމަޑުން އެކަހެރި ކުރަމުން ދިޔައީ ލެޖެންޑަކަށް ލިބެން ޖެހޭ އެއް ވެސް އިހުތިރާމެއް ނުލިބި އެވެ. އެންމެ ކުޑަ މިނުން އޭނާ އަށް ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރުމުގެ ފުރުސަތު ވެސް ނުލިބުނެވެ.

25 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 69%
icon angry icon angry 10%
icon wow icon wow 7%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަޒީ

22 July 2023

ތިޔަތަން ރަނގަޅުވާކަށް ނެތް. ރަނގަޅުކުރަން އެއްޗެއް ބުނާމީހާ ގޯސްވާނީ. ކޮންމެ ގޮތަކަށް ކަންކުރިޔަސް ހެދޭނެގޮތެއް ނެތް. ވޯޓު ޔަގީންކޮށްގެން ތިބީމަ ނިމުނީ.

The name is already taken The name is available. Register?

ގއުމު

20 July 2023

ތީ ހަމަ ވަކި ބަޔަކަށް ލާރި ގަނޑެށް ދޭން ކުރިކަމެއްކަމާ ބޮޑަށް ވައްތަރީ. ތިޔަ އައިއޯއައިޖީ ގައި ކުޅޭ އެހެން ގައުމުތަކުގެ ފެންވަރު ހުރި ގޮތުން މިހާރުވެސް ރިހި ނޫނީ ރަން މެޑަލް އެބަ ޔަގީންވޭ. އެހާވެސް ފެންވަރު ދަށް ޓިމުތަށް ވާދަކުރާ މުބާރާތެއްތީ. ދެން ވަނައެށް ލިބުނީމަ ނޫސްތަކުގަ މާބޮޑުކޮށްލައިގެން އެވާހަކަ ޖަހާލީމަ ތަންދޮރުނޭންގޭ ދިވެހިން ހީކުރަނީ ވަރަށް ބޮޑު ކާމިޔާބެކޭ. ދެން މަހުލޫފު އަވަސްވެގަންނާނެ ސްޕޯރޓސް އެވޯޑްސްގަ ލައްކައިން ލާރިދޭން

The name is already taken The name is available. Register?

ާއަހުމަދް

20 July 2023

ކޮންމެކަމެއް ވެސް ސިޔާސީކޮށްފަ، ކަންމަތީ ފިހާރައިން، ބެންކުން، ހޮސްޕިޓަލުން، ގޮސް ބެޑްމިންޓަން އެސޯސިއޭޝަން. ތަންދޮރު ދަންނަ ގާބިލު މީހުންގެ ބަދަލުގަ އަބަދުވެސް ރައްޓެއްސެއް ނޫނީ އަނބެއް މިލަނީ ވުޒާރާތަކަށް. ބަލާބަލަ ޓްރާސްޕޯޓް މިނިސްޓްރީއާ އައިލެންޑް އޭވިއޭޝަން އޮތް ހާލު. ދިވެހިންނަކަށް ސިޔާސީ ވުމެއް ރަނގަޅެއް ނޫން، ރަސްކަން ކުރަން ޖެހޭނީ މިތާ.

The name is already taken The name is available. Register?

ހިތަދޫ ހުސެން

20 July 2023

ފުޓްބޯޅަ ކުޅެގެން ނުލިބޭ ހާ މެޑަލް އެބަ ލިބޭ އެހެން ކުޅި ވަރުތަކުން އެކަމަކެ މިހިރީ ކަންކަން ހުންނަ ގޮތް.....

The name is already taken The name is available. Register?

ޢާރ ޔޫ ޓްރާންސް ޖެންޑަރ؟ އޯ ޢެނީ އަދަރ އަލްފަބެޓްސް؟؟

20 July 2023

ޢެހެންވިއްޔާ ގައުމު ރެޕްރެޒެންޓް ކުރާނެ ކަމެއްނެތް ޕްލީޒް. ޢެއީ ވަލިޑް ރީޒަންއެއް ބާކީ ކުރަން. ޑިސިޕްލިން، ސެކްޝުއަލިޓީ، ރިލިޖަން އިޒް އިމްޕޯރޓެންޓް މުސްލިމް ގައުމެއް ރެޕްރެޒެންޓް ކުރަން. ޥެސްޓަރން އޯޕެން މައިންޑެޑް މީހުން ނުރުހުނަސް!!

The name is already taken The name is available. Register?

1348

20 July 2023

ކަލޭ ތިއުޅެނީ މާ ފަހަތުގަ އަދި. މީ 21 ގަރުނު. ވެލްކަމް ޓު ދަ މޮޑާރން އޭޖް. ކިތަންމެ ރުޅިބޭލިޔަސް މިހާރު ދިވެހިން ބޭނުންވަނީ ފްރީޑަމް.

The name is already taken The name is available. Register?

ވޯލް

20 July 2023

ކޮންމެ ކަމެއްގައިވެސް ޒާތީވުމާއި ނާއިންސާފު. މި މިނިސްޓަރ މަހްލޫފް ކުޅިވަރު ކުރިއަރުވާ ގޮތް.

The name is already taken The name is available. Register?

ކެނެޑީ

19 July 2023

ތިއައީ ބައްސާމުގެ ހޯލީ ފޮތުން ކިޔަވައިގެން އުޅޭ އެސޯސިއޭޝަނަކާ ވައްތަރީ

The name is already taken The name is available. Register?

ހުސެންހަސަން

19 July 2023

އޮފީހަކަސް އެހެން،، ސިޔާސީ އައްޑާ ހަދާ ހިޔާލު ތަފާތުވާ މީހުން ބޭރުކުރުން އޮތީ ބޮއްވާފައި

The name is already taken The name is available. Register?

ކ‫ޯބީ ބިން ބިރިޔާނީ

19 July 2023

އ‫ެހެންވެ އަހަރެން ބުނަނީ މަރުޒޫގު ވަރެއް ނެތޭ އެއީ ސުޕަމޭންއެކޭ

The name is already taken The name is available. Register?

ބަތްކައްކާ

19 July 2023

ޢެހެންވީމާ ސަލާމަތެއްނެތްތާ. ޙުރިހާ ތަނެއް ތިހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454