ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުން: މިއީ ހުޅުމާލެ 2 ގައި ހުޅުވި ފުރަތަމަ ޕާކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
26 ޖުލައި 2023 - 20:46
އާބަންކޯ އިން ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވައި ބޭނުންކުރަން މިއަދު ފަށައިފި އެވެ.
މިއީ ހުޅުމާލެ 2 ގައި ހުޅުވި ފުރަތަމަ ޕާކެވެ.
ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުން: އުމުރުން ދުވަސްވީ އަންހެނަކު ބެންޗެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ޕާކު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު އެތަނުގައި ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި އާބަންކޯގެ އިސްވެރިންނާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާންމުން ވެސް ބައިވެރިވި އެވެ.
ފާކު ހެދީ ހިޔާ ފްލެޓްގެ އެޗް5 އިން އެޗް15އާ ދެމެދުގައި އޮތް ހުސް ބިމުގަ އެވެ.
ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުމުން އާންމުން އެތަނުގައި އޮތް ހަރަކާތްތައް ބަލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެތަނުގައި އިށީނދެގެން ތިބެވޭނެ ތަންތަން ވަނީ ހަދައިފަ އެވެ. އަދި ޕާކުގެ ވަށައިގެން އެކި ބާވަތުގެ ގަސްތައް ވެސް ވަނީ އިންދައިފަ އެވެ.
ހިޔާ ފްލެޓްގެ 16 ޓަވަރުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމެލް ހާޑު
28 July 2023
ތިތަނުގަ އެއްވެސް ބައްތިއެއް ނުދިއްލޭ
ޙިނި
28 July 2023
ކޮންކަހަލަ ޕާކެއްތީ. ޢާބަންކޯ މީ ޕާކެއް ޑިޒައިން ކޮއްލަން އެންގޭމީހަކުވެސް އުޅޭތަނެއް ނޫން.
ކޯން
27 July 2023
40 ހާހެއް މީހުންގެ އާބަދީ އެއް އުޅޭ ހިޔާ ސަރަހައްދުގައި 10 ފޫޓް 10 ފޫޓްގެ ކުޑަ ގޮޅިއެއްގައި ގާއަތުރާލާފަ މި ބުނަނީ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް ޕާކެއް އަޅީއޯ!؟ ވޯޓަށް ތިޔަޖަހާ ސަކަރާތުން ކުރާނެ މާބޮޑު ފައިދާއެއް ނެތް. ޙަގީގަތަކީ ހިޔާ ސަރަހައްދަށް މިސަރުކާރުންވަނީ ވަރަށްބޮޑަށް އިހުމާލުވެފަ.
ހަސަންދ
27 July 2023
ތި ޕާކުވެސް ހުކުރު ދުވަހު ފުރާލާނެ ބޭރު މީހުން އައިސް. ތިއީ ދިވެހިންނަށް އެޅޭ ތަންތަނެއް ނޫން. ކުޑަކުއްޖެއް ގޮވައިގެން ތި ހުޅުމާލެ ފޭސް 1 ގެ ޕާކަށް ދޭބަލަ. ލާހިކެއް ނޫން ކުޑަކުއްޖަކު ދުވެލާނެ ތަންކޮޅެއް ހޯދަންވެސް. ކެއުމާއި ބުއިމާއި އެތަނުގަ އޮތީ
4480
27 July 2023
4480*1000=4,480,000
ޙަލީ
27 July 2023
ތީ ޕާކެއްތަ؟ ހުސް ބިމެއްގަ ތޮއްޖެހިފަ ތިބި މީހުން ފެންނަނީ. އާބަންކޯއަކަށް ހިޔެއް ނުވޭތަ އެތަނުގެ އާބާދީއަށް ތި ޕާކު ތަންކޮޅެއް ކުޑަހެން؟ތިކަހަލަ ދެތިން ޕާކު ބޭނުންވާނެ އެވަރުގެ އާބާދީއަކަށް އަސްލު.
ތުއްޕުޅު
27 July 2023
ހާދަ ހަނަފަސް ޕާކެއް އެޓްލީސްޓް ކީއްތަވާނީ ފޫހި ފިލުވަން ތިތާމެދުގަ ޓައިގަރެއް ބޭއްވިއްޔާ
ރާއްޖެ
27 July 2023
ޕާކުން ވެސް ބައެއް 5 އަހަރުން ނިންމާލެވިއްޖެ. އަދި އެއްބައި އެބަ އޮތް ހަމަ އަތް ވެސް ނުލާ.
އެލްވިސް ބުރުސްލީ
27 July 2023
އާބަންކޯއޭ ކިޔާ ޒާތެއްގެ ކުންފުންޏެއް މެދަށްލައިގެން ތިރަށަށް ބައިތުލްމާލު ތަޅާ ބުރުވަނީ ރާއްޖޭގެ އެހެން ރަށްރަށުމީހުނަށް މާބޮޑަށް ރޭކާނުލާނެހެން. މާލޭބަޔަކަށް ގޯތިދޭން ދައުލަތުގެ ބިމެއް ސަރުކާރަށް އެހޯދީ ތިރަށަށް 800 މިލިއަންދީފަ، އަނެއްކާ އެމްއެމްއޭ އިމާރާތެއް އަޅަން ކުޑަބިންކޮޅަކަށް 211 މިލިއަން އެދިނީ، ރާއްޖޭގެ އެހެންރަށްރަށަށް ލިބެނީ ބަޖެޓުގަޖަހައިގެން މެންބަރުން ތަޅާފޮޅައިގެން އަހަރަކު ކިރިއާ ދެތިންމިލިއަން.
ދޮންކަބިލި
27 July 2023
ދެން ިތިތާ ހެދިކާ ވިއްކަންފަށާ...