ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ ބައިނަލްއަގުވާމީ ކުޅިވަރު ކޯޓަށް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު: އެ އެސޯސިއޭޝަންގެ މައްސަލައެއް ކުޅިވަރު އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުން --- ފައިލް ފޮޓޯ

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ، ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހަޅަން ރާއްޖޭގެ ލޯ ފާމްއަކުން ތައްޔާރުވެއްޖެ އެވެ.

ބެޑްމިންޓަން ލެޖެންޑް، ނީލާ އަހްމަދު ނަޖީބު، ސަބަބެއް ނެތި ގައުމީ ޓީމުން އެކަހެރި ކުރި މައްސަލައިގައި އޭނާ އަށް ފުރުސަތު ގެއްލުނު ސަބަބު ހޯދަން ނީލާ ކުރަމުންދާ މަސައްކަތުގައި އެހީވުމަށް ރާއްޖޭގެ "އެސް އެންޑް އޭ ލޯޔާސް" އިން ނިންމައިފައި ވަނީ އެ މައްސަލަ ސްވިޒަލޭންޑް ލޯޒާންގައި ހުންނަ ކުޅިވަރު އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމަށެވެ.

އެސް އެންޑް އޭ ލޯޔާސްގެ ސީނިއާ ލޯޔަރެއް ކަމަށްވާ ޒައިން ޝަހީދު ވިދާޅުވީ ކާސް އަށް އެ މައްސަލަ ގެންދިއުމަށް ގާނޫނީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުޅިވަރު އާބިޓްރޭޝަން ކޯޓަށް މައްސަލަ ގެންދިއުމާއި މައްސަލައިގައި ވަކާލާތު ކުރުމުގެ ގާބިލުކަން އެސް އެންޑް އޭ ގައި އެބަހުރި ކަމަށެވެ.

ނީލާ އަހުމަދު ނަޖީބު: ގައުމީ ޓީމުން އެކަހެރި ކުރި މައްސަލަ އޭނާ އަށް ސާފުކޮށްދީފައެއް ނުވޭ --- ފޮޓޯ: ނިޝާން އަލީ

ގައުމީ ޓީމުން ނީލާ އެކަހެރިކޮށްފައިވާތާ މިހާރު ގާތްގަނޑަކަށް ތިން މަސް ވެއްޖެ އެވެ. ގައުމީ ޓީމުން އެކަހެރި ކުރި ސަބަބު ހޯދަން ނީލާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ވެސް ސިޓީ ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ ފޮނުވި އެއް ވެސް ސިޓީ އަކަށް ޖަވާބެއް ނުދެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނަނީ ނީލާ ގައުމީ ޓީމުން އެކަހެރި ކުރީ ޑިސިޕްލިނަރީ މައްސަލައެއްގައި ކަމަށެވެ.

އެކަމަކު ނީލާ ބުނީ އޭނާގެ މައްސަލައެއް ބެޑްމިންޓަން އެސޯސިއޭޝަންގެ އެއްވެސް ކޮމިޓީއަކުން ވެސް ބެލިކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި އެކަހަލަ އެއްވެސް ކަމަކާ ގުޅޭގޮތުން ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށާއި އެކަހަލަ އެއްވެސް އެންގުމެއް ވެސް އަންގާފައި ނެތް ކަމަށެވެ.

18 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްނަ.

29 July 2023

މަިަކހަލަ ކެންމެ ބޭއިންސާފު ކަމެއްގައި ހައްޤު ހޯދަން ތެދުވާ މީހުންގެ ކުރީގައި އައްޑޫ މީހުން ތިބޭ ތިބުމަކީ އެމީހުން އިންސާފު ހޯދުމަށް މައްސައްކަތް ނުކޮށް ނުތިބޭނެ ކަމާއި ޙައްޤު ހޯދެން އޮތްގޮތަކަށް އެކަން ކުރާނެކަން އިގޭ ކަމެއް. ނީލާ ތިކުރީ ހަމަ ގަދަ ކަމެއް.

The name is already taken The name is available. Register?

ހައްނަ.

29 July 2023

މިކަހަލަ ކޮންމެ ކުރިއެރުމެއްގައި ހައްޤު ހޯދަން ތެދުވާ މީހުން

The name is already taken The name is available. Register?

އިހްސާސް

27 July 2023

ގައުމީ ޓީމުގައި ހުރިހާ އެންމެން ތިޔަ ބީދައިން އަބަދު ތިބެން ޖެހެންޔާ ސުޕެއިންގެ ކުރީގެ ކެޕްޓަން ރާމޯސްވެސް ހުންނާނީ ގައުމީޓީމުގައި އަދިވެސް. އޭނާ އެއުންމީދުގައި ބުރަ މަސައްކަތްތަކެއްވެސް ކުރަނިކޮށް އޭނައަށްވެސް ގައުމީ ސްކޮޑުން ޖާގައެއް ނުލިބުނު.

The name is already taken The name is available. Register?

ޙިލުާލު

27 July 2023

ދެން ދައްތަ ޝީލާ ނަޖީބް އާއެކީ ފިލްމް ކުޅެން ފަށަން ކިހިނެއް؟؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 July 2023

ނީލާ އަހްމަދު ނަޖީބުގެ ހިތްވަރަށް އަދި މިކަމުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާ އެސް އެންޑް އޭ ލޯޔާސް އަށް މަރުޙަބާ ދަންނަވަން. # މިއީ ރާއްޖޭގެ ކުޅިވަރުތަކަށް ޤަބީލާ ތަކުން ވެރިވެގަނެތިބެ އެމީހުންގެ ރަށް ނޫން ރަށެއްގައި އެއްވެސް މެޗެއް މުބާރާތެއް ނުބޭއްވޭގޮތަށް (ފުޓްބޯޅަ، ޓެނިސް، ކްރިކެޓް، ވޮލީ ފަދަ ކުޅިވަރުތައް) ވަސީލަތް ޤާއިމްކޮށްނުދީ ރަށު ލީގަކީ ޤައުމީ ލީގް ކަމަށް ހަދައިގެން ތިބި ތިބުމަށް ނިމުން ގެންނާން ރަނގަޅު ފެށުމެއް.

The name is already taken The name is available. Register?

ދުވާމީހާ

27 July 2023

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޕވޓ ލޓޑ ވެސް ތި ލިސްޓްގަ ޖަހާލަދީބަލަ. ފާއިލް މުންތަގިމް ތޮލާލްގެ ތަރިކަ މުދާ ގަނޑަކަށް މުޅިތަން ހަދައިފި (މި ކޮމެންޓް ޖަހާލަން ކެރޭނެބާ)

The name is already taken The name is available. Register?

ޑޮންޑޮންފުޅި

27 July 2023

ބަލަ ކޮން ކޯޓަކަށްތަ ހުށަހަޅަންވީ ދައުލަތުގެ ކުޅިވަރު ވަސީލަތްތަކުގެ ވަށައިގެން ފެންސްޖަހައި ގޭޓްތަކުގައި ސެކިއުރިޓީ ލޮކް އަލުއައި ހައެއްކަވިޔާަފާރުވެރިންނަާއި އެމީހުންގެ ގުޅުންހުރި ބައެކަށް ނޫނީ ނުވަދެވޭގޮތަށް ހަދައިފަ ހުރިތަންނަނށް އާއްމުންނަށްވެސް ކުޅެލަންދެވޭގޮތަށް ހަދަން

The name is already taken The name is available. Register?

ޢީސާ ފުޅު

27 July 2023

ވަރަށް ދެރަ! ރ.ޔާމީނު ގެ މައްސަލަ ވެސް ނުބެލިގެން އެ އުޅެނީ! އެ މަނިކުފާނު މިހާރު އޮންނަވީ ހުންނަވީ ގާމާދޫ/މާފުށި ޖަލު ކޮޅު ގައި

The name is already taken The name is available. Register?

މްރްސީދާ

27 July 2023

ވަރަށް ރަގަޅު ނިންމުމެއް، އެކްސްކޯ އެއް ނުބާވާތާ 3 މަސް ވެއްޖެކަމަށް ވަނީ. ސަބަބަކީ އަމިއްލަ ގޮތް ބޮޑުވުން…ކަންކަން ނިންމަނީ މޫސަ އާއި ހައިސިޔަތެއް ނެތް އިޔާދު

The name is already taken The name is available. Register?

ކާއްޑަ

27 July 2023

ބައްސާމުގެ މައްސަލަ ބައިނަލްއަގުވާމީ ކޯޓަކަށް ހުށައަޅާނީ ކޮންއިރަކުން؟ މިސުވާލަށް "ސޭވް އެފްއޭއެމުން" ޖަވާބެއްދީބަލަ. ރަނގަޅުވާނެ ސިންގަޕޫރުގެ އާބިޓްރޭޝަން. ޝިޔާމުވެސް ބައްދާލީ އެމީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454