30 ޖުލައި 2023 - 12:59
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ހަމަޖައްސައިފި އެވެ. އެކަން ޕީޕީއެމުން ދެންމެ ވަނީ މީޑިއާތަކަށް ވެސް އަންގައިފަ އެވެ.
ޔާމީން ވާދަކުރައްވަން އެ ޕާޓީން ޓިކެޓް ދީފައި ވިޔަސް އެ މަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ މަގު އަދި އޮތީ ބަންދުވެފަ އެވެ.
ޑރ. ޖަމީލަކީ 2013 ގައި ރައީސް ކަމަށް ޔާމީން ވަޑައިގަތް އިރު އެމަނިކުފާނުގެ ނައިބު ރައީސެވެ. އެކަމަކު، ރައީސް ކަމުގައި ހުންނަވަނިކޮށް ޖުލައި 21، 2015 ގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ނައިބު ރައީސްކަމުން އޭނާ ވަކިކުރި އެވެ.
ޑރ. ޖަމީލްގެ އިތުބާރު ނެތްކަމަށް ޔާމީންގެ ބާރު އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ ޔާމީނާއި ޑރ. ޖަމީލާ ދެމެދު ގުޅުން ގޯސްވެ، ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތްތާ ދުވަސްގަނޑެއް ފަހުންނެވެ. ޑރ. ޖަމީލް ރާއްޖެ އިން ބޭރުގައި ހުންނަވަނިކޮށް، އިތުބާރު ނެތްކަމަށް ފާސްކުރުމާ އެކު، ޔާމީނާ ދެކޮޅަށް ނުކުންނަވައި އަދި މި ސަރުކާރު ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަންގައި ވެސް ޑރ. ޖަމީލް އިސްކޮށް މަސައްކަތް ކުރެއްވި އެވެ.
އޭގެ ފަހުން، ޑރ. ޖަމީލަކީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި މިހާރު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅާ ވެސް މެ އެވެ.
ޔާމީންގެ ނަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމުން ހުށަހަޅަން ނިންމާފައި އޮތަސް އެ މަނިކުފާނު ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލައިފަ އެވެ. އެހެންވެ އެ ހުކުން ދެމި އޮތްހާ ހިނދަކު ޔާމީނަށް ކެންޑިޑެސީ ލިބުމުގެ ފުރުސަތެއް ނެތެވެ. އެ މަނިކުފާނަށް އޮތް ހަމައެކަނި ފުރުސަތަކީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ހަމަވުމުގެ ކުރިން ޖަލު ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ނިމި މިނިވަން ވުމެވެ. އެކަމަކު އެ މައްސަލާގައި ހިމެނޭ ތިން ގަޒިއްޔާގެ ތެރެއިން އަދި ކޯޓަށް ހުށަހަޅާ ނިމުނީ އެންމެ މައްސަލައެކެވެ. އެހެންވެ ވަގުތު އޮއްވައި ހައި ކޯޓުން މައްސަލަ ނިންމޭނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނަފް އިޒް އިނަފް
31 July 2023
ޑރ. ޖަމީލަކީ ދެއަނގައިން ވާހަކަ ދައްކާ މީހެއް. ތި އުޅެނީ އަނެއްކާވެސް ބޮޑިެއްބޯން . ހޭ އަރާ. ކޮއްކޯ. އަވަހަށް ސަލާމަތް ވޭ
ބެއްޔާބެގެ ދަރި
31 July 2023
މިކަމުގައި އުޅެދާނެ މަކަރެއް. އެހެން މީހުންނަށް ފެންނާނީ ޖަމީލް ޖަލަށް ގޮސް ގެންނަ ނޯޓު، އެހެންވީމާ ޔާމީން ކޮންމެ ނަމެއް ޖަހާފައި ދިނަސް ޖަމީލަށް އެ ނަންނަ ޖޭންޖް ކޮށްލެވޭނެ ދޯ. ޔާމީން ނިންމި ގޮތް އެހެން މީހުންނަށް އެނގޭ އިރު އޮންނާނީ ވަގުތު ފާއިތުވެފަ. ލޮލް
ރުމް
31 July 2023
ރިޔާސީ ކެންޑިޑޭޓަކުނެތި ރަނިންމެއިޓެއް މިގަރުނުގެ އެންމެ ބޮޑު ޖޯކު.
ނަމްޒާ
31 July 2023
ޕީޕޢެމްގަ ޖަމީލަށްވުރެ ރަނގަޅު އެތައް ބަޔަކު އެބަތިބި. ތިވީގޮތުން ބާތިލު ވޯޓެއް ލާނީ. ޖަމީލް ބޭނުމެއް ނޫން
ރާއިން
31 July 2023
މަގޭ ވޯޓު ތި ގެއްލުނީ ޕީޕީއެމަށް. ޖަމީލް ކަޑަ
އެލްވިސް ބުރުސްލީ
30 July 2023
ކުރީގަ ޔާމީނު ކުޑަދޮރުން މޫނުފުޅުދިއްކޮށްފަ ހަނާއަޅުއްވާނެ ދެތިންފަހަރަކު، މިފަހަރު ސަޕޯޓަރުންނަށް އެވަރުވެސް ނުފެނި މިކަން މިދަނީ.
ރޯނުބުރިސިންގު
30 July 2023
ތަފާތު!
މުރަނގަތޮޅި
30 July 2023
މިހާރު ދެން އިންޓަރެސްޓް އެލައިންވީ. ކުރިއަށްވުރެ ސީރިއަސްކޮށް މަސައްކަތް ކުރާނެކަމަށް ބެލެވެނީ.
ކުޑަގޮޅި
30 July 2023
މާފުށި ޖަލުތަކުގަ ބަންދުކޮށްފަ ތިބި މީހުންގެ ރައީސަކަށް ޔާމީނު ނައިބަކަށް ޖަމީލު. ދެން މެޑަމް ފާތުންގެ ސޮދަގާތު ފައުންޑޭޝަނުން ޖަލުތަކުގަ ޚިތާނީ ކޭމްޕާއި ޢާއިލީ ބައްދަލުވުންތައް އިންތިޒާމު ކޮށްދޭނެ.
ކަރާސީނު
30 July 2023
ހަމަ ޔަގީނުންވެސް ރިޔާސީ ޓިކެޓް ޖަމީލަށް ނުލިބޭނެވަރު ކުރެވިއްޖެ! ޔާމީން މިނިވަން ނުވެއްޖެނަމަ، ވީޕީއަކަށްވެސް (އެހެން މީހަކަށް ޓިކެޓް ދިނަސް) ނުވެވޭނެ ކަހަލަ އެތިފަހަރެއް އެ ހެދީ.
ވާންޗޯ ބުރޯ
30 July 2023
ވާންޗޯ ބުރޯ މީގެ މާނަޔަކީ ވޯޓު ކަރުދާހުގަ ޕީޕީއެމް ކެނޑިޑޭޓުގެ ނަމަކަށް އޮއްނާނީ ޖަމީލު އޭ. ގައުމުގެ ރައިސް ގައުމުން ބޭރައް ނޫނީ ކުއްލިމަރުވީމަ ކާކު ދެން ވެރިޔަކީ. ނައިބު. މިހާރު އެނގިއްޖެތަ ވާނުވާ މިތާގަ