އެޗްބީއޯގެ މަޝްހޫރު ސީރީޒް "ޔޫޕޯރިއާ"ގައި ފެޒްގެ ރޯލު ކުޅުނު އެކްޓަރު އެންގަސް ކްލައުޑް.
01 އޯގަސްޓް 2023 - 13:01
އެޗްބީއޯގެ މަޝްހޫރު ސީރީޒް "ޔޫޕޯރިއާ"ގައި ފެޒްގެ ރޯލު ކުޅުނު އެކްޓަރު އެންގަސް ކްލައުޑް މިއަދު މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، "ޔޫޕޯރިއާ"ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ރޯލު ކުޅުނު، އުމުރުން 25 އަހަރުގެ ކްލައުޑް މަރުވީ، ކެލިފޯނިއާގެ އޮކްލެންޑްގައި ހުންނަ އޭނާގެ ގޭގަ އެވެ.
އޭނާގެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އޭނާ މަރުވި ގޮތެއް އާއިލާއިން ނުބުނެ އެވެ.
މިދިޔަ ހަފުތާގައި ކްލައުޑްގެ ބައްޕަ ވެސް މަރުވި އިރު، އާއިލާއިން ބުނި ގޮތުގައި، ބައްޕަ މަރުވުމުން ކްލައުޑް އަށް ނަފުސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރި އެވެ.
ކްލައުޑްގެ ފިލްމީ ކެރިއަރުގައި މަސައްކަތް ކުރީ އެންމެ ދެ ފިލްމުގަ އެވެ. އޭނާ މަޝްހޫރުވީ "ޔޫފޯރިއާ"ގައި ކުޅުނު ރޯލުންނެވެ. އެ ސީރީޒްގެ ދެ ސީޒަންގައި ވެސް އޭނާ މަސައްކަތްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިލީ (ޔޫފޯރިއާ ވަރޝަން)
01 August 2023
މި ހަބަރު އަޑުއެހީ ނުހަނު ހިތާމަ އާއެކުގައެވެ. ރެސްޓް އިން ޕީސް