މަޖިލީހަށް ގަރާރު ހުށަހެޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އޯގަސްޓް 2023 - 16:13
ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް ކަނޑައަޅައި އެމެރިކާއިން ނެރުނު ލިސްޓުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
އެ ގަރާރުގައި ބުނީ ޓެރަރިޒަމަށް އެހީވާ މީހުންނާއި ކުންފުނިތަކުގެ ލިސްޓު އެމެރިކާއިން ނެރުމުގެ ކުރިން، މެއި 6، 2021 ގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރެވުނު ކަމަށެވެ. އެ އިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރެކޮމެންޑޭޝަންތަކެއް ހުށަހަޅާފައިވާއިރު، އެ ކަންކަމަށް އަމަލު ކުރެވިފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ގަރާރުގައި ބުންޏެވެ.
އެމެރިކާ ސަރުކާރު ނެރުނު އެ ލިސްޓަކީ ރާއްޖޭގެ ނަމަށާއި އިގުތިސާދަށާއި ދިވެހިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށް ފަހު އޭގެ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.
މި ގަރާރު ހުށަހެޅީ އެކަންކަން މަޖިލީހުން ބަލައި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް ވެސް ބުންޏެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދުކޮށް ޓެރަރިޒަމަށް ފަންޑުކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު "މިހާރު" އަށް ވިދާޅުވީ އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ވަކިވަކި ފަރުދުންނާއި ކުންފުނިތައް ހިމެނޭއިރު، އެ ފަރާތްތަކާ މެދު ރާއްޖޭން ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ފުރިހަމައަށް ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ، އެކަމުގެ އެސެސްމަންޓެއް ފުލުހުން އިސްވެ ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ތަސްނީމް
08 August 2023
ނާޒިމްއަކީ ދިވެހިން ބޭނުންވާ ފަދަ ހިންގުންތެރި ވެރިއެއް. ދިވެހި ޤައުމު ސަލާމަތްކުރަން ބޭނުންވަނީ ނާޒިމްފަދަ ޤައުމީ ފަހުލަވާނެއް
މިސްޓަރ ޓިނޭ
03 August 2023
މީނާ އަރުތޫރު ބުރަދަރސް ގޮވައިގެން އުޅުނުގޮތް ވެސް ތަހުގީގު ކުރަން ފެނޭ
ބަރުބަރީ ރަސްގެފާނު 3
03 August 2023
އެމެރިކާ މީހުން އިޒުރޭލުގެ ޓެރަރިސްޓުންނާ ބެހޭ މައުލޫމާތު އާންމު ނުކުރަނީ ބަލަ ކީއްވެތަ ހުޅަނގަށް ތާއީދު ކުރާ ކޮސް ދިވެހީންނޭ؟ އިޒުރޭލެއް އުފެދުނީވެސް ޓެރަރިސްޓް ޖަމާއަތަކުން. އައިއެސްއައިއެސް އިޒްރޭލުން އުފެއްދީ ކަޅު ދިދަ ލަޝްކަރަކުން މުސްލިމުން މޮޔަ ހެއްދުމަށް. ދެން މިތާ މިތިބަ ހުޅަނގު ސަޕޯރޓަރުން ބުނާނެ އިޒުރޭލުގެ ޒައަނިސްޓުންނަކީ މާތް ބައެކޭ. ޢެމެރިކާގެ ޒައަނިސްޓުން އިރާގު، ލީބިއާ، ސީރިއާ ދުއްވާލާ އެގައުމުތަކުން ތެޔޮ ވަގަކަށް ނޫނޭ ނަގަނީ.
ރަދީފްއޮފިޝަލް
02 August 2023
ފުލިހުން އެސެސްމަންޓެއް ހަދާކަން ނާޒިމަށް އެގިގެން އެކަން އާއްމުވުމުގެ ކުރީގަ މަމޮޅޭ ހެދެންވެގެންދޯ މިއުޅުނީ.
އަން
02 August 2023
އެބަ ހަދަން ދެއްތޯ؟
ބަރުބަރީ ރަސްގެފާނު 2
03 August 2023
ބަލަ ފުލުހުންނޭ ތި ނަންތަކެއް ދިނީ މަބޮޑޭވާން އެމެރިކާނުންނަށް. ބޯމަތިން ކާޅެއް ދިއަސް އެއީ ސިޔާސީ ވާދަވެރިއެއް ކަމަށް ބަލާ ގޮވުނުހާ އެއްޗެއް ގޮވާތި އަދިވެސް. ތިއުޅެނީ ކަންކަން އޮންނަ ގޮތާ ކުޅި ހިނގާމަގުވެސް ނޭނގިގެނޭ.
ކަޑަ
02 August 2023
ދޮންމީހުން ރުސަން
ބަރުބަރީ ރަސްގެފާނު
02 August 2023
މުސްލިމުން ނަކީ ޓެރަރިސްޓުންކަން ސާބިތު ކުރާން ބާރު ލިބިދޭ ކަންކަން ކުރުމަކީ ރަސޫލް ސައްލައްﷲ އަލައިހި ވަސައްލަމްގެ މުޅި އުއްމަތަށް ހިޔާނާތްތެރިވުން. އަނިޔާވެރިވުން. ގައުމުގެ ތެރޭގަ އުޅޭ އެފަދަ މީހުން އިސްލާހުކުރުމަކީ ދައުލަތުގެ ޒިންމާއެއް. މީ 370،000 ދިވެހީން އުޅޭ ގައުމެއް. އެހާ ބައިބޯތަނެއް ނޫން. ގައުމުގެ ބަލިކަށި މައުލޫމާތުތައް މުސްލިމުންގެ ދުޝްމަނުންނަށް ދޭ މީހުންނަށް ގާނޫނަކުން ބޮޑު އަދަބެއް ދޭންޖެހޭނެ. ހުޅަނގުގެ ސަޕޯޓަރުން މޮޔަވާންވީނު!
ކުޑަހެންވޭރު ރައޫފް
02 August 2023
އާލިފް ރައޫފަކީ މާތް އުސްތާޒެއްތަ ؟
ރަދީފްއޮފިޝަލް
02 August 2023
ހީވަނީ މި ބަރުބަރީ ރަސްގެފާނުވެސް މީ ޓެރަރިޒަމަށް ހިއްވަރުދޭ މީހެއްހެން.
ކުޑަބޯ
02 August 2023
މި 100 ޕަސަންޓު މުސްލިމުން އުޅޭ ގައުމެއްގާ މީހުން މަރާ މީހުންނާ ކުޑަކުދިންނަށް ޖިންސީ ހާނިއްކަދޭ މީހުންނާ ވައްކަންކޮށް ފޭރޭ މީހުންނާ މަސްތުވާތަކެތި ވިއްކާ މީހުންނާ ބޭނުން ކުރާ މީހުން އެހާ ގިނަ! އެކަމަކު މިގައުމުގަ ޓެރަރިސްޓުންނެއް ނޫޅޭނެ ޔޯ!
ތިޔަ ދަތުރު އުދަނގޫވާނެ
02 August 2023
ތިޔައީ އެމެރިކާ ކުތިމަތީގަ ވައި ބޮޑުވާން ސީދާ ދިވެހި ފުލުހުން ދިން މައުލޫމާތެއް. ގައުމެއް ހަލާކުވަނީ އެބައެއް އަމިއްލަ އަށް ބޭރު މީހުންނަށް ގައުމުގެ ކަންކަން ހިއްސާކުރުމުން. ޚާއްސަކޮށް ހުޅަނގު މީހުން. މިއަދުގެ ޗައިނާ/ރަޝިއާ - އެމެރިކާ/ނޭޓޯ ގެ ޖިއޯޕޮލޮޓިކްސްގެ އަނދަވަޅަކަށް މިފަސްގަނޑު ނަހަދަމާތޯ! ތުރުކީ އުސްމާނުގެ އޮޓޮމަން އެމްޕަޔާރ ވިއްސިވިހާލިވެ އެގައުމަށް މިއަދު ޖެހިފައެވާ ކަންކަމާމެދު ނުވިސްނަނީ ކީއްވެ މުސްލިމުންގެ ގޮތުގަ ތިބެ؟ ސިކުނޑި ނެތީ؟
ހުޅަނގު
02 August 2023
ކޮސްނުގޮވާ. ތިއޮށް ހުރިހާވާހަކައެއް ދަށްކާނިމުން އިރު ދިވެހި ޓެރަރިސްޓުންނާ ބެހޭގޮތުން ބަހެއް ނުބުނެވުނު. ހީވަނީ ކަލޭވެސް ތިއުޅެނީ އެފަޅީގަހެން ބޮޑަށް!