ޔާމީންގެ ކެންޑިޑެސީ އާ ގުޅޭގޮތުން އިއްޔެ ބޭއްވި އަޑުއެހުމުގެ ކުރިން ޑރ. މުއިއްޒު ސުޕްރީމް ކޯޓު ބޭރުގައި. --ފޮޓޯ: މިހާރު
05 އޯގަސްޓް 2023 - 15:10
އަންނަ މަހުހެ 9 ގައި ބާއްވަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޔާމީން، މުއިއްޒުގެ ކާމިޔާބީ އަށް މަރުހަބާ ވިދާޅުވިއިރު، ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އިއްޔެ އޮތެވެ.
ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ދޭން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގަ އެވެ.
ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި އިންތިޚާބަށް މުއިއްޒު ނެރުއްވަން ނިންމެވި ނަމަވެސް، މުއިއްޒަކީ މިހާރު "ޕްލޭން ސީ" ކަމަށް ޕީޕީއެމުން އިއްޔެ ސުޕްރީމު ކޯޓުގައި ވަނީ ބުނެފަ އެވެ.
ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.
އޭގެފަހުން މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) މިއަދު ހަމަޖައްސަވައިފަ އެވެ.
އަދި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ އޭނާ އަކީ "ބެކްއަޕް" ކެންޑިޑޭޓު ކަމަށާއި އަދިވެސް އުއްމީދު ކުރައްވަނީ ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.
ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ މައްސަލާގެ އަޑުއެހުންތައް އިއްޔެ ހަވީރުން ފެށިގެން ރޭގަނޑު ވެސް ކުރިއަށް ގެންގޮސް ވަނީ ނިންމާލައިފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންޑީ
06 August 2023
ތީނާ ނަހަދާނެ އެއްވެސް ތެދެއް ތިޔާ ޑރ.ދޮގުމުއިއްޒު ...
ކެޔޮޅުބެ111
06 August 2023
މުއިއްޒު ތަފާތު ދައްކާނެ...!
ވިސްނާފަ
05 August 2023
ޔާމީން ވިސްނަވަންވީ ޕޕ އަށް އޮތް ހަމައެނި ވިނިންގް ފޮމިއުލާ އަކީ މުއިއްޒު. ވަހީދުވެސް މަށައް އޯކޭ އެކަމަކު އެތައްހާސް މީހުންގެވޯޓް ޔާމިންވިދާޅު ވިޔަކަސް ނުލިބޭނެ. މުއިއްޒުގެ ފަރާތުން އޮތްނުރައްކަލަކީ ދެވަނަޓާމެއް ކުރަންއުޅެފާނެތީ. ޕާޓީޔައްޓަކާ މަނިކުފާނުވެސް ހަޤީޤަތް ޤަބޫލު ކުރައްވާ،ރިސްކް ނަންގަވާ ވައްސަލާމް!
ބައިރޯ
05 August 2023
ގޭމު ޖައްސާފަ މުއިޒް ޕީ.ޕީ.އެމުން ބޭރު ކޮއްލީ ނޫން އެވަރުވެސް ނެއެގޭ
ޝީޒާ ހަނީދް
05 August 2023
ބޭނުންވަނީ މުއިއްޒް . މިނޫން މީހަކަށް ނުދޭތި ޓިކެޓް.
ސުވާދު
05 August 2023
މަގޭ ހިތަށް އަރާ މުއިއްޒް ނޫން މީހަކަށް ޓިކެޓް ދޭން މީހުން މިއުޅެނީ ކީއްވެހޭ. ގައިމު އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީ ބަލިކުރި އޭނަ. ދެން އެހާ ތާއިދު އޮބައޮތް
އިޒާކް
05 August 2023
ޔާމީންއަށް ވިސްނޭނެ ކަމަށް ހީކުރަން. ބޭނުންވަނީ ވިނިން ކެނޑިޑޭޓެއް. އެކަން ވަނީ މުއިޒް އަށް
އައިމަން ތައުފީގު
05 August 2023
މުއިއްޒް ނޫން މީހަކަށް ނުދޭނަން ވޯޓެއް. ސާފް
އަސްނާ
05 August 2023
އިތުރު 5 އަހަރު ނަގުމަތިވާކަށް ބޭނުމެއް ނޫން. ބޭނުންވަނީ ވެރިކަން. މުއިއްޒް އަށް ބުނީ ނެތް ޕީޕީއެމްގެ ވެރިކަން ލިބޭނެ.
އަފްނާން.
05 August 2023
ޝުކުރިއްޔާ ރޔ. މުއިއްޒް ލައިގެން ވެރިކަން ލިބޭނީ