ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އާއި އެ ޕާޓީގެ ބައެއް މެމްބަރުން: އެންގިފައިވާ ގޮތުގައި އިލްޔާސްގެ ފޯމު ފާސް ނުވީ އިންތިހާބީ އެޖެންޓުގެ ސާބިތު ދަރަންޗެއް ނިންމާފައި އޮތްކަން އެނގެން ނެތުމުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
07 އޯގަސްޓް 2023 - 00:22
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު މިރޭ ފާހެއް ނުކުރެވުނެވެ.
އެނގިފައިވާ ގޮތުގައި އިލްޔާސްގެ ފޯމު ފާސް ނުވީ އޭނާގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުންނެވެ.
އަދި އެކަމުގެ ލިޔުން ހުށަހަޅަން އީސީން އެދިފައިވާ ކަން އެނގިފައިވެ އެވެ. އެކަމަކު އެކަމާ ގުޅިގެން އިލެކްޝަން އަދި އެ ޕާޓީގެ ބަހެއް ނުލިބުނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން މިއަދު ފޯމު ހުށަހެޅުއްވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ލީޑަރު، މުހައްމަދު ނާޒިމްގެ ކެނޑިޑޭސީ ފޯމު ބަލައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު،…
— Ismail Habeeb (@IsmailHabeeb) August 6, 2023
ރައީސް ސޯލިހާއި ނާޒިމު ވެސް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ މިއަދު އެވެ.
އަންނަމަހު ނުވަ ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ހަތަރު ޕާޓީއަކުން ފޯމު ހުށަހަޅާފައި ވެ އެވެ. އެއީ ރައީސް ސޯލިހާއި ނާޒިމް އަދި އިލްޔާސްގެ އިތުރުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.
ފޯމު ހުށަހެޅުމުގެ ވަގުތު މާދަމާ މެންދުރު 2:00 އަށް ހަމަވާއިރު، އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ބައެއް ބޭފުޅުން އަދިވެސް ކެންޑިޑެސީ ހުށަހަޅާފައެއް ނުވެ އެވެ.
އޭގެތެރޭގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނިވަޑައިގަންނަވަ އެވެ.
މީގެއިތުރުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެދިވަޑައިގަންނަވާފައިވީ ނަމަވެސް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މާދަމާ ހެނދުނު ހުށަހަޅުއްވާނެ ކަން އެނގިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިރޭގު
08 August 2023
އީވާ ހަމަ ތިގޮނޑިއަށް އެންމެ ކަމުދަނީ.
ވަރަބިންދާލި
07 August 2023
މިގައުމުގަ 18 އަހަރުން މަތީގެ ގިނަ ޒުވާނުން ނަކީ ލޯނެއްގަ ، ލޯނު ނުދެއްކިވާސާބިތު ދަރަންޏެއް އޮތް ޒުވާނެއް . ކިޔަވާތީ ދަރަނި ވެރިވެފަވާޒުވާނެއް . ގަވާއިދުން ނުދައްކާޒުވާނުން ވެސް ތިބޭނެ . ރަނިންނަށް ރައިސްކަމަށް ވެސް ކުރިމަތި ލުމުގެ ފުރުސަތެއް މިއަދުގެ ޒުވާނަކަށް ނެތް . އިންތިހާބީ އެޖެންޓަކަށް ވެސް ނުވެވޭ. ސަލާމަތުން ތިބި އެކަކުވެސް ނެތް އިރު ދަރަންޏާއަޅުވާހައްޤު ގެއްލެން ވެއްޖެ ނަމަ ހޯދުން ކޮޅުން ނުލާނެ .
ރަންރީދޫ ޓުވިޓަރޭ
07 August 2023
ރޫޅެނީ.....ރޫޅެނީ.....ރޫޅިއްޖެ.... ޕަކާސް ޕަސް
ވަރަބިންދާލި
07 August 2023
އިލްޔާސަށް ވެސް ކުރިމަތި ނުލެވޭގޮތް ހެދީމަ އައްޑޫއިން ލިބޭވޯޓް ގިނަވާނެ .
ސުލް
07 August 2023
އޭނައަކަށް އައްޑޫއަކުން ނެތް ތާއީދެއް. މެންބަރަކަށަ ހޮވޭ ހިސާބުން ކެމްޕޭނު މެނޭޖަރު ގުޅިޔަސް ފޯނު ނުނަގާ އަބަދު އީވާ ފަހަތުގަ އެނބުރޭ މީހެއް. ދެން ކޮން ވޯޓެއް.
ވަރަށް ދެރަ
07 August 2023
ސުލް އަށް . ތާއީދު ނެތަސް މިހާރުވެސް އައްޑޫގޮޑިއެއް ތަމްސީލު ކުރާމެންބަރެއް .އައްޑޫމީހުން ވަތަނީ ބައެއްކަމަށް ދައުވާކުރާއިރު އައްޑޫދަރިއަކު ރައީސަކަށް ހުންނަވަން ބޭނުން ނުވަނީ ؟