އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމް މުއިއްޒު ހުށަހެޅުއްވުން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
07 އޯގަސްޓް 2023 - 11:45
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުކުރެއްވުމާ ގުޅިގެން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ކޯލިޝަން ލީޑަޝިޕުން މިއަދު މަރުހަބާ ކިޔައިފި އެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމަށް ފަހު މިއަދު ހެނދުނާ ހަމައަށް ވެސް ޔާމީންގެ ވިސްނުންފުޅު ހުރީ ދެ ޕާޓީން ވެސް އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. އެއާއެކު މުއިއްޒުގެ ފޯމު ހުށަހެޅުމާމެދު ވެސް ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް ހުއްޓެވެ.
ނަމަވެސް މިއަދު ހެނދުނު މުއިއްޒާއި ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވަނީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގެ އަށް ވަޑައިގެން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އޭނާގެ އަރިހުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވެސް ވަޑައިގަތެވެ.
ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައި ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ފުރިހަމަ ތާއީދާ އެކު ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ ވިސްނުންފުޅު ބަދަލުކުރެއްވީ އެއީ ރައްޔިތުން ދެކެ ލޯބިވާ ރައީސަކަށް ވާތީ ކަމަށެވެ.
"ޕީޕީއެމްގެ ބިޔަ ލަޝްލަރު ފޫގަޅައިގެން މި ނުކުތީ އެ ދެ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރަން،" މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައި ޣައްސާން ވިދާޅުވި އެވެ.
މުއިއްޒާއި ހުސައިން އަށް ތާއީދުކުރައްވާ ކަން ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖެއްސެވި ޔާމީންގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މިއަދު ހެނދުނު ހާމަކުރެއްވި އެވެ.
"އެންމެ ރަނގަޅު ގޮތަކީ ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރުން، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައި،" ޖަމީލު ވިދާޅުވި އެވެ.
މުއިއްޒު ވާދަކުރުމާމެދު ޔާމީންގެ ވިސްނުންފުޅު މިއަދު ބަދަލުކުރެއްވީ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެންޑޯޒް ނުކުރައްވާނެ ކަމަށާއި ޕީޕީއެމާއި ޕީއެންސީގެ އެއްބަސްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް އިއްޔެ ދެއްވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނާލް
09 August 2023
ރަނިންގމޭޓޫ ކަމަކު ނުދޭ! ޕޕމ ގައި އެއައްވުރެ ހަރުދަނާ ގާބިލު މީހުނަ އެބަތިބި. މުއިއްޒު އަށް ދޭން ނިންމާފަ އޮތް ވޯޓު ކެންސަލް!
އަންނަނީ އަންނަނީ
08 August 2023
އެއޮށް ރީތި މިނިވަން ދިވެހިރާއްޖެ އަށް ދާން މިރޭން ސުރެ ދަތުރު ފަށްޓަވަން ހިންގަވާށޭ. ޖަޒީރާ ރާއްޖޭގެ ކެހިވެރި ވަބާގައި އަނެއް ފަސް އަހަރު ވޭތުނުވަނީސް ޚަރާބާ މުއިއްޒު 2023
އަސޭލ
07 August 2023
މުއިޒު ރައީސްކައް ވީމަ މޭޔަރަކައް ހުރެ މަގުމަތީ ނުނަގާ ހުރި ކުނިތަކައް ކިިނެއް ހަދާނީ، ކާކު މިޔައް ޒިންމާވާނީ؟؟
ޓިން ޓިން
07 August 2023
މުއިއްޒުވެރިކަމެއްގާ ވެމްކޯ އޭނާގެ ބާރުގެދަށަށް ގެންނާނެ. މޭޔަރަށްވެހުރެ ނުކުރެވުނު ކަންތައް ވެރިކަމާ ހަވާލުވެވިއްޖެނަމަ ކުރާނެ.
ފިކުރޭ....
07 August 2023
ސާބަސް މުއިޒު ގަދަކަމުން ޔާމީންގެ މަރުހަބާ ހޯއްދެވުނު ބޭފުޅެއް ތިނޫނީ ނުހުންނާނެ، ގަބޫލުކުރަން ވިސްނުންތެރިކަމާއިއެކް އުދަބާނީގެ ތެރެއިން ސަލާމަތްވެވަޑައި ގަންނަވާނެކަމަށް...
ހަކުޅި
07 August 2023
"ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ ވިސްނުންފުޅު ބަދަލުކުރެއްވީ އެއީ ރައްޔިތުން ދެކެ ލޯބިވާ ރައީސަކަށް ވާތީ ކަމަށެވެ" އެހެންވެ ދޯ މުޢިއްޒު އަށް ފޯރމް ލިއެނުދޭންވެގެން 2 ޕާރޓީގެ ތަތްގަނޑު ޔާމީންގެ އޯރޑަރަށް ފޮރުވާފަ ހުއްޓާވެސް މުޢިއްޒު ފޯރމް ގޮސް އީސީއަށް ލާންޖެހުނީ ، ނަސީބަކުން މުޢިއްޒުއޮތީ ފޯރމްގައި ތަތްގަނޑު ޖަހާފަ މާކުރިން، ހަކުޅި ކުރީގައި މުޢިއްޒުހުރީ
ދަނޑި މޮކްރެޓްސް
07 August 2023
ނުކިޔާ ކީއްހޭ ކުރާނީ! ކަލޭމެން ޔާމީނު ބުނާ ހުރިހާ ގޮތެއްހަދައިގެން ތިއްބަސް ޕާޓީގެ ޢާންމު މެމްބަރުން މިހާރު ޔާމީނަށްވުރެ ތާއީދު ކުރަނީ މުއިއްޒުއަށޭ! ސެނެޓުގައިވެސް ތާޢީދު އޮތީ މުއިއްޒުއަށޭ! ކަލޭމެން ހައެއްކަ މީހުން ޔާމީނު ކިޔާލަ ކިޔާލާ ތިބޭ ދެން!
އަންދަލޫސިޔާ
07 August 2023
މުޢިއްޒުއާ ގޭންގުސްޓާ ސްޓައިލްއަށް ޖެހިގަންނަށް އުޅެން ޔާމީނު އަށް މުޢިއްޒު ނޭނގެނީ. މުޢިއްޒު ކޮންޓްރޯލްކުރާ ކުދިން މާ ނުލަފާވާނެ. މުޢިއްޒު ހޮވިއްޖެނަމަ އަނިޔާވެރިކަން އަނބުރާ އިއާދަވާނެ!
އިބްރާ1
07 August 2023
މުއިއްޒު ގަދަ. ޔާމީނު ސައިޒުކޮށްފި. އަދުރޭމެންހެން ޔާމީނުއަށް މުއިއްޒު އާދެ އާދެ ނުކިޔާނެ.