ފަހި ދިރިއުޅުމުން ހަދާ ބައެއް ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: މިތަނުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 އޯގަސްޓް 2023 - 20:11
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާންކުރަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކާމާލުއްދީން މިރޭ "މިހާރު" އަށް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް މާދަމާ އިއުލާން ކުރުމަށް ފަހު، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
"އެ އަށް ފަހު އޮންނަ ޕްރޮސީޖާގެ ތެރެއިން އެހެން ކަންކަން ވެސް ކުރިއަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ފަހި ދިރިއުޅުމުން ހަދާ ބައެއް ޓަވަރުތަކުގެ ތެރެއިން ޓަވަރެއް: މިތަނުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފަހި ދިރިއުޅުން ކޯޕަރޭޝަނުން 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަށް ޓަވަރުގެ މަސައްކަތް ނިންމާލުމެވެ.
ފްލެޓަށް އެދި ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.
ސަރުކާރުން ފްލެޓް ލިސްޓު އިއުލާންކުރަން ތައްޔާރުވީއިރު، މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވަނީ މާލެ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް އިއުލާނުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ އަލިބެއްޔާ
08 August 2023
މުޅި ހަޔާތް މި މާލެއަށް. "ކަލޭމެންގެ ރަށަށް ދާންވީނު" ވިސްނަންވީ ރަށުގައި އަހަރުންނަށް ވަޒީފާގެ ފުރުސަތު ލިބި، ރަނގަޅު ތަޢުލީމާއި އެކަށީގެންވާ ސިއްޙީފަރުވާ އާއި ހިންދެމިލައިގެން އުޅެވޭނެ ދިރިއުޅުމެއް ލިބޭ ނަމަ މާލޭގައި އުޅޭނެތޯ؟؟؟ އަހަރުމެން ކިރިޔާ އެކަނި އުޅެވޭ ވަރުވާ އިރަށް މަޖުބޫރު ވަނީ މާލެ އަންނަން.. ސިޔާސަތު ބިނާ ކޮށްފަ އޮތީ މާލެއަށް ލެނބިގެން އަބަދަށް ތިބެން ޖެހޭ ގޮތަށް. މާލޭ މީހުންނާއި އަހަރުމެން ތަފާތުކުރުމުގެ ސިޔާސަތަށް ވޯޓެއް ނުދޭނަން.
މުޅޯށި
08 August 2023
ލިބުނުކަމަށް ތި ލިސްޓުގަ އިނަސް އެގްރީމެންޓު ސްޕރީމްކޯޓުގަ ރެގިސްޓްރީކޮށްފަ ނެތއިޔާ ނުދޭނަން.. އޭރުން ަބަދުވެސ އިތިކޮޅޭމެން އައިސް ލިބުނު ބަޔެއްގެ ހައްޤު ފެލައިލާނެ. މީ ދެން މަށަށް ހީވާ އެއްޗެއް... މިއަދުވެސ ތަންތަން އަލަށް ހަދާވާހަކަ ދައްކާނެކަމަށޤ ބެލެވެނީ.. އަބަދުވެސް ވެރިކަމުގޔާއި ވަށްއަިގެން މިތިބެނީ އެނގޭތޯ.... މިކަން އެއްވެސް ރައްޔިތަކު ހަނދާން ނައްތާލއިގެން ނުވާނެ.
ޑރ. ރާމީ ޙަސަން މަނިކު
08 August 2023
ބްލެކްމެއިލް ކުރުމަކީ ޤާނޫނީ ގޮތުން ކުށެއް. ލިސްޓް ގައި ހިމެނުނަސް، ގޯތި ލިބެން އަންނަނީ ރައީސް ސޯލިޙަށް އަށް ވޯޓް ލައިގެން، ތިމައްނަ ހޮވުނިއްޔާ އޭ ބުނުމަކީ ރައްޔިތު މީހާ ގެ ވޯޓުން ބްލެކްމެއިލް ކުރުން. މިއީ މަކަރާއި ހީލަތު ގެ ގޮޅި އަކަށް ފެތޭނެ ކަމެއް. ދެން އައްނަ ސަރުކާރަކުން ގޯތިދޭން ބޭނުން ނަމަ، މި ލިސްޓް ގައިވާ ނުޙައްޤުން ހިމަނާފައިވާ މީހުން ކެންސަލް ކުރަން ޖެހޭ!
ގަބުޅިބޯ
08 August 2023
ނެރެނީ ހުސް ލިސްޓް. ގޯތި ލިސްޓް. ފްލެޓް ލިސްޓް. ޔަޤީން އެއްކަމެއް އޮވޭ އެއީ 5 އަހަރުތެރޭ 70 ބިލިޔަންއާ ގާތަށް ދަރަނި ނަގައިފިކަން.
ކުލީއަޅުވެތިކަން
08 August 2023
މަޖިލިސް މެމްބަރުން މެދުވެރިކޮށް ބަހާލީ. އެކަން އެނގިގެން މެމްބަރަށް ގުޅާލީމަ ބުނީ މިހާރު މާ ލަސްވެއްޖެކަމަށް، ސްލޮޓްތައް ފުލްވެއްޖޭ ދެން ގޮތެއް ހެދެން ނެތޭ. އަހަރެން މާލޭ ގައި ގަނަ ތެޅޭތާ 18 އަހަރު މި ވީ. އަދާކުރާ ވަޒީފާ ގެ ގޮތުން ނެތް އެހެން ތަނަކަށް ދެވޭކަށް ވެސް.
ބަބޫ
08 August 2023
ގުޑް މޯނިން. މިއޮތީ މިދުވަހަށް އިރު އަރާފަ.
މޯޑް
08 August 2023
ފުލެޓް ދޭށްވީ ހަރުދަނާ ވަޒީފާ ތަކުގަ އުޅޭމީހުންނަށް. ވަޒީފާ އަދާކުރާތަނުން ފުލެޓަށް ވައި ބާ މުސާރައިން ކެޑީމަ ސަޅިވާނެ.
ޢެމެރިކާ
08 August 2023
ފްލެޓް ދިނަސް ނުދިނަސް ވޯޓެއް ނުދޭނަން. އެމްޑީޕީ އައުޓް. ގައުމައް ގައްދާރުވެއްޖެ
އަންނަނީ އަންނަނީ
08 August 2023
އެއޮށް ރީތި މިނިވަން ދިވެހިރާއްޖެ އަށް ދާން މިރޭން ސުރެ ދަތުރު ފަށްޓަވަން ހިންގަވާށޭ. ޖަޒީރާ ރާއްޖޭގެ ކެހިވެރި ވަބާގައި އަނެއް ފަސް އަހަރު ވޭތުނުވަނީސް ޚަރާބާ މުއިއްޒު 2023
އޮނަރަބްލް އަފީފު ދީދީ
08 August 2023
ވެރިކަމުގައި ހުންނެވިބޭޅާއަށް އޭނާގެ ވެރިކަމުގައި ކުރާނެ ކަންކަން ކަނޑައެޅެނީ އޭނާގެ ވެރިކަމުގެ ޤާނޫނީ މުއްދަތުގެ ތެރޭގައި. # އެހެން ކަމުން ވަޒީރު މާތޮޑާ އަސްލަމް ވާހަކަ ދައްކާއިރު އޭނާގެ ވަޒީރު ކަމުގެ އިމުން ބޭރު ވާހަކަތަކެއް ދެއްކުމަކީ (11 ނޮވެމްބަރު 2023ގެ ފަހުގެ ތާރީހުގެ ވާހަކަ) އަޙްލާޤީ ޤާނޫނީ އިމުން ބޭރު ލަދުވެތި ވާހަކަ ތަކެއް. ބޭޅާމެންނަކީ މިދެންނެވި ތާރީޙަށް ވެރިކަމުގެ އަޖަލުގައި ތިބި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބައެއް އިގޭތޯ.