ފުލުހުންގެ ނަމޫނާ އެޕާޓްމެންޓް: ފުލުހުންގެ ހުރިހާ ފްލެޓެއް ވެސް ހުންނާނީ މިކަހަލަ ގޮތަކަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
28 ނޮވެމްބަރ 2022 - 14:31
ހުޅުމާލެ 1 ގައި މީގެ ނުވަ އަހަރު ކުރިން އިމާރާތްކުރަން ފެށި ފުލުހުންގެ ފްލެޓުތައް މި އަހަރު ނިންމަން މި ސަރުކާރުން ކުރިން ކަނޑައެޅިޔަސް އެ ތާރީހަށް ދެން އެ ކަން ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރީ އެވެ.
ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް މިދިޔަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ.
ސިފައިންގެ ފްލެޓްތައް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ. ހުޅުމާލޭގައި އިމާރާތްކުރާ 330 ފްލެޓުގެ އެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަހުުގެ ތެރޭގައި ނިމޭނެ ކަަމަށް އޮތީ ލަފާކޮށްފަ އެވެ.
ސިފައިންގެ "ސިފްކޯ ހިޔާ" ފްލެޓް މަޝްރޫއުގެ ތެރެއިން ހަދަމުންދާ ފްލެޓްތަކުގެ ބޭރުން، މި ފްލެޓްތަކުގެ %60 ވަނީ ނިމިފަ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ފުލުހުންގެ ފްލެޓުތައް ނިންމަން ސަރުކާރުން މިދިޔަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާއަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ ސެޕްޓެމްބަރު 20 ގައި ފްލެޓުތައް ނިންމަންޖެހެ އެވެ.
އެކަމަކު، މުއްދަތު ހަމަވިއިރު ވެސް އެ މަސައްކަތް ނުނިމުމުން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އޭރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ފިނިޝިން އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެކަމަކު، އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ، ތަކެތި ލިބުމުގެ ދަތިތަކާ ހެދި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނުނިންމޭނެ ކަމަށެވެ.
އެ ފްލެޓުތައް ނިންމޭނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުއަރީ-މާޗު ހިސާބުގަ އެވެ.
"އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު ހިސާބުގައި އެ ފްލެޓްތައް ނިންމޭނެކަން މިހާރު ވަރަށް ޔަގީން،" އަކްރަމް ވިދާޅުވި އެވެ.
ފުލުހުންގެ ފްލެޓްތައް ލިބޭނެ 361 ފުލުހުން 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. ބައެއް މީހުން ވަނީ ޑައުންޕޭމަންޓް ވެސް ދައްކައިފަ އެވެ. ދެ އަހަރުގެ ތެރޭގައި ދިރިއުޅެވޭނެ ކަމަށް ބުނި ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ފުލުހުން ވަނީ އެކި ފަހަރު މަތިން ޝަކުވާކޮށްފަ އެވެ.
ފުލުހުންގެ ތިން ޓަވަރަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
30 November 2022
ފުލުހުންތީ ދައުލަތުން ޚަރަދުކޮށްގެން ފުލެޓްދޭންޖެހޭ މިންވަރާ ގާތަށްވެސް ކަންކަން ނުބެެލެހެއްޓޭ ބައެއް. މާލެގެ މަގުތަކުގައި ހިތު ހުރި ގޮތަކަށް 4 ފުރޮޅޫލީ ވެހިކަލް އެހުންނަނީ ޕާކްކޮށް އެތަކެއް ދުވަހެއް ވަންދެންވެސް. ކަސްޓަމްސްއިން ނެރެގެން ގެންގޮސް ނަންބަރު ބޯޑުވެސް ނުޖަހާ އެބަހުރޭ ޒިބްރާ ކްރޮސްއަށް އަރުވާފަވެސް ޕާކް ކޮށްފަ. އެހެން ޤައުމެއްގައި ނަންބަރު ބޮޑު ނެތި ހުންނަ ވެހިަކލް ވަގުތުން ޓޯކޮށްގެން ގެންދާނެ.
ފިލާއި
30 November 2022
ފުލުހުން އަދި ސިފައިންގެ ވިޔަފާރި ކުންފުނިތައް އޮޑިޓް ކޮށްލާއިރަށް ދައުލަތް މުއްސަދިވާނެ ކަން ޔަޤީން
ޙައިބެ
29 November 2022
ތިތަން ނުނިމުމުގައި ބައެއްގެ އިހުމާލުވޭތޯ ނޫނީ ހިޔާނާތެއް ބަޔަކުވޮތޯ ބަލާލުމަކީ ވަރަށް މުހިންމުކަމެއް
އުސްމނުބެ
29 November 2022
ތިޔަ ބަޖެޓުގައި ފައިސާ ހުރިއްޔާ އެފައިސާ ފުލުހުންނަ ހަވާލުކޮއް އެތަން ނިންމަން ހަވާލުކުރަންވީނު. އެމީސް މީހުންލައްވާ ނަޝީދު ވަގުތީ ގެ ހަދަން 24 ހޭލާ ތުބެގެން ނިންމުވަންވީމަ އޯކޭ ވަންޔާ . މީ މިކަން ކުރަން މާރަގަޅު ގޮތެއް.
ކޭޕާރކް-މަންޑޭ
29 November 2022
ތިޔެން އެއްވެސް ތަނެއް ނުނިންމޭ.... ހަމަ މުއްދަތު އިތުރުކޮށްދީ ދީ ތިބެންޖެހޭނީ...... ހަމަ އަންނަ މަހަށް ފަސް ކުރަމުން ދާނީ...... ތިގޮތަށް ހަމަ ކޭ.ޕާރކް ވެސް ....... މިހާރު ނޭނގޭ ދެން ވިދާޅުވާނެ ވާހަކަޔެއް........
ވާނުވާ އިނގޭ
28 November 2022
ތިޔަތަން ނިންމާކަށް ތިޔަ ތަނުގެ ވެރިންނެއް ނޫޅޭ. އެމީހުންނަށް ރަނގަޅީ ގިނަ ދުވަސްވީ ވަރެއް.. ތިޔަ ތަނުގެ އިސްފަރާތްތައް ބަނޑޭރި ކޮށިންނާއި ވިލިމާލެ ފްލެޓްތަކުން ހިލޭ ތަންތަން ނުހައްޤުން ނަގައިގެން ދުރުތާ ތިމާގެ މީހުން ބައިތިއްބައިގެން ތިބީ. އެޔީ ތިތަން ބޭނުންކުރުމާއި ކަނޑައެޅިގެން ޚިލާފަށް.. ދެން ތިބީ މާލޭގައި އަމިއްލަ ގެދޮރު ކުއްޔަށްދީފައި ބަނޑޭރި ކޮށީގައި އުޅޭމީހުން. ޕޮލްކޯގެ އިސް ފަރާތްތަކުން ހުޅުމާލެއިން ފްލެޓްތައްވެސް ގަނެގެން އެބައުޅޭ.
ޑަސް×
29 November 2022
މިމީހުންނަށް ވަކި ޕްރޮޖެކްޓްތަކެއް ހަދާފަ އަދި ސޯޝަލްހައުސިނ އިންވެސް މިމީހުނަށް. މާލޭގަތޯ ވަޒީފާއަދާކުރަނީ ނޫނީ ދިރިއުޅެނީ ބެލުމެއްވެސް ނެތް މިމީހުންވާމަ
ރިއްކޮ
28 November 2022
ވިނަރެސްވެސް އަތަ ނުފޯރާފަށުގަ.
ކޮރަލް
28 November 2022
ކޮންމެ ވެސް އިންތިހާބަކާ ކައިރި ކޮށްފަ ނިމޭނެ އެވެ.
ބޮޑުމީހާ
28 November 2022
ތިނޫން ޕްރޮޖެކްޓެއް ނެތެއްނުން. ބްރިޖް ނުފެށުނު، ކެންސަރު ހޮސްޕިޓަލް ނުފެށުނު، މަގެއް ނުހެދުނު، ފްލެޓެއް ނޭޅުނު، ކޮރަޕްޝަނެއް ނުބެލުނު، އިންސާފެއް ގާއިމްނުކުރެވުނު، މިވަރުގެ ބޭކަރު ދަރަނި ބޮޑު ވެރިކަމެއް ނާދެ
ދޮން
28 November 2022
ނުނިމޭ .ނުކުރެވޭ .ސުލޯމިނިސްޓުރީ .ހުރިހާކަމެއް އަނގައިން ކުރާ މިނިސްޓްރީ ކޮންމިނިސްޓުރީ...