ފްލެޓް ކޮމިޓީގެ މެންބަރު
22 ފެބުރުއަރީ 2023 - 10:00
ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ބެލެހެއްޓުމަށް "ގެދޮރުވެރިންގެ ކޮމިޓީ" އެެއް އުފައްދައިފި އެވެ.
ކޮމިޓީގެ ޗެއާމަނަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ. ކޯ-ޗެއާމަނަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ. ދެން ކޮމިޓީގައި ހިމެނެނީ މަރިޔަމް ނާޒިމާ އާއި އައިޝަތު ރާޝިދާ އާއި މުހައްމަދު އާރިފެވެ.
އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ އިއްޔެ އެވެ. ކޮމިޓީގެ މަސައްކަތަކަށް ވާނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލި މީހުން އިވެލުއޭޓުކޮށް، ފްލެޓް ލިބޭނެ މީހުން ކަނޑައެޅުމެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަންނަ ޖޫން މަހު ފްލެޓްތަކުގެ ލިޔުން ހަވާލުކޮށް، އޮގަސްޓް މަހު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ. މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވެ އެވެ.
ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަމާޒު ހިފާފައިވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ.
މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 February 2023
ތިއީ ގެދޮރާއި ފުލެޓް ދޫކުރާ ކޮމަޓީއަކަށްވުރެން ބޮޑަށް ދައުލަތުގެ ޙަޒާނާއިން ކ.އަތޮޅު މާލޭގެ 5000 ބިންވެރިންނަށް ކޮންމެ މީހަކަށް 18 މިލިޔަން ރުފިޔާ ދިނުމަށް ސޯލިޙް އެކުލަވާލި ކޮމަޓީއެއް ކަމަށް ދެކެން.
ސާލާން
22 February 2023
ގޯދި ހިލޭ ދޫކުރުމަކީ އަންނަން އޮތްޖީލުގެވެސް މުސްތަޤްބަލް ހަލާކުކޮށްލުން. މިއަދު ދިވެހިން މިހާލުގަ ޖެހުނީ ކުރިންވެސް އެކަން އެގޮތަށް ކުރީމަ. އެކަންކުރާ މީހަކަށް ވޯޓެއްނުދޭނަން. ހެޔޮކޮންމެ ޕާޓީއަކަށްވިޔަސް.
އެޗް އެމް
22 February 2023
އެއިރެއްގަ ބާރުގަ އުޅޭބަޔަކަށް އަތްނުބޭނޭ ގޮތަކަށް ކޮމެޓީއެއް ނުހެދޭނެ.
މަރީހަލީލް
22 February 2023
ވެށިފަހިން ސޮއިކޮއްފައި ހަވާލުނުކޮށް ހުރި އެގްރީމަންޓްކުރެވިފައިވާ ފަރާތްތަކަށް ގޮތެއްނިންމާނެތޯ؟
ނަމެއްނެތި
22 February 2023
މިކޮމެޓީއަށް ކިޔަންވީ ދައުލަތް ދަވާލާ ކޮމެޓީ. ދައުލަތުގެ އެންމެ އަގުބޮޑު މުދަލަކީ މާލެ ސަރަހައްދުގެ ބިން. ވަކި ބަޔަކަށް މިގޮތަށް ބަހާލުމަކީ ބޮޑު ޚިޔާނާތެއް. 5000 ގޯތީގެ އަގު - 50 ބިލިޔަން ރުފިޔާ. ރައީސް އިބޫ ދައުލަތްކުރި ދަރަނީގެ ދެބައިކުޅަ އެއްބައި. 35 ހާސް ގޯއްޗާއި 4000 ފުލެޓް ދިނަސް ގެދޮރަށް ހައްލެއް ނެތް. މިވެސް ކަޓުވާލާނީ މި ކޮމެޓީގެ މެންބަރުންނާއި މި ސަރުކާރުގެ ވެރިން.
ސައިނީސް
22 February 2023
އެބުނާ ވައިބަރ ގްރޫޕް ނަންބަރ އިގޭ ކުއްޖެއް ހުރިޔާ ބުނެދީބަލަ ، މީހަކު ބެނީ އެގްރޫޕްއަށް ފޯމް ނަންބަރ ފޮނުވާލާ އިރަށް ޔަގީން ވީއޯ!
އެމްސް
22 February 2023
ހިޔާ ފްލެޓްގަ ކުއްޔަަށް އުޅޭ ބިދޭސީން އެތަންތަނުން ނެރެ ދިވެހިންނަށް އެތަންތަން ކަށަވަރު ކޮށްދޭނެ ކޮމެޓީއަކީ ކޮބައިތޯ؟
މާކުންބޭ
22 February 2023
ދައުލަތުގެ އަގު ބޮޑު ބިންތައް މުޅިން ހިލޭ ބަހާލާ ދައުލަތުގެ މުދާތައް ހިތުހުރިގޮތަކަށް ބަހާލާ ކޮމިޓީ އަށް ދޯ މިވާނީ، ތިފަދަ ކޮމިޓީއެއްގެ ތިބި ބަޔަކު ވެސް ތިހިންގާ ލާއިންސާނީ ރާއްޖޭގެ އެންމެ ބޮޑު ޖަރީމާގައި ބައިވެރިވެވޭނެ.
އެމްސް
22 February 2023
2 ވަނަ ދައުރަކަށް ހޮވެން އިތުރު އެހެން ފޯމިއުލާއެއް އެބަ އޮތް؟
އުދުހޭ
22 February 2023
ހުޅުމާލޭގެ ފޭސް 2 ގައި އޮތް ބިމުގައި ފްލެޓް ނޭޅުނީމާ އެބިން ހިލޭ ބަހާނުލާށޭ. އެއީ މުސްތަގްބަލުގެ ސިޓީ، އެތަނުގައި ގިނަ ބަޔަކަށް އުޅެވޭނީ ފްލެޓް އަޅައިގެން. އިބޫއަށް ފްލެޓް ނޭޅުނީމާ ދެންއަންނަ ވެރިކަމެއްގައި ފްލެޓް އެޅުނަނުދޭން ބިންތަށް ބަހާހުސްކޮށްލުމުގެ ވިސްނުމަކީ ދަށުދަރަޖައިގެ ވިސްނުމެއް. ބިން ގަނެގެން އިމާރާތްކުރާނެ ފައިސާ ނެތިގެން ޖިފުޑި އަޅައިގެން އުޅޭ ތަނަކަށް ރާއްޖޭގެ މުސްތަގުބަލުގެ ސިޓީ ނުހަދާށޭ.
ށަވިޔަނި
22 February 2023
ކީއްކުރާ ކޮމެޓީއެއްތަ؟ ޝަރުޠު ފުރިހަމަވި ހުރިހާ ފޯމުތައް ގުރުއަތަށް ފޮނުވައި ގުރުއަތުން ލިބުނު ބަޔަކާ ހަވާލުކުރީމަ އެއޮތީ އެންމެ ފުރިހަމައަށް ނިމިފައި.