ވ. ތިނަދޫ ކައިރީގައި ޓޫރިސްޓުންތަކެއް ކެނޯ ދުއްވަނީ: އެ އަތޮޅުގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުންނަށް ހޯދަން ސަރުކާރުން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 އޯގަސްޓް 2023 - 21:38
ވ. އަތޮޅުގައި އެއާޕޯޓެއް ހަދަން ނިންމައި އެ މަސައްކަތަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުންނަށް ހޯދަން ސަރުކާރުން އިއްޔެ އިއުލާންކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވައި ނެރުއްވި ގަރާރެއްގައިވާ ގޮތުން، ވ. އަތޮޅުގެ އިރުދެކުނުގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެއާޕޯޓެއް ހަދަން ވަނީ ނިންމައިފަ އެވެ.
އެ މަޝްރޫއަށް ފައިސާ ދޭން ޝައުގުވެރިވާ އިންވެސްޓަރުން މަދުވެގެން ފަސް މިލިއަން ޑޮލަރު (76 މިލިއަން ރުފިޔާ) ދޭން ޖެހޭނެ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ރައީސް އެ ގަރާރު ނެރުއްވީ، މިދިޔަ މަހު ވ. އަތޮޅަށް ކުރެއްވި ރިޔާސީ ކެމްޕެއިންގެ ދަތުރުފުޅުގައި، ރާއްޖޭގައި ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫއު ދެން ހިންގާނީ އެ އަތޮޅުގައި ކަމަށް އިއުލާން ކުރައްވާފައި ވަނިކޮށެވެ. އެ މަޝްރޫއާ އެކު، ލޯކަލް ޓޫރިޒަމް ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެ އަތޮޅަށް ވައިގެ މަގުން ވެސް ދަތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު އިއުލާން ކުރެއްވި މި މަޝްރޫއާ ދެކޮޅަށް ވ. އަތޮޅު ކައުންސިލުން ވަނީ އަޑުއުފުލައިފަ އެވެ. އެ ކައުންސިލުން ބުނި ގޮތުގައި، އެ މަޝްރޫއަކީ އެ އަތޮޅުގައި އޮންނަ ފޮއްތެޔޮ ފަޅުން ބޮޑު ސަރަހައްދެއް ހިއްކައި ރިސޯޓު ތަރައްގީ ކުރުމެވެ. އެކަން ހުއްޓުވަން ކައުންސިލުން ސަރުކާރާ ދެކޮޅަށް ދައުވާ ވެސް ކޮށްފައިވެ އެވެ.
ރާއްޖޭގެ އޮތް އެންމެ ބޮޑު ފަޅު ކަމަށްވާ ފޮއްތެޔޮ ފަޅު ކުއްޔަށް ދޭން ސަރުކާރުން ނިންމުމުން ވ. އަތޮޅު ކައުންސިލުން ދައުވާކުރީ އެ ފަޅު ކުއްޔަށް ދެވޭނީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ކަމަށް ބުނެ އެވެ. އަދި ކައުންސިލުން ގޮތެއް ނިމެންދެން އެތަން ކުއްޔަށް ދިނުން މަޑުޖައްސާލުމުގެ އަމުރަކަށް ކައުންސިލުން އެދުނެވެ. ނަމަވެސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
08 August 2023
ބުނާނެ އެއްޗެއް ނެތް.
ޝަރުމީލާ.
08 August 2023
ބޯ ގަޅި މީހެކޭ ބުނުނަންވެގެންދޯ ތިއުޅެނީ ؟
ލިލީމާގެ
08 August 2023
ސާލިހު އުޅެނީ ބިދޭސީ ގައުމުތަކުން ފައިސާ ނަގައިގެން ވެރިކަން ދިފާއުކުރަން.
ޝުޖާޢޫ
08 August 2023
ވ.އަތޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް 2500، މ. އަތޮޅުގެ އާބާދީ 5000. ވ ގައި އެއާޕޯޓެއް އަޅަން ޚަރަދުކުރުމަށްވުރެ، ބޮޑަށް ފައިދާކުރާނީ، ވ އަތޮޅު މީހުން މ. އަތޮޅަށް ބަދަލުކޮށްގެން. ދުރުމުސްތަގުބަލަށް ވިސްނާއިރު އެންމެ ރަނގަޅުވާނީ މި ގޮތް. ވ އަތޮޅު މީހުން މުލަކަތޮޅަށް ބަދަލުކޮށްފައި މުޅި ވ އަތޮޅަކީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ޚާއްޞަ ތަނެއް ކަމުގައި ހަމަޖައްސާލީމާ ބޮޑު ޕްރޮޖެކްޓަކަށް ވާނެ
ބަރޯސް
08 August 2023
ކިހިނެތް އިންގެނީ އެއަރޕޯޓް އަޅަނީ ފަތުރުވެރިކަމަށް ނޫންކަމެއް. އެއަތޮޅު މީހުންނަށް އެއަރޕޯޓް އަޅައިދޭނަމަ އަތޮޅުގެ މީހުންއުޅޭ ރަށްތަކާ އެންމެ ދުރުގައި އޮތްފަޅުގައި އެއަރޕޯޓެއް ނާޅާނެދޯ؟ މިއުޅެނީ ފާއަތޮޅު ވިއްކާލަން އުޅުންގޮތަށް ވ. ވިއްކާލަން.
ވާވު
08 August 2023
ވާވު އަތޮޅު ކައުންސިލްގެ ބާރުގަ އޮވެގެން އެފަޅުން ރައްޔިތުންނަށް ފައިދާއެއް ލިބުނުތަ؟ ރައްޔިތުންގެ ޖީބަށް ރުފިޔާއެއް ވަތްތަ؟ ސިޔާސީ ހަސަދައިގެ ސަބަބުން އަތޮޅަށް ލިބެން އޮތް ކުރިއެރުމާ މުއްސަނދިކަމަށް ހުރަސް އަޅަން ބޮޑަށް މަސައްކަތްކުރާ އަތޮޅު ކައުންސިލެއް. ތި ކައުންސިލް އޮތުމަށް ވުރެން ނެތުން އަތޮޅު ރައްޔިތުންނަށް ރަނގަޅޫ
2023
08 August 2023
ޢެއާޕޯޓް ދޯ ނޭޅިގެން މިއުޅެނީ 2 މީހުނާފަޅި ތިބި އަތޮޅެއް.... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
08 August 2023
އެއަރޕޯޓް އަޅާނަމުގައި ރާއްޖޭގައި ހުރި ފަޅުރަށްތައް "ނުއަގުގައި" ވިއްކާ ހުސްކުރުމަކީ އެމްއެމްޕީއާރުސީގެ ވައްކަމާއި "ވެންޓިލޭޓަރު ވައްކަމަށްވުރެން" ދައުލަތަށް ގެއްލުން ހުރި މަޤާމްގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިގޭ ޖަރީމާ އެއް. # ތިޔަ ފައިސާ ހޯދުމަށްފަހު ކަރުދާހު ޕްރޮޖެކްޓެއްގެ ގޮތުގައި އެއަރޕޯޓް ހެދުން ބާއްވާފައި ފައިސާ ޙަރަދު ކުރާނީ މާލޭގެ ޤަބޫލާތަކަށް "ހިލޭ" ބިން ދިނުމަށް ކ.އަތޮޅު ކަނޑު ފަޅު ހިއްކުމަށް ކަމާއިމެދު ޝައްކެއްނެތް.