އުކުޅަހު ސްކޫލުގެ ޓީޗަރުންތަކެް، އެ ސްކޫލުގައި ބޭއްވި އިވެންޓެއްގެ ތެރެއިން: އެ ސްކޫލުގެ ތިން ޓީޗަރަކު ސަސްޕެންޑް ކުރީ މިދިޔަ އަހަރު.-- ފޮޓޯ: އުކުޅަހު ސްކޫލު
08 އޯގަސްޓް 2023 - 15:46
އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި އެއް ޓީޗަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.
މިއުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދީ އެ ރަށު ޕްރީ ސްކޫލުގެ ހަަތަރު ޓީޗަރެކެވެ. އެ ޓީޗަރުންގެ ނިންމުން ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިރުޝާދު ދިން ނަމަވެސް ތިން ޓީޗަރަކު އެ ކަމަށް އިންކާރު ކުރީ އެވެ.
ޢެހެންވެ، އެ ޓީޗަރުންގެ ސަސްޕެންޝަން ދެ ފަހަރަށް އިތުރު ކުރި އެވެ. ޓީޗަރުންނާ ވާހަކަ ދެއްކުމަށް ފަހު މިނިސްޓްރީން ނިންމީ އިސްލާހީ ފިޔަވަޅު އެޅުމަށެވެ. އެހެންވެ އެއިން އެއް ޓީޗަރަކު ވަޒީފާއިން ވަކިކުރި އެވެ.
އެއީ އެ ރަށު ނޫމުރަކަ/ އައިޝަތު ސުހައިލާ އިމާދު އެވެ.
އެ މައްސަލާގައި ސިވިލް ސާވީސް ކޮމިޝަނުން ނިންމީ ދަރިވަރުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހިންގާ ހަރަކާތްތަކަށް ސުހައިލާ ފާޅުގައި ހުރަސްއަޅާ ކަމަށެވެ. އަދި ސްކޫލުން އަންގާ އެންގުންތަކަށް އޭނާ ނުކިޔަމަންތެރިވެފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައި ވެ އެވެ.
އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރިބިއުނަލުން ނިންމީ ސުހައިލާއާ އެއްކޮޅަށެވެ.
"ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ހުށަހެޅީ ފަރާތުގެ ވަޒީފާ އެއްބަސްވުމުގެ މުއްދަތު ހަމަވި ތާރީހު ޖޫން 22، 2023ގެ ނިޔަލަށް އެ ފަރާތަށް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާގައި ދެމިހުރި ނަމަ މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާ ދެމިހުރިނަމަ މައްސަލަ ހުށަހެޅި ފަރާތައް (ސުހައިލާ) އަށް ހައްގުވާނެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅަން،" ނިންމުމުގައި ވެ ޢެވެ.
އެ ފައިސާ 21 ދުވަސްތެރޭ ސުހައިލާއަށް ދިނުމަށް ޓްރިބިއުނަލުން އަމުރުކުރި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެ މައްސަލާގައި ބުނެފައި ވަނީ ޓީޗަރެއްގެ މައިގަނޑު މަސްއޫލިއްޔަތަކީ ކަރިކިއުލަމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އެ ތިން ޓީޗަރުން ސަސްޕެންޑް ކުރީ ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތު އަދާކުރުމަށް ދެކޮޅު ހެދުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސާސީހައްގު
09 August 2023
ސަގާފީކަންކަން ދެމެހެއްޓުމަކީ ގާނޫއަސާސީން ލިބިދޭ އަސާސީ ހައްގެ. ނަށާ ދަނޑިޖެހުމަކީ ސަގާފީކަމެއް. ގާނޫނުއަސާސީން ދީނީ މިނިވަންކަމެއްނޯވޭ. އެހެންވީމާ ގާނޫނުއަސީސާއާއި ދީނާ ފުށުއަރާކަންކަން މަޖުބޫރުކުރެވިގެންނުވާނެ. މިއީ ހިތްހަމަ ނުޖެހުނަސް ގާނޫނު އަސާސީގަައި ލިޔެވިފައި އޮތްގޮތް
ގުބެއްޔާގެގެގުދު
09 August 2023
އަދިވެސް ގޯސްވާނީ މިތާގަ އަލްގައިދާ ޓީޗަރުން އުޅޭވާހަކަ ބުނާމީހާ
އެއްވަރުވީސް
09 August 2023
ނަށުވަން ބޭނުންވަންޔާ އެކަން ދަސްކޮށްދޭނެ ޓީޗަރުން ހޯދާ. ހުރިހާ ޓީޗަރުންނަށް ހުރިހާ އެއްޗެއް އެނގޭކަށް ނުޖެހޭ، އަދި އެހެން އެގޮތަށް ވާނެ ކަމަށް ދެކެންޏާ އަހަރުމެންގެ ފަސް އިނގިލިވެސް އެއްވަރުވީސް
ޢަރުތަ
09 August 2023
ނެށުމަށް ބާރުއަޅަނީކީ ނޫން، އެކަމަކު މިނިންމުމުން އިނގޭ އެއްޗަކީ، އެޑިއުކޭޝަނުން ނޫނީ ސްކޫލުން ރާވާ ހިންގާ ކަންކަން ޓީޗަރުންނަށް ކުރަން ނުފެންނަންޏާ ނުކޮށްވެސް ތިބެވޭނޭ، ކޮންމެހެން ސްކޫލްގެ އެންގުންތަކަށް ބޯލަބަން ނުޖެހޭނޭ، ޓީޗަރަށް ފެންނަ ކަންކަމުގަ އެކަންޏޭ އެންގުންތަކަށް ދީލާލާން ޖެހޭނީ.
ބޮޑުމީހާ
08 August 2023
އިސްލާމީ ގައުމެއްގައި މޫނު ބުރުގައެއް އަަޅައިގެން ކިޔަވެއް ނުދެވޭ، އިންޓަރެސްޓް ރިބާ މުޅި ދައުލަތުގަ. މިއަށްވުރެ އިސްލާމްކަންމަތީގަ އުޅެވޭނެ ޔޫރޮޕްގަވެސް
ކުޑަމީހާ
09 August 2023
އަގަފުޅާކޮށްފަ ރިބައޭ ކިޔަން އެންމެންނަށްވެސް އެނގެނީ. އެއީ ކޯއްޗެއްކަން ކިޔައިދޭން އެނގެނީކީ ނޫން! ބޭންކު ލޯނޭ ކިޔާއިރަށް ބރ އޭ ނުކިޔާ!
މަތީނު
09 August 2023
އިސްލާމީ ގައުމެއް ވިއްޔާ މޫނު ބުރުގާ އަޅަން ޖެހޭތަ؟ އެއީ އިޚްތިޔާރީ ކަމެއް. ސިވިލް ސާވިސްގެ ޑްރެސް ކޯޑެއް އޮވޭ. އެ ކޯޑު އިސްލާމްދީނުގައި އޮތް މިންވަރަށް (މޫނާއި ދެއަތްތިލަ ފިޔަވައި އެހެންތަންތަން) ނިވާކުރުމަށް އިޚްތިޔާރު ދީފަ އޮވޭ. ދެން ކޮން ހައިޖާނެއް ހަދާކަށް. މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ދަނީ ކީއްކުރަން؟ ތިޔަ ކިޔާ ސަޢޫދީ ފިކުރުގެވެސް އެއްބަޔަށްތަ ތަބާވަނީ؟ އޭގަ ބުނަނީ އަންހެނުން ތިބެންޖެހޭނީ ގޭގައޭ.
ޖޯރޭ
08 August 2023
މަޤާމުދިނަށް ސުކޫލަކަށް ނުނެރޭނަން.
ނޯނޭމްސް
09 August 2023
ހަހަހަހަ ... ތިވީ އަދި މާރަގަޅަށް، މަގާމްގެ މުސާރަ ދޭތި އިގޭ
އާދަނު33
08 August 2023
މިއުޒިކާއި ނެށުމަކީ ޒަމާނުއްސުރެ ރާއްޖޭގައި އެކި މުނާސަބަތުގައި ކުރަމުންއަންނަ ކަމެއް. ހާއްސަކޮށް ސަގާފީ ނެށުން. ދަނޑިޖެހުމާއި ބޮޑުބެރުނެށުމާއި އަދި ކުރީޒަމާނުގައި އަންހެނެވެރިން ބަނޑިޔާޖެހުން. އެޒާމާނުގާއި ރާއްޖެ ވަރަށް ސުލްހަވެރިކޮށްއޮތީ.
އެމީހ
08 August 2023
ކިތައްމެ ޒަމާންވީ ސަޤާފަތަކަސް އިސްލާމްދީނާ ޚިލާފް ކަންކަމާ ދުރުވާން ޖެހޭ. ވީމާ، ފުރަތަމަ އަހަރެމެން ބަލާލަންވީ މިކަމަކީ ޤުރުޢާން އިން ނުވަތަ ސައްޙަ ޙަދީސް އިން ހަރާން ކަމަށް ނުވަތަ މަނާކަމަށް ސާބިތު ކަމެއްތޯ.
ސުލްޙަ
08 August 2023
ސުލްޙަވެރިކަމާއެކު ކުރާ ކޮންމެ ކަމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން. ކިތަންމެ ސުލްޙަވެރިކަމާއި އެކު ކުރިއަސް ނަޙީ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލި ވާން ޖެހޭ.
ހަސަނު
08 August 2023
ޓަރައިބިއުނަލް އަށް ލާފަ ތިބި މީހުން ބަދަލު ކުރަންޖެހެ...
މޫސާ މޫ
08 August 2023
ބަދަލު ކުރަން ނުޖެހޭ ތީޤައުމުގެ ޢަދުއްވުން. ޤާނޫނާއި ޚިލާފަށް ވަކިކުރުމުންވެސް އެއަށް ތަބާވެ ހުކުމް ކުރުމުގެ ނުބައިކަން އެމީހުންނަށް ވިސްނޭ ، މާތް ﷲ އެމީހުންނަށް ސާބިތުކަން ދެއްވާދޭވެ.
ޢަރުތަ
09 August 2023
ކޮން ބިއުނަލެކޭ، ހީހީހީ
ނަށާ ނަށާ
08 August 2023
ތިޔައީ ލައިސަންސެކޭކިޔައި އުމުރުދުވަސް ތަޢްލީމީދާއިރާގައި ހޭދަކުރި އެތައްހާސް މުދައްރިސުން މަގުމަތިކުރުވަން ހަނި 1 ސެޓްފިކެޓަކަށް ބަލަންނިންމި ޕާޓީ. މިރާއްޖޭގެ ސެޓްފިކެޓް ވިއްކާ ކޮލެޖްތަކުން ތިޔަބުނާ ހަނި ޑިގްރީ 4 އަހަރުން ކިޔަވައިދޭނެ ފައިސާހޯދަން. ކިތައް ގައުމުގައިތޯ 4 އަހަރުގެ ފޭސް ޓު ފޭސް ޓީޗިން ޑިގްރީއަކަށް ނަގައިގެން ނޫންގޮތަކަށް އުގަންނައިދިނުން މަނާ ކިޔަނީ؟ ކޮރަޕްޓްވީމަ ގަވައިދު ފުޅާވާނެ
ހސވސވ
08 August 2023
ކަރިކިއުލަމް ތަންފީޒުކުރުމޭ ކިޔަފައި ގާލް ފުރެން ބޯއިފުރެންޑް ގެ މުހިއްމު ކަން ބުނެދިނުމާއި އެއްޖިންސުން ގުޅުން ހިންގުމަކީ އޮކޭ ކަމެއް ކަމުވައި ވެގެން ނުވާނެ. އިސްލާމް ދީނަށް ގޮން ޖެހައިގެން ހުއްޓައި މަރު އައިސް ބައްދަލުކޮށްފާނެ. އަހަރެމެންގެ ދަރިންނަށް ހެޔޮގޮތް ބުނެދޭ ބަޔަކަށް އެދުރުން ވާންޖެހޭނެ.
ޢަރުތަ
09 August 2023
ރަނގަޅު ވާހަކައެއް، ދެރައީ ސްކޫލުގެ ބައެއް ކުދިން ނަށާފަ ބައެއް ކުދިން ނުނަށާފަ، ބައެއް ޓީޗަރުން އެކަމުގަ ހަމަ ފޯރީގަ އަނެއްބައި ޓީޗަރުން ނެށުމުގެ އެއްވެސް ހަރަކާތެއްގަ ބައިވެރި ނުވެ، މީތި "ކަޑަ" ނެށުން ދީނުގަ ހުއްދަ ނޫނިއްޔާ، އެއްވެސް ސްކޫލެއްގަ ނެށުމުގެ އެއްވެސް ހަރަކާތެއް ނުހިންގަބަލަ.
މަތީނު
09 August 2023
ތިޔަށް ކިޔަނީ ގޭސްލައިޓިންއޭ. ކަރިކިއުލަމްގެ ކޮންތާކު އޮތީ ތިޔަ ކަންކަން ކުރަން؟