ޔާމީންގެ ވެރިކަމުގައި، ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވިއިރު ބޭއްވި ހަރަކާތެއްގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-
09 އޯގަސްޓް 2023 - 00:16
ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ބޮޑު ހިޔާލު ތަފާތުވުންތަކަށް ފަހު، އިދިކޮޅު ކޯލިޝަން އެކަތިގަނޑަކަށް ވެ، ފުރަތަމަ ފަހަރަށް ބޭއްވި ނިއުސް ކޮންފަރެންސްފައި މުއިއްޒު ވިދާޅުވީ، ރިޔާސީ ރޭހުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރުމުން، އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވި ކަމަށެވެ.
ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން އެކަމާ މެދު ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލާ ދެއްވައި މުއިއްޒު ވިދާޅުވި އެވެ.
"...އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅިން މީގެ ދެ ދުވަސް ކުރިން ވެސް. [ޔާމީންގެ] ކެންޑެޑިސީ ބާތިލްކޮށް، އެ މަނިކުފާނަށް [ރިޔާސީ އިންތިހާބަށް] ކުރިމަތިނުލެވޭނެކަން ހުކުމްކުރި ކުރި ދުވަހު އަޅުގަނޑު ގުޅާފައި ދެންނެވިން ރައީސޭ، ތި ބޭފުޅުން ބޭނުންފުޅުލެއްވީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ގޮތް ހަދަން ނޫންހޭ. މިހާރު އެ މަނިކުފާނަކަށް ކުރިމައްޗެއް ނުލެވޭނެކަން ޔަގީންވެއެއް ނޫންހޭ. ދެން އެ މަނިކުފާނު ގެއަށް ގެނެސްދެއްވުމަށް އަޅުގަނޑު އާދޭސްކޮށް ދަންނަވަމޭ،" މާލޭގެ މޭޔަރުގެ މަގާމުގެ ވެސް ފުރުއްވާ މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އާދޭސް ދެންނެވިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް."
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުއިއްޒު ވިދާޅުވީ، ޔާމީން ޖަލުގައި ބެހެއްޓުމަކީ ޔާމީނާއި އާއިލާ އަށް ވެސް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ރައީސް އަރިހުގައި ދެންނެވި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް އާދޭސް ދަންނަވަމޭ، އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް. އަޅުގަނޑު ދެންނެވިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. ތަކުރާރުކޮށް ދެންނެވިން. ދެން ވިދާޅުވި ތިމަން މަނިކުފާނު ވިސްނަވާނަމޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވެރިކަމަށް އިންތިހާބު ކޮށްފި ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ އަދި އަދި އިސް ޒިންމާއަކީ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރުން ކަމަށެވެ.
"ސިޔާސީ ގޮތުން ހައްޔަރުކޮށް، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އެ މަނިކުފާނު ހައްޔަރުކޮށްފައި ހުރި ހުރުން އަޅުގަނޑުމެން ނިމުމަކަށް ގެންނާނީ އިރާދަކުރެއްވިއްޔާ ސިޔާސީ ގޮތުން މި ޕާޓީ އަށް، މި ކޯލިޝަނަށް ބާރުވެރިކަން ހޯދައިގެން. އިންޝާ ﷲ، އެއީ އަޅުގަނޑުމެން ކުރާނެ މަސައްކަތް. އެ މަސައްކަތް ކޮށްދެއްވާނީ އަޅުގަނޑުމެންނާ އެކީގައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް ގޮސްފަ އެވެ. އެ އަނިޔާވެރިކަމާއި ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ވާނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީގެ ޓީމަށް އިތުބާރު ކޮށްގެންނެވެ.
ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ، އޭނާ އަމަލުކުރައްވާނެ އަނެއް ސިޔާސަތަކީ ޔާމީންގެ ތަރައްގީގެ ލެގަސީ ކުރިއަށް ގެންދެވުމެވެ. އެ މަނިކުފާނުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ޝައްކު ކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ޔާމީން ކަމަކަށް ވައުދުވެވަޑައިގަންނަވާނީ އެކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް، އެ ވެރިކަމުގެ ފަސް އަހަރު ސާބިތުކޮށްދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޭޙޭޙޭ
10 August 2023
ހުސް ދޮގުބެ.. ނަހަދާނެ ތެދެއް، އެއީ ހަމަ އެނާ ބޭނުންވާ ގޮތް
ހަސަނު
09 August 2023
މުއިއްޒުގެ ނަޔަތް ރަނގަޅު ނަމަ އެ ވާހަކަ ނޫސްވެރިން ގާތު ނުކިޔާނެ.. މުއިއްޒު ބޭނުމެއް ނުވާނެ ޔާމިނު ިމިނިވަންވާކަށް..
އަލީ!
09 August 2023
ބުރޯ ޖަލުގައި ތިބި އެހެން ކުއްވެރިންވެސް ދޫކުރާތޯ އާދޭސްދަންނަވައިދީބަލަ.
ލޮލްލ
09 August 2023
ހިތުން ވަރަށް ބޯބޮޑު
އާދޭސް
09 August 2023
މިހާރު ތިބީ އުގަންނައިދިނުމުގައި އުމުރުދުވަސް ހޭދަކުރި އެތައްހާސް މުދައްރިސުން މަގުމަތިކުރުވަން ހަނި 1 ސެޓްފިކެޓަކަށް ބަލަންނިންމި ޕާޓީ. މިރާއްޖޭގެ ސެޓްފިކެޓް ވިއްކާ ކޮލެޖްތަކުން ތިޔަބުނާ ހަނި ޑިގްރީ 4 އަހަރުން ކިޔަވައިދޭނެ ފައިސާހޯދަން. ކިތައް ގައުމުގައިތޯ 4 އަހަރުގެ ފޭސް ޓު ފޭސް ޓީޗިން ޑިގްރީއަކަށް ނަގައިގެން ނޫންގޮތަކަށް އުގަންނައިދިނުން މަނާ ކިޔަނީ؟ ކޮރަޕްޓްވީމަ ގަވައިދު ފުޅާވާނެ. އުގެނުމާއި އުގަންނައިދިނުމަކީ ހައްގެއްނޫންބާ؟
ކުސޫ
09 August 2023
މުއިއްޒުގެ މިވާހަކައިންވެސް އޭނާ ވެރިކަމަށް އައިއްސިއްޔާ ތަފާތުކުރުން ހުރިވަރު އެބައެގެއެވެ. ދެންވެސް ޖަލުގައިތިބީ ހަމަ ދިވެހިރައްޔިތުންނެވެ. ވަކިމީހަކަށް ވަކިގޮތެއް ހަދަންބުނުމަކީ މަނިކުފާނު ވެރިކަމަށްކުފޫ ހަމަނުވާ ކަމެވެ. ތަފާތުކުރުން މިހާރުވެސް ފެންނަންފެށީއެވެ. މަމިބުނަނީ ރަގަޅަށް މީނާ މިޤައުމުގެ ވަލއްޔުލް އަމުރަކަށް ގެންނަން ހެޔޮނުވާނެ!
މުހައްމަދު..
09 August 2023
ރައްޔިތުން ގާނޫނުގައި ލިޔެފައިވާގޮތާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކުގެ ތެރެއިން ޖަލުގައި ބައިތިއްބަންޖެހޭނީ ރައްޔިތުންނަށް ނުރައްކަލެއް ކޮށްފާނެ އަމަލުތައް ކޮށްފައިވާ މީހުން. ޖަލަށްލާމީހުން އިތުރުވުމަކީ ރައްޔިތުންނަށް ގެއްލުމެއް.
ކޮއް
09 August 2023
މިނިސްޓަރުކަމުގައި އައި.ޖީ.އެމް.އެޗް ކާރީ އަޅަފައިހުރި ބިލްޑިންގ އަކީ ކޮންތާކުންހޯދި ލާރިއަށް އަޅާފައިހުރިތަނެއްތޯ؟ އަދި ހަމަ އެދުވަސްވަރު މަނިކުފާނު ކިތައް ރޯހައުސް ބައްލަވައިގެންތޯ؟ ކިތައްފުލެޓް އެބަހުރިތޯ؟ މިހުރީ ސުވާލުއުފެދޭނެ ކަންކަން. ވިސްނާބަޔަކަށް އިބުރަތަކަށް މިކަންކަންފުދޭނެ!
ފާޅު
09 August 2023
ބުރާސްފައްޗާ އެއީ ބޭންކުން 40 މިލިއަން ރުފިޔާގެ ދަރަނި ނަގައިގެން އެޅި ތަނެއް
ކަންވާރު އިބްރާހީމް
09 August 2023
ޔާމީނު ޖަލުން މިނިވަންކުރަން އާދޭސްކުރަން ޖެހެނީ ޔާމީނު ޖަލުގައި އޮތީ ސާލިހު ކުރިކަމަކުންނަމައެވެ. ޔާމީނު ޖަލަށް ދާން ޖެހުނު އަސްލު ގުޅިފައި އޮތީ ވައްކަމާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމާއިއެވެ. މިސަރުކާރުންވެސް މިހާރު ކުރަނީ އެއްކަމެކެވެ. ސާލިހުވެސް ވަކި ތަފާތެއް ނެތެވެ. ނަމަވެސް ހަޤީގަތްވާނީ ހަޤީގަތަށެވެ. ވައްކަން އެއީ ނިއުނޯމަލް ކަމަށް ޤަބޫލުކުރާނަމަ އެވާހަކަ އިއުލާންކޮށް ޔާމީނުވެސް އަދި ވެރިކަމަށްފަހު ސާލިހުވެސް ހަމަ އުޅެންވީއެވެ.
އިއަރިންގޭ
09 August 2023
ޑޮލަރު މާރުކޮށްދިނީ ސޯލިހަށް ވިއްޔާ.
ހުސް
09 August 2023
ނޫން ފުރަތަމަ ވައުދަކީ ދައުލަތުގެ ބައިތުލްމާލުން ބޮޑެތި ވައްކަން ކޮށް ކުށް ސާބިތުވެފައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކު މިނިވަންކުރުން ދެން މަނިކުފާނުގެ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއިމެދު ސުވާލުއުފެދޭ! ނުވާނެ އެއްކަމެއްވެސް ރަގަޅެއް ރައްޔިތުންނޭ މީ މުއިއްޒު މީނާއަށް ނިކަންހޭއަރާތިބޭތި!
ބޮޑުރިޔާ
09 August 2023
އެހެންވިއްޔާ އެންމެންނަކީވެސް ސިޔާސީކުއްވެރިން އަހަރެމެން ނިކަމެތިންވީމާ ކުއްވެރިން މިމީހުން މިލިޔަނުން މިލިޔަނުން ޑޮލަރާއި ލާރި ފުނިފުނި ރައްޔިތުންގެ ހަޒާނާއިން ވަގަށްނަގައިގެން ގެއަށްވެއްދިޔަސް އެއީ ސީޔާސީ ކުއްވެރިން ވާބައިބާ ދަންނަވަތޯ ޔާމީނެއްކާސިމެއްނޯންނާނެ އެންމެންމަށް ހިނގާނީ އެއްހުކުމެއް ޔާމީން ގެއަށް ބަދަލުކޮށްފިއްޔާ އިބޫއަށް އެއަރައި ގަނެވުނީ ރައްޔިތުންގެ ހައްގަކަށް އެންމެންނަށް އެއްހަމައެއްގައި އިންސާފު ގާއިމް ކޮށްނުދެވުނީ