ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތާ މެދު ނުރުހުން ފާޅުކޮށް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަދި އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު (ވ) އަދި ޔާމީން ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަދި މިފަހަރު ޔާމީންގެ ރަނިން މޭޓްގެ ގޮތުގައި ހުށަހެޅި ޑރ. މުހައްމަދު ޖަމީލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 އޯގަސްޓް 2023 - 14:49
އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރުމުން އެކަމާ ނުރުހުންވެ ވަޑައިގެން އެ ޕާޓީން ވަކިވެވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
ޕީޕީއެމްގެ ސީނިއާ އެޑްވައިޒަރުކަމުގެ މަގާމު ވެސް އަދާކުރެއްވި ވަހީދު 10 އަހަރަށް ފަހު އިއްޔެ އެ ޕާޓީން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ލިޔެކިޔުންތައް ތައްޔާރުކުރައްވައި އެކަމަށް ބޭނުންވާ ކުށުގެ ރެކޯޑް ވެސް ސާފުކުރައްވައި، އެންމެ ފަހު ވަގުތާ ހަމަޔަށް ހުންނެވުމަށް ފަހުގަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަދު ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި އިތުރު ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ވަނީ އެނގިފަ އެވެ.
ބެލެވޭ ގޮތުގައި ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނީ މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ގާސިމްގެ އުފަން ރަށް އދ. މާމިގިލީގައި ބާއްވާ ހަފްލާގަ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެ ޕާޓީން ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށާ އެކު އައި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް ފުރުސަތު ގެއްލުމުން ދެން ނެރޭނެ ކެންޑިޑޭޓަކީ ވަހީދު ކަމަށް އަޑު ފެތުރުނެވެ. އެކަމަކު ޔާމީން އުފެއްދެވި ޕީއެންސީން ފަހު ވަގުތު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައި ޕީޕީއެމުން ކެންޑިޑޭޓަކު ވާދަ ނުކުރަން ނިންމީ އެވެ.
ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އަންނަ މަހު 9 ގައި އޮންނަ އިންތިހާބަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބި އެކަން ނުކުރުމަކީ ޕާޓީގެ ލީޑަޝިޕުން ވީ ބޮޑު ޚިޔާނާތެއް ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީއެއްގަ އެވެ. އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މި މަހުގެ 7 އަށް ހަމަވެ މިހާރު ވަނީ ކެންޑިޑޭޓުންގެ ނަންތައް ވެސް ތަރުތީބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތުރުފަނި
12 August 2023
ޢަނެއްކާވެސް ވަހީދު ކަމް އެންޑް ވަހީދު ގޯ
ތައްޚާނު
12 August 2023
އުމަރު. މެނިފެސްޓޯ މާ ބަރާބަރު. ފޮނިވާހަކައެއް ނުދައްކާ. ރިއަލިސްޓިކް. އަދި ދިވެހިންގެ މެދުގަ ތަފާތު ކުރުންތަކެއް ނުގެންގުޅޭ! ނުވިތާކަށް އިންޑިއާ އައުޓް!
ވަހިއްޓޭ
12 August 2023
ފައްކާ ބާގީއެއް! އެންމެން ވެސް ބޭނުންވަނީ ޖާހާއި މަންސަބާއި ލާރި ، ގައުމެއް ނޫން ، މިކަލޭގެ ވެސް ޕީޕީއެމް ޓިކެޓް ނުލިބުނީމާ އެދިޔައީ ފޭޔަށް ، ގާސިމޫ މި ކަލޭގެޔަށް ވިސްނާތި މީނާ ކަލޭ ވެސް އެއްލާލާނެ ، މީނާ އެންމެ ރަނގަޅީ އަދާލަތު ކިޔާ ބައިގަނޑާ ގުޅުނިއްޔާ.
ރެޓޭ
12 August 2023
ގާސިމްއަށް ދެވޭވޯޓަކީ ބޭކާރުއެއްޗެއް އެއަށްވުރެ ރަނގަޅު ދެމަފިރިންވެސް! މީވަރަށް ރަނގަޅު ވާހަކައެއް! 2 ފަހަރު ގާސިމަށް ވޯޓު ދިނީމަވެސް ވީ ބޭކާރު! އަނެއްކާ ގާސިމު އަކީ އެނބުރޭ ވަހުތާނެއްކަހަލަ މީހެއް! އިންތިޚާބުގެ ކުރިންވެސް އިބޫ އާ ގުޅިދާނެ! މިހާރުވެސް ގާސިމުގެ ޕްލޭނަކީ އިބޫއާ ކޯލިޝަން ހެދުން! ގާސިމު ސިޔާސީ ދޫކޮށްފަ ވިޔަފާރިއާ އުޅެބަލަ!
ޖޮުު
12 August 2023
5% ލިބުނީނު
ފައިސަލްބެ
12 August 2023
މި ރާއްޖޭގައި ސިޔާސީ މައިދާނަށް ވަންނަ ޒުވާނަކަސް މެދުއުމުރަކަސް މުސްކުޅިއަކަސް ޕޮލިޓިކަލް މެޗުއަރިޓީ އެއް ނުހުންނަކަމުގެ މިސާލުތައް. އެއްޕާރޓީން އަނެއް ޕާޓީއަށް އެމީހެއްގެ އަމިއްލަ މަސްލަހަތާ އެއްގޮތަށް. ވަކި ހިސާބަކަށް ދިއުމުން ދަރިންނަށް މޮޅުގޮތް ހޯދައިދޭން ހުރިހާ ބޭފުޅުންވެސް މި ނިކުންނަނީ. އެވަރިހަމަ ނުހޮވޭނެހެން ހީވާޕާޓީއަކުން ދަރިންނަށް މަގާމެއް ލިބޭނެކަމުގެ އުއްމީދެއް އޮތަސް އޯކޭ.
ފޮނިޓައްޕު ހަސަނު
11 August 2023
ވަހީދު ވަރަށް ޕީޕީއެމު ވެފައި ހުއްޓާ އެހެރީ އޭނައަށް ހަދައިލި ގޮތް. ތި ޖޭޕީގަ ވެސް ނަގައިކިޔަން އުޅެނީ ޔާމީނު ގުއިރޯނުގައި ޖައްސާފައި އައިސްގެން އުޅޭ ބައިގަނޑެއް. ހިޔެއް ނުވޭ ވަހީދު ކަހަލަ ރަނގަޅު މީހަކަށް ޖޭޕީގައި ކެތްކޮށް ލެވިދާނެހެއް.
އަލީހަމީދު
11 August 2023
މަށަށްދެރައީ ޕީޕީއެމުން ޓިކެޓް ނުލިބެނިސް ޖެފްރީވެސް އެމެރިކާގަހުއްޓަ ގެނައީމަ.
އ އަހްމަދު
11 August 2023
ޑޮކްޓަރވަހީދަކީ ރައްޔިތުންނައް ވިއްކަންފަސޭހަ ޕްރޮޑަކްޓެއްނޫން އެހެންވީމަ ފުރުސަތުނުދެވުނީ
އަންދަލޫސިޔާ
11 August 2023
ޤާސިމްގެ ފަޅެއް މި ދިޔަ ހަފުތާފަ 350 މިލިޔަން ޑޮލަރަށް ވިއްކާލީ. ބޯކޮށް ފައިސާ އޮންނާނެ. ސިޔާސީ ހުރިހާ ކުނިތައް އެ ފައިސާ ޣަނީމާކުރަން އެ ދަނީ!