ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ. --
12 އޯގަސްޓް 2023 - 17:06
ކުދި ރަށްތަކެކޭ އެއްގޮތަށް އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރުމުގައި ވެސް އިސްކަންދޭންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުގައި، ހދ. ނޮޅިވަރަމަށް ވަޑައިގެން ރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ރަށުގައި ފުޓްބޯޅަ ދަނޑެއް ނެތި އެހެން ރަށެއްގައި ދަނޑެއް އޮވެގެން ނުވާނެ ކަމަށެވެ.
މި އަށް ވުރެ ކުދި ރަށްތަކުގައި ވެސް ޒަމާނީ ފެންވަރަށް މަގު ހަދާފައިވާ ކަމަށާއި ނަމަވެސް، ބޮޑެތި ރަށްރަށަށް އިސްކަންދޭންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލާފައި ކުދި ރަށްތަކުގައި އެކަން ވެގެންދިއުމުން ތަރުތީބު އެބަ އޮޅުން އަރާ،" މުއިއްޒު ވިދާޅުވި އެވެ.
"އެއީ، އިންސާފަށް ބުނެވޭ ބަހަކަށް ވާނީ. އަދުލްވެރިކަމާއެކު ބުނެވޭ އެއްޗަކަށް ވާނެ. މި ރަށުގެ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްދެއްވައިފި. ރައީސް ޔާމީންގެ ސަރުކާރުގައި މި ރަށުގައި ނަރުދަމާ އެޅި ވާހަކަ އާއި އެތައް ކަމެއް ފާހަގަކޮށްދެއްވައިފި. އޭގެ ފަހުގައި، މި ހިނގަމުންދާ ނިމެމުންދާ ސަރުކާރުގައި އެއްކޮށް ނިންމާލެވުނުކަން."
ނަމަވެސް، މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގެ މަގުތައް ވެސް ސަރުކާރުން ހަދައިދޭން ޖެހޭ ކަމަށާއި އެންމެންނަށް ވެސް ސަރުކާރުން އެހީތެރިކަން ދޭންޖެހޭ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަނީ. --
މި ރަށް ކައިރީގައި އޮންނަ ކުޅުދުއްފުށި ސިޓީ ނުހިމަނައި މުއިއްޒު ވިދާޅުވީ ސަރުކާރަކުން ކަންކަން ކޮށްދިނުމުގައި، އާބާދީގައި 3،000 އެއްހާ މީހުން ދިރިއުޅޭ ނޮޅިވަރަމަށް ވުރެ އިސްކަންދޭންޖެހޭ އެހެން ރަށެއް އޮތް ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
މި ރަށަށް ބޭނުންވާ މުހިއްމު ކަންކަން އެބަހުރި ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އޭނާ އިންތިހާބު ވެއްޖެނަމަ، ރަށު ރައްޔިތުން އެދޭ ގޮތަށް ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ބަނދަރުގެ ދަތިތައް ހައްލުކޮށްދިނުމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.
އޭގެ އިތުރުން ރަށުގައި ފުޓްބޯޅަ ދަނޑަކާއި ފުޓްސަލް ދަނޑެއް އަދި ސްކޫލު އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އަދި ސައިންސް ލެބެއް ހަދައިދިނުމާއެކު، އޭޓީއެމް ބަހައްޓައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ބަރޯސާވެފައިވާ މި ރަށުން ގަސްކާނާ އާއި އެ މަސައްކަތަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި މި ރަށަށް އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ގާއިމްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ ހުރިހާ ކަމަކުން ވެސް ސީދާ އަދި ނުސީދާ ގޮތުން ވަޒީފާ އިތުރުވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަގާރު
13 August 2023
1500 މީހުން ހަމަނުވާ ހުރިހާ ރަށްތަކުން މީހުންވީ ބަދަލު ކުރަން.
ސީތާ
13 August 2023
ވޯޓް ހޯދަންވީމާ އެކަންޏެއްނޫން ނިކަމެތީން އުޅޭ ޖިފްޓިގަނޑަށް ބޯ ކޮއްޕާ އެމީހުން ކައިރީ އިށީނދެލާ ވާހަކަ ދައްކާ ހަދަން ވަގުތު ލިބެން ޖެހޭނީ. ވެރިކަމުގައި ހުންނައިރުވެސް އެބީދައިން ކަންތައް ކުރެވެން ޖެހޭނެ. ވަރިކަމަށް އައުމަށްފަހު ރައީސްމީހާ ހޯދަން ރައްޔިތުމީހާ، ރައީސްއޮފީސްކައިރީ އެނބުރިއެނބުރި ވަރުބަލިވާއިރުވެސް އެޕޮއިންޓްމަންޓް ހަމަޖެހޭ ކަމަކަށްވުވޭ. އެކަމަކު ނިކަމިތިމީހާގެ އެޕޮއިންޓްމަންޓް މިއޮންނަނީ 24ގަޑިއިރު ރައީސްމީހާއަށް ހުޅުވިފައި.
ބޮޑުރިޔާ
13 August 2023
ބޮޑެތި ރައްރަށުގައި މަގުތަކުގައި ތާރު އަޅާ ހިސާބައްދިޔައިރު ކުދި ރައްރަށުގައި ދިރި އުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ތައްކަމުގައިވާ ފެނާ ނަދުދަމާއާއި ބަނދަރުފަދަ ތަންތަން ހަދައި ދޭތީ އެކަމާ ނަފުރަތުވާ ދިވެހިން އުޅޭކަމީ ހިތާމަކުރަންޖެހޭ ކަމެއް ބެޑެތިރައްރަށުގައި ކަންތަށް ކޮށްދޭނަމާ މާލޭއޭރިޔާއާއި އައްޑޫސިޓީއާއި ކުޅުދުއްފުށީ ސިޓީއަށް ކަންތަށް ކޮށްދިނީމާ އެހުރީ ނިމިފާ އެކަމަކު ހަނދާންބަހައްޓަންވީ ކުދި ރައްރަށުގައި އުޅެނީ އިނަސާނުންކަން
ނުދޭނަން
12 August 2023
ޢިބުރާހިމު ވަކި ބައިގަނޑަކަށް ހިލޭ ދެނީ ދައުލަތައް އެތައް މިލިއަން ރުފިޔާއަކަށް ވިއްކާލެވޭނެ އަދި ބައިވަރުމީހުނަށް ފްލެޓު އެޅޭނެ ބިންތަކަކަށްވާތީ އަދި މުއިއްޒު އެކަމަށް ތާއީދު ކުރާތީ މުއިއްޒަކަށްވެސް ވޯޓެއް ނުދޭނަން. މި ތާއީދު އަނބުރާ ނުގެންދަނީސް މަގޭ ވޯޓް ދޭނީ މިފަދަ ނާ އިންސާފާ ދެކޮޅަށް މަސައްކަތް ކުރެވޭނެ މީހަކަށް.
ނުލާބަލަ
13 August 2023
ތިބޭފުޅާ ވޯޓް ނުލިޔަސް އަހަރުމެން ލާނަން، މާލެ މީހުންނަށް ވެސް އިންސާފުން ބިން ލިބެންޖެހޭނެ، އެއީ ކަލޭ ހަސަދަވެގެން އުޅެންޖެހޭ ސަބަބެއް ނޫން!
ބޮޑުމީހާ
12 August 2023
ދިވެހިރާއްޖޭގެ ގައުމީ ތަރައްގީ ޕްލޭނެއް އެކަށައަޅައި ހުރިހާ ވެރިން އެއަށް އަމަލުކުރަންޖެހޭ ގޮތަށް ގާނުނެއް ހަދަންޖެހޭ. ވެރިމީހާ ރަށަކަށް އަރާފަ ފެންނަ ހުސްބިމުގައި ޓާޝިއަރީ ހޮސްޕިޓަލް އަޅައި، 3-4 ދޯނި އޮންނަ ރަށުގައި މާސިންގާ ބަދަރު ހަދައި މަލްޓިޕާޕޯސް ހޯލު އަޅައި މިހުންނަނީ އާބާދީއާ ނުބައްދަލު އެތައް ކަމެއް. ހުރިހާ ރަށެއް ތަަރައްގީކުރަން ހަދައިގެން އެންމެ ތަނެއްވެސް ތަރައްގީނުވެ މާލެ ތޮއްޖެހެނީ،
އަޖައިބު1
13 August 2023
މަވެސް މިކިޔަނީ ހަމަ ތިހެން. މާސްޓަރ ްލޭނެއް ރައްޔިތުން ހެދީމަ ވެރިއަކަށް ހޮވޭ މީހާ އެކަންކަން ކުރާ ގޮތަށް. ދައުރު ހަމަވީމާ އަނެއްކާވެސް ދެން އަރާ ވެރިއަކު ބާކީބައި ކުރިއަށް
ކަތްދައްތަ
12 August 2023
ރަށްފުށުގެ ކޮންމެ މީހަކަށް ހީވާކަހަލަ މާލެއިން އަންނަ މީހުން ލައްކަ ކަންކަން ކޮށްދޭނޭ. ނުކޮށްދޭނެ. އެމީހުންނަކީ ރަށްފުށުގެ ރައްޔިތުން ލޭންދޭނުގަ ޖައްސާފަ އެމީހުންގެ އަންބޮޑި ބޮޑުކުރާން ދަތުރުކުރާ މީހުން. ޕާޓީއަކީ ކޮބާތޯ؟ ރައްޔިތުން. ކަލެއާ މަށާވެސް ހިމެނޭހެން. އެކަމު ވަކި އެންމެ ފަރުދަކު ޕާޓީގެ ޓިކެޓް އެވިއްކާލަނީ ޑޮލަރު މަންޑެއްޔަކަށް. ކަލެއާ މަގޭ ގާތު އަހާވެސް ނުލާ. ވިސްނާ ބަޔަަށް ނޫނީ އިބުރަތެއް ނުލިބޭނެ.
ތޮއްލެ
12 August 2023
ތަރައްގީ ކުރަން ނޭގޭ ބަޔަކާ ގައުމު ހަވާލުކުރީމަ މުޅި ގައުމު މީނީ އަޑިގަނޑަކަށް ވެއްޓިފަ. އެއްވެސް ރަށަކަށް ތަރައްގީއެއް ނުގެނެވުނު. ގައުމާ ހަވާލު ވާންޖެހޭނީ ތަރައްގީއަށް ފަރިތަ ތަޖުރިބާ ހުރި މީހުން. މުއިއްޒު ބަރާބަރުވާނެ.
ހާންޑޯ
12 August 2023
100 މީހުން ހަމަނުވާ ރަށްރަށަށް ބޮޑެތި ބަނދަރާ މަލްޓި ޕާޕަސް ހޯލާއި ބޮޑު މާސިންގާ ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީ މާލީ ގޮތުންވެސް ގައުމެއް ލިބޭނެ ގެއްލުމެއް. އެންމެ ރަނގަޅު ގޮތަކީ އެކަހަލަ އާބާދީ މަދު ރަށްރަށުގަ އުޅޭ ރައްޔިތުން ކައިރީގަ އުޅޭ ރަށްތަކަށް ބަދަލުކުރުން.
ސައުދާން
12 August 2023
އާބާދީ ބޮޑެތި ރަށްތަކަކީ މިސަރުކާރުގަ ބާކީ ކޮށްލާފަ ހުރި ރަށްތައް. މުޢިއްޒު ވެރިކަމުގަ މިކަންކަން ހައްލު ކުރައްވާ.
މުހުސިންް
12 August 2023
ރަނގަޅު ވާހަކައެއް ތިބުނީ މޭޔަރ މުޢިއްޒު. ކުޑަ ރަށެކޭ ބޮޑު ރަށެކޭ ކިޔާފަ އަސާސީ ޙިދުމަތުންވެސް ބޮޑެތި ރަށްތައްވަނީ މަހުރުމްކޮށްފަ. އިބޫ ނޫންގޮތެއް އެބަ ޙޯދަންޖެހޭ. މުއިއްޒުއަށް މިކަންވާނެ.