އީޔޫ މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
17 އޯގަސްޓް 2023 - 12:33
މި އަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ބާއްވަން، މިވަގުތު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް، ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއަށް ވަދެ، ވަކި ގޮތަކަށް ކަމެއް ކުރަން ނާންގާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އޮބްޒަވޭޝަން ޓީމުން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އީޔޫގެ އޮބްޒަވޭޝަން މިޝަންގެ މަސައްކަތް ފަށާފައިވާއިރު، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ އެދިވަޑައިގަތުމާ ގުޅޭގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، އެ މިޝަނާ ހަވާލު ކޮށްފައިވާ ޒިންމާއަކީ އިންތިހާބު އޮބްޒާވް ކުރުން ކަމަށާއި ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއިން ހިނގާ ކަންކަމާ މެދު ހިޔާލުދީ ނުހެދޭނެ ކަމަށެވެ.
"ނަޝީދަށް އަޅުގަނޑު ދެންނެވިން، ޔާމީންގެ މައްސަލައާ ގުޅޭގޮތުން ޝަރުއީ ނިޒާމުގެ ތެރޭގައި އޮތް ކަމަކާ މެދު އެއްޗެއް ބުނެ، ވަކި ކަމެއް ކުރަން ނޭންގޭނެ ކަމަށް. އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ މެންޑޭޓަކީ މި އިންތިހާބު އޮބްޒާވް ކުރުން،" އަމޯ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވެސް އީޔޫގެ މިޝަނަކުން އޮބްޒާވަކުރި ކަން ފާހަގަކުރައްވައި، އަމޯ ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ހަރަކާތްތެރިވަނީ މިހާތަނަށް ހަރަކާތްތެރިވާ އެންމެ ބޮޑު ޓީމު ކަމަށެވެ.
އަމޯ ރާއްޖެއަށް ކުރެއްވި ހަ ދުވަހުގެ ދަތުރުގައި ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އިންތިހާބާ ގުޅޭ މުއައްސަސާތަކާއި ރިޔާސީ ކެންޑިޑޭޓުންގެ އިތުރުން މީޑިއާ އަދި މަދަނީ ޖަމިއްޔާތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.
"އަޅުގަނޑު އުއްމީދުކުރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ތެރޭގައި އަދި ފަހުން ވެސް ޑިމޮކްރެޓިކް އަސާސްތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކެމްޕޭނު ކުރުމުގައި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ބައެއް ރަށްރަށުގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެކަމަށް ސީދާ ޖަވާބެއް ސަންޗޭޒް އަމޯ ނުދެއްވަ އެވެ.
އިންތިހާބުގެ ކަންކަމާ މެދު އީޔޫގެ މިޝަނަށް ފާހަގަކުރެވުނު ހުރިހާ ކަމެއް، އިންތިހާބަށް ފަހު ނެރޭ ރިޕޯޓުގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 August 2023
އޭގެ މާނައަކީ ފާޅުގަ ނުކުރާނަމޭ، ވަންހަނާގަ ކުރާނަމޭ.
ހަސޯ
18 August 2023
އީޔޫއިން ވަކިވިދުވަހު މިކަހަލަ ކަމެއްދިމާވެދާނެކަމަށް ހީއެއްނުކުރަންދޯ. އެމީހުނަށް ރަނގަޅުވާނީ އީޔޫއަށް ލަޑުދިންސޮރު ޖަލުގައޮތިއްޔާ.
ފާތިމަތު ޝަހީދާ ގައްދޫ
18 August 2023
މީ ނަޝީދުގެ ޕަޕެޓެއް، ނަޝީދުގެ ޑްރާމާގެ ބައިވެރިއެއް!
އެމީލިއޯ
17 August 2023
މިވެރިން ވެސް އެބުނީ އައްޗި ކަންތައް ކޮށްފަ އޭ ހުރީ.
ކަނާތުފިޔަ
17 August 2023
ޑިޕޮލިމެޓިކް ގޮތުން ޖަވާބުލިބޭނީ އެމަގުން. ނަސީދުގެ ހުށައެޅުމައް ޕުރެސަރު ހުންނާނެ. ބަލަން ތިބޭ. ނަސީދުވެސް އެ ހުށައެލުން ގެނެސްފަވަނީ ސިޔާސީ މަންފާ އަށް.
ރައްޒާގު
17 August 2023
ނަޝީދު އެހެރީ މޮޔަވެފަކަން މިހާރު އީޔޫ އަށްވެސް ބޭޒާރުވީ. އެހެން ނޫންނަމަ ގައުމެއްގެ ޝަރުއީ ނިޒާމަށް އަތްބާނާކަށް ނުބުނާނެ. ވަރަށް ޑިޕްލޮމެޓިކްކޮށް ނަޝީދަށް އެބުނީ ކަލޭތިހިރީ މޮޔަވެފައޭ.
ތުނޑިހަސަނު
17 August 2023
އައްނިހީކުރީ ތިމަންނަ ބުނާއިރަށް އީޔޫއިން ބުނާކޮންމެ ކަމެއް ކޮއްދޭނެ ކަމައްތަ..ތިމާވަރުގެ މޮޅުމީހެއްނެތްކަމައް ހެދިގެން ހުސްހޮޅިވާހަކަދައްކަނީ..އަތައްގޮވުންނޫންކަމެއްނުވޭ!
ތުނޑިއާ
17 August 2023
އަންނިއަށް އެނގޭ އީޔޫއިން އެއްވެސް ކަމެއް ނުކުރާނެކަން އަދި ނުކުރެވޭނެކަންވެސް. އެކަމު އޭނަ ހަމަ އެހެނ ްބުނެލީ. އެހެން ބުނި އަސްލު މަގްސަދު އެނގޭނެ ސިޔާސީ ވިސްނުން ހުރި އެންމެންނަށްވެސް.
އައްޔަ ބޮޑޭ
17 August 2023
ތިމާއައްހީވަނީދޯ ތިމާބުނާކޮންމެކަމެއް ކުރަން އީޔޫ އޮންނާނީ ތައްޔާރަށެވެ މިހާރު އެންމެނައް އެމގިއްޖެ ތިމާބުނާހާ ކަމެއް ކުރާގޮތަކައް ނޫންކަން އީޔޫ އަދި ދުނިޔެވެސް އޮތީކީ!އީޔޫ އަކައް އަދި ކޮމަންވެލްތަކައް ޔާމީނު އަކީކާކު ކަމާޖަލުގަ އޮންނަން ޖެހުނީ ކީއްވެގެންކަން އޮޅިގެންނޫޅެވެ, އޮޅިގެން އުޅެނީ ޕީޕީއެމް ކުދިންނައް,
ބޮޑޭއާ
17 August 2023
ޔާމީނު ޖަލުގަ އޮންނަންޖެހެނީ ތާކުންތާކުނުޖެހޭ ޝަރީއަތެއް ކޮށްގެން. އަސްލު ގަބޫލުނުކުރެވޭނެ ހެކިވެރިންގެ ހެކި ބަސް ނަގައިގެން. އެ ކުރެވެނީ ހަގީގީ ޝަރީއަތެއް ނޫން. އަދި އިންތިހާބަށް ހުރަސް އެޅީ ސީދާ މައްސަލަ އިސްތިއުނާފުން ނުނިންމާ ޕާކްކޮށްފަ ބާއްވައިގެން. އަދީބު ވޯޓުގެ ކުރިން ސިންގަޕޫރަށް ފުރުވާލީ ކީއްވެކަން ނޭނގިގެން ނުވަތަ ނޭނގޭކަމަށް ހެދިގެން އުޅޭ އެންމެންނަށް ކަންކަން އޮޅިގެން އުޅެނީ.
ދޮހޮއްތު
17 August 2023
ވަންނަންވީމަ ވަދެވޭ..
ފޮނިޓައްޕު ހަސަނި
17 August 2023
މި ނަޝީދަކު މިހުންނަނީ ހޭބުއްދި ފިލާފަތަ. ތައުލީމެއް ލިބިފައި ނުވާ މީހުންނަށް ވެސް އިނގޭނެ ބޮޑެތި ކުށްތަކަށް އަރައިގެން އިންސާފު ޝަރީއަތެއް ހިންގައިގެން ހުކުމް ކުރެވި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީ އަކު މިނނިވަން ޖުރަން އީޔޫ އިން ނުބެހޭނެކަން.
ޢަލީ ކުރުސީ
17 August 2023
ޚުދު ޔާމީނުވެސް ބޭނުމެއްނުވާނެ ރާއްޖޭގެ ދާޚިލީ ކަންކަމާ ޝަރުޢީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނާކަށް. އީޔޫ އާއި ތިޔަ ވާހަކަ ބަޔަކު ދެއްކިކަން އެނގުނަސް އެމަނިކުފާނު ކޯފާ ވާނެ! ކޮމްނަވެލްތުންވެސް ވަކިވީ އެހެންވެގެންނު!