ވިޔަފާރި / ވިލާ ހައި ސްކޫލް

ވިލާ އިންޓަނޭޝަނަލްއަށް ވަނުމުގެ މުއްދަތު ހަމަވަނީ

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ކްލާހެއްގައި ކިޔަވާދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ގްރޭޑު 11އަށް ވަނުމަށް ހުޅުވާލާފައިވާ އެޑްމިޝަންގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މި އަހަރުގެ ގުރޭޑު 11އަށް ވަނުމަށް އެ ސްކޫލުން ވަނީ 800 ދަރިވަރުންނަށް ޖާގަ ދިނުމަށް ނިންމާފަ އެވެ. އަދި ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް އެޕްލައިކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވީ ހަމައެކަނި ފޮތަށް ބަރޯސާނުވެ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ސްކޫލަކީ ތަފާތު ތަޖުރިބާތަކެއް ދަރިވަރުންނަށް ހޯދޭނެ ސްކޫލެއް ކަމަށެވެ.

"އަޅުގަނޑުމެން ދަރިވަރުންނަށް މި ދެނީ އަމަލީ މަސައްކަތްތަކާއި ތަޖުރިބާތަކުގެ ތެރެއިން ކަންތައްތައް ދަސްކޮށް އަމިއްލަ އަށް ކުރިއަށް ދާންވީ ދާއިރާ އަކާ މެދު ވިސްނުމުގެ ފުރުސަތު. އަޅުގަނޑުމެންގެ ދަރިވަރުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން އެކި ތަޖުރިބާތައް ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެން،" އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ސްކޫލުން ނުކުންނަ ދަރިވަރުންނަކީ ގައުމިއްޔަތަށް ލޯބި ކުރާ ބަޔަކަށް ހެދުމަށް ރާއްޖޭގެ އެކި ހިސާބުތަކަކަށް ގެންގޮސް އާސާރީ ތަންތަނާއި ތަރިކަތަކުގެ މައުލޫމާތުތައް ދެމުން ގެންދާ ކަމަށެވެ. އަދި ބަހުގެ މުއްސަނދިކަމާ، ރާއްޖޭގެ ސަގާފީ، ތާރީހީ މުއްސަނދިކަން ތަޖުރިބާކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ސްކޫލުން ދަރިވަރުންނަށް ބޭރުގެ ޔުނިވާސިޓީތަކަށް ޒިޔާރަތްކުރުމާއި، ފެކްޓްރީތަކާއި ކުންފުނިތަކަށް ގޮސް އެ ތަންތަނުގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާތަކެއް ހޯދުމުގެ ފުރުސަތުތައް ވެސް ދޭ ކަމަށެވެ.

"އަމިއްލަ އަށް ކަންކަމާ މެދު ސުވާލު އުފައްދާ، ކަންކަމަށް ޝައުގު އުފެދޭނެ މަގު އަޅުގަނޑުމެން މި ތަނަވަސް ކޮށްދެނީ. އޭ ލެވެލް އަށް ކިޔަވާ ދުވަސް ވަރަކީ ދަރިވަރުގެ ކުރިމަގުގެ މުހިންމު ނިންމުތަކަށް ތައްޔާރުވާ ދުވަސް ވަރަކަށް ވީމަ އެ ކަންކަމަށް ތައްޔާރު ކުރުމުގެ ތަޖުރިބާތައް މި ދެނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބޭނުން ދާއިރާއެއް ހިޔާރުކޮށް، ބޭނުން ޔުނިވާސިޓީއަކުން ކިޔެވުމުގެ މަގު ތަނަވަސް ކޮށްދެނީ އޭލެވެލް ކަމަށެވެ. އަދި ޖީސީގެ ކިޔެވުން ފުރިހަމަ ވަނީ އޭލެވެލްއާ ހަމައިން ކަމަށާއި މަތީ ތައުލީމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އޭލެވެލް ކިޔެވުންކަން ފާހަގަ ކުރެއްވި އެވެ.

ވިލާ އިންޓަނޭޝަނަލް އަކީ ހައިބްރިޑް މޯޑަށް ކިޔެވޭނެ ކްލާސް ރޫމުތަކެއް ހިމެނޭ ސްކޫލެކެވެ. މި ސްކޫލުގައި ދަރިވަރުންނަށް ސްޓިމިއުލޭޓިން އެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމާއި ހިތްގައިމު ކެފެޓީރާއެއް ހުރެ އެވެ.

މި ސްކޫލުގައި އޮންލައިން އަދި ފިޒިކަލް ގިނަ ފޮތްތަކެއް ހިމެނޭ، ފޮތް ކިޔާ ފިލާވަޅު ހަދަން ތިބެވޭނެ ޖާގަ ތަނަވަސް ބޮޑު ލައިބްރަރީއެއް ހުރެ އެވެ. އަދި އެކި ފުލީ އިކުއިޕްޑް ލެބާއި ދަރިވަރުންނަށް ބޭނުންވާނެ ގިނަ ރިސޯސަސްތަކެއް އެ ތަނުގައި ހުރެ އެވެ.

ވިލާ އިންޓަނޭޝަނަލްގައި ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ލިސްޓު މި މަހުގެ 31 ވަނަ ދުވަހު ނެރޭނެ އެވެ. ދަރިވަރުންގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލާ

24 August 2023

މިހާރުވެސް އަޙްމަދިއްޔާގައި 11 އިގެ ޖާގަ ފުލްވެއްޖެ. މިފަހަރު އެންމެ ބާރުބޮޑުވާނީ އަޙްމަދިއްޔާއަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454