ޚަބަރު / އެމްޑީޕީގެ މެނިފެސްޓޯ

ބޭރު ފައިސާ ހޯދަން އޮތް ދަތިކަން ފިލުވުމާ އެކު، އިގްތިސާދީ ބޮޑު ބަދަލަކަށް އެމްޑީޕީން ގިނަ ވައުދުތަކެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފަނާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އަދި ފިނޭންސް މިނިސްޓަރު ފައްޔާޒް އިސްމާއިލް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޭރު ފައިސާ ހޯދަން އޮތް ދަތިކަން ފިލުވުމާ އެކު، އިގުތިސާދީ ބޮޑު ބަދަލަކަށް އެމްޑީޕީން ގިނަ ވައުދުތަކެއް، އެ ޕާޓީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވަނީ އެ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު "އިގުތިސާދީ ބޮޑު ބަދަލު" އިއުލާންކޮށްފަ އެވެ.

"އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ؛

1. ބާރުވެރި އިގުތިސާދު

2. އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން

3. އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ

4. ވިލުންތެރި އިގުތިސާދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެއިން ކޮންމެ ބައެއްގައި ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށް ކުރާނެ ކަންކަން ހިމަނައިފަ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްވޭ އެއް ހުށަހެޅުމަކީ، ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ލީކުވާ މިންވަރު މަދުކުރުމެވެ.

ރާއްޖޭގެ އިގުތިސާދުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ވިޔަފާރިގެ ގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރިގެ މުއާމަލާތްތައް އެ ގައުމެއްގެ ފައިސާ އިން ކުރާ ގޮތަށް ހަމަޖައްސަން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިގުތިސާދީ ސިޔާސަތުން ފާހަގަކޮށްލެވޭ ބައެއް ކަންކަން

• ދިވެހި ވިޔަފާރިތަކަށް އެހެން ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެކްސްޕޯޓް-އިމްޕޯޓް (އެގްޒިމް) ފައިނޭންސް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.

• ދައުލަތުން ދޭ ސަބްސިޑީތައް އެފިޝަންޓްކޮށް، ހައްގުވެރި ފަރާތްތަކަށް ދެވޭ އެހީއެއް ކަން ކަށަވަރުކުރެވޭ ގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރާނެ.

• އަންނަ އަހަރު އާސަންދަ ނިޒާމުގެ ކަވަރޭޖް ބަދަލުކުރާނެ.

• ދުނިޔޭގެ މާކެޓްތަކަށް އަންނަ ޝޮކްތަކުގެ ސަބަބުން ދިމާވާ އިގުތިސާދީ ހީނަރުކަމުން ފަރުދުންނާއި ވިޔަފާރިތައް ރައްކާތެރިކުރުމަށްޓަކައި މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލު ގެނެސް ސޭފްޓީ ނެޓެއް ގާއިމްކުރާނެ.

• ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް، މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު ކުޑަކުރާނެ. ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80% އަށް ކުޑަކުރާނެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

• ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ހިފަހައްޓާ އެކްސްޗޭން ރޭޓް ޕްރެޝަރު ކުޑަކުރުމުގެ ގޮތުން، ރިނުވަބަލް އެނާޖީ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރު، ސްޕެޝަލައިޒް ހެލްތްކެއާ އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކަށް އިންވެސްޓްކުރާނެ.

• ދައުލަތުގެ ދަރަނީގެ ސްޓޮކްގެ ރިސްކް ކުޑަކުރުމުގެ ގޮތުން އެވްރެޖް މެޗުރިޓީ މިހާރަށް ވުރެ އިތުރުކޮށް، ހެޔޮ އަގުގައި ދައުލަތުގެ ދަރަނި ފައިނޭންސް ކުރާނެ.

• ބޭންކުތަކުން ނަގާ ލޯނު ނުދެއްކޭ ހާލަތްތަކުގައި އޯވަޑިއު ޕީނަލް އިންޓްރެސްޓް ނަގާ ގޮތާއި އަދަދު މުރާޖައާކޮށް، ގާނޫނެއްގެ ދަށުން ސާފުވާނެ ގޮތަށް ބަޔާންކޮށް، އަހަރެއްގެ މައްޗަށް އެއް ޕަސެންޓަށް ވުރެ އިތުރުނުވުމާ އެކު ކެޕް ކުރެވޭނެ.

• ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިތުރަށް ފުޅާކުރުމަށް ގައުމީ މާސްޓަ ޕްލޭނެއް އެކުލަވާލައި، ރާއްޖެއަކީ އިސްލާމިކް ފައިނޭންޝަލް ހަބަކަށް ހެދުމަށް އިސްލާމިކް ފައިނޭންސަށް ހާއްސަ ރީޖަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރާނެ.

37 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެއަށް

26 August 2023

ބޭރުފައިސާގެ ވައުދު ކޮންމެހެން ވާންއުޅޭނެކަމެއްނެތް. މަނިކުފާނާއި ވެރިކަން ހަވާލުކުރިއިރު ކަޅުބާޒާރުން ޑޮލަރެއް 15.8ރ އަށްލިބުނު. 5އ ވެ މަނިކުފާނު ވެރިކަން ނިމެމުންދާއި 18.2ރ އަށްވެސް ޑޮލަރު ލިބުން މިވަނީ ދަތިވެފައި. ރާޢްޖެ އަންނަ ޓުއަރިސްޓުން އިތުރުވީކަމަށް މަނިކުފާނުންގެ ސަރުކާރުން އިއުލާންކޮށްފި ކިތަންމެ ފަހަރަކު. މަނިކުފާނު ތިޔަހުރީ ހަމަރަނގަޅައްވެސް ފޭލިވެފައި.

The name is already taken The name is available. Register?

ށަވިޔަނި

26 August 2023

ސްޓެލްކޯއިން ވެސް ކޮންމެ ރަށަކުން 3 މީހުން ގެނައި. ޢެވެސް 99 މީހުން

The name is already taken The name is available. Register?

އެމްއައިބީ

25 August 2023

30ޑޮލަރު ބޭރުން އައީމަ ހިފަހައްޓައިގެން މިއުޅެނީ އެމްއައި ބީިގަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

25 August 2023

ގެސްޓްހައުސް އަޅައި އެނދުއިތުރުކުރާނެ މާލީތަނަވަސްކަމާއި ހުނަރާއި ކަމުގެފަންނުވެރިކަމާއި އިލްމުވެސް އައްޑޫމީހުނެގެކިބައިގައި އެބަހުރި. # އެކަން އައްޑޫމީހުނަށް ދޫކޮށްލާފައި ކޮށްދޭންވީކަމަކީ ގޭންއެއަރޕޯޓްގައި އަޅުވާފައިއޮތް "މަރުގެތަޅު ނައްޓާލަދިނުމާއި" ގޭންއެއަރޕޯޓާއި ތިމަރަފުއްޓާއި ދެމެދުހުރި Domestic Airport's ހުރިހާ އެއަރޕޯޓްތަކަށް މިތަނުން ދަތުރުކުރެވޭނެގޮތްހަދާ ސީޕްލޭން އޮޕަރޭޝަން ފައްޓާދިނުން. އެކަންކުރާނެކަމަށް ޕީޕީއެމް، ޑިމޮކްރެޓުން ބުނޭ.

The name is already taken The name is available. Register?

1407

25 August 2023

ސޯލިހަށް އޮތް ތާއީދު ކުޑަކަމުގައި ފެނިދާނެތީ މެއިން ސްޓްރީމް ނޫސްތަކަށް ނުކެރޭ ޕޮލްއެއް ނަގާލާކަށް ވެސް. އެކަމަކު އިންޓަރނެޓްގައި ނޫހަކުން ޕޮލް އެއް އެބަ ހިންގާ. މުއިއްޒު ކުރީގައި އުޅެނީ ޕޮލް ފެށުނީއްސުރެ. ޕޮލްއަށް ވޯޓުލީ މީހުންގެ އަދަދު ނުފެނޭ އެކަމަކު.

The name is already taken The name is available. Register?

ވަރަވެސްބިންދާލި

25 August 2023

ޝިޔާންބެ ވޯޓް ކެންޝަލް . ޒީރޯދައްކާހެން ހީވަނީ . ޝިޔާންބެ އާމެދު ވަރަށް ބޮޑަށް ޝައްކު

The name is already taken The name is available. Register?

89898

25 August 2023

ހަރުދަނާ އެންމެ ސިޔާސަތެއްވެސް ނެތް. ހުސްފޭކު. ބޮޑު ތަނުން ކަލޭމެން ބަލިވާނެ. އިންޝާ ﷲ

The name is already taken The name is available. Register?

ވަރަވެސްބިންދާލި

25 August 2023

ފައިސާފަށެއްބެހީމަ ތިވަރު ވާނީ . ކިހާވަރެއްތަ ބެހީ ތޮއްޖެހިފަ ތިބެން ޝޯސަލްސެންޓަރ ޚިޔާރު ކުރީކީއްވެ ؟

The name is already taken The name is available. Register?

އަލިބޭ

25 August 2023

މުއިޒްގެ ބާރުހިނގާ ސިޓީ ކައުންސިލުން މާލޭގަ ޖަލްސާ ބާއްވަން ތަނެއް ނުދިނީމަ. ކާނިވާ ދޫނުކުރި. ސޯސަލް ސެންޓަރު އޮންނަނި ޔޫތު މިނިސްޓްރީ ދަށުގަ.

The name is already taken The name is available. Register?

ޖޖޖޖޖޖ

25 August 2023

ކޮންމެ މިހަށް 3000 ދީގެން ގެންދިޔައީ.

The name is already taken The name is available. Register?

އ.ހ

25 August 2023

މަހުލޫފު ބެލުމުގެދަށުގައި ގަލޮޅުދަނޑުވެސް އޮންނާނެ

The name is already taken The name is available. Register?

ކުކު

25 August 2023

ކޮން މެ މީހަކު ވެސް އެބުނަނީ އިންތިހާބުގަ ދާނީ 0 ކުން ..އެ އިޝާރާތުން އެ ފެންނަ މަންޒަރު ވަރަށް ޔަގީން ހެ ހެ

The name is already taken The name is available. Register?

ޙުސެން ޢަބްދުﷲ

25 August 2023

ހުވާ! މިމީހުން ނުހޮވާތި. މިގައުމަށް އަދި އެއް ފުރުޞަތު ހައްޤު. ޕްލީޒް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454