އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 އޯގަސްޓް 2023 - 23:50
އެމްޑީޕީން ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރަކަށް ނުގޮސް ވެރިކަމަށް އަންނާނެ މިއީ ދެވަނަ ފަހަރު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި ރައީސްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ. އެ ސެންޓަރުގެ ހޯލާއި ބޭރު ވެސް އޮތީ ފުރިފަ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، ރިޔާސީ ކެމްޕެއިނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރާއި އިވުނު އަޑުތަކުން ރައްޔިތުން އަނބުރާ އަނިޔާވެރިކަމެއްގެ ތެރެއަށް ދާން ބޭނުން ނުވާކަން އެނގިވަޑައިގަތެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހިން ދެން ވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެކެވެ.
އަޅުގަނޑު ޔަގީން ކަމާ އެކުގައި މި ދަންނަވަނީ، މިއީ ދެވަނަ ބުރެއް ނެތި، އިރާދަކުރެއްވިޔާ އަނެއްކާވެސް އަޅުގަނޑުމެން ވެރިކަމަށް އަންނާނެ ދެވަނަ ފަހަރުކަން: ރައީސް
ރައީސް ވަނީ މި އަހަރުގެ ރިޔާސީ ކެމްޕެއިނަށް ވަރަށް މަދު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ރަށްތަކަށް ކެމްޕެއިނަށް ވަޑައިގެންފަ އެވެ.
"[ދިވެހިން] ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ފަށާފައިވާ މި މަސައްކަތް ގެންގޮސް ނިންމާލަން،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، އަންނަ މަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބުވާނެ ކަމަށް ރައީސް ޔަގީންކުރައްވަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑު ޔަގީން ކަމާ އެކުގައި މި ދަންނަވަނީ، މިއީ ދެވަނަ ބުރެއް ނެތި، އިރާދަކުރެއްވިޔާ އަނެއްކާވެސް އަޅުގަނޑުމެން ވެރިކަމަށް އަންނާނެ ދެވަނަ ފަހަރުކަން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ވާދަކޮށް ކާމިޔާބުކުރީ ދެވަނަ ބުރަކަށް ނުގޮހެވެ.
ރައީސް ވިދާޅުވީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބު ބޯމަތިވި އިރު، އޭރު ތިބި ސިޔާސީ ހުރިހާ ލީޑަރުންނާއި އެމީހުންގެ އަނބިދަރިންނާއި ގާތް ތިމާގެ މީހުން އަދި ވެރިކަމަށް ކުރިމަތިލަފާނެހެން ހީވާ ކޮންމެ މީހަކު ވެސް ހުރީ ޖަލުގައި ކަމަށެވެ. އެކަމަކު، މިއަދު އެ މަންޒަރު ތަފާތު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާތީ އެކަމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރިހުގައި ވެސް ބާއްވާ އެންމެ ވާދަވެރި އިންތިހާބަށް ވެއްޖެ ކަމަށެވެ.
"ހިޔާލު ފާޅުކުރުމާއި މިނިވަންކަމަކީ ވެރިކަމަށް އޮތް ހުރަހެއް ނޫން. އެކަން އަޅުގަނޑުމެން މި ސާފުކޮށްދިނީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިންޓިސްޓުންގެ ޕްރޮޖެކްޝަން
25 August 2023
ސައެންޓިސްޓް - ހިސާބު ޕްރޮފެސަރު އުގައިލް އިބޫއަށް ތާއީދު ކުރައްވާނީ ވަރަށް ހިސާބުޖަހައި ސިމިއުލޭޝަންތައް ހެދުމަށްފަހުގައިކަން މަމެންނަށް އެނގޭއޭ.
ޝައްކެއްނެތް
25 August 2023
ތިޔަ ބޭފުޅުން ޝައްކު ނުކުރައްވާ! މި ފަހަރުވެސް އިރާދަފުޅާއެކު މި އިންތިޚާބު ކާމިޔާބު ކުރާނީ ސޯލިޙް. އެއީ ފުރަތަމަ ބުރުންވިޔަސް އަދި ދެވަނަ ބުރުން ނަމަވެސް. ހުރިހާ ވަސީލަތަކާއި ފުރިހަމަ ބާރާއެކު ބްރިޖާ ތަރައްޤިއާއެކު ޔާމީނަށް ލިބުނީ 96000 ވޯޓް. ރައީސް އިބޫ މިހާރުވެ ނުކުމެ ހުންނެވީ ކޯލިޝަނާކާއެކު، ނާޒިމާ ގާސިމާ ފާރިސްވެސް އަދި އުމަރުވެސް 2 ވަނަ ބުރެއްގައި އިބޫއާއެކު ކޯލިޝަންހަދާނެ.
63839
25 August 2023
ލަފާކުރެވޭ ހުރިހާ ވޯޓެއް ލިބުނު ނަމަވެސް ރައީސަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ %48. ދެވަނަ ބުރެއްގައި ގާސިމާ، ނާޒިމާ ޑިމޮކްރެޓުންގެ ބަޔަކާއެކު އަދިވެސް ކާމިޔާބު ވާނެކަމަށް ބެލެވެނީ އިބޫއަށް.
މިއޮތީ
25 August 2023
ރައީސް އިބޫ ތިޔަ ދެއްވާ ޔަޤީންކަމަށް ހަމަ ސާބަސް. ގިނަ މަސައްކަތްތަކެއްކޮށް ރައްޔިތުންގެ ރުހުން ލިބުމުން ތިޔަ ފަދަ ޔަޤީން ކަމެއް ދެއްވޭނެ. ބަލާލި ކޮންމެ ދިމާލަކުން ކޮންމެ ރަށަކުން ތަރައްޤީ ގެނެސްދެއްވާފައިވާކަން އެންމެނަށްވެސް އެނގޭ. އެހެން ވީމާ ތިޔަ ޔަޤީންކަން އޮތުމަކީ އެއްގޮތަކަށްވެސް ހައިރާންވާންޖެހޭވަރުގެ ކަމެއް ނޫން. އަހަރެންގެ ވޯޓް އިބޫއަށް. އިތުރަށް އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭ.
ޝޯރޭ
25 August 2023
އަހުންގެ ޝިޢާރަކީ "ފުރަތަމަ ވަތަން" ވަތަން އެދޭ ގޮތަށް ޒުވާނުނޭ ހިނގާށެ އެކީ މުއިއްޒު ހޮވާން
އަލީ ކުރުސީ
25 August 2023
އޯ ކޭ، ދެވަނަ ބުރަކަށް ގޮސްގެން ވޯޓު ހޯދަން ނުގުޅާތި! ޤައިމުވެސް ކޮފީ ބޯށެކޭ ނުބުނާނަން!
ގައުމީ ދޫ
25 August 2023
ދަވަނަ ބުރަށް ދާ ވަރަށް ވޯޓް ނުލިބޭ ފަރާތްތަކަށް ދެވަނަ ބުރެއް ނޯއްނާނެ! ޜިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާންޖެހޭނެ ކަން އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން ވަރަށް ސާފު
މަރޭ
25 August 2023
އަަހަރެން ދުވަހަކު ވެސް އަދި ނުދެކެން އިދިކޮޅުން ކުރިމަތި ލާމީހަކަށް ވިވަރުގެ ތާއީދެއް މުއީޒު ނުނީ. އެހެން ވީމަ 2ވަނަ ބުރެއް ނޯންނާނެ ކަމެއް ނުވިސް ނޭ. އެއީ މުއިޒު އަށް އެއްބުރުން ކާމިޔާބު ނުވެއްޖެއް ޔާ އޮންނާނެއެއްޗެއް. އެކަމަކު އެއީ ސޯލިހު އަށް އޮންނާނެ އެއްޗެއް ކަމެއް ނުވިސްނުން.މަވެސް ބޭނުމި ސޯލިހު އެކަމަކު ލޮލަށް ފެންނަ އެއްޗެއް މިބުނީ.
ބަރe ަު
25 August 2023
ކަލޭ ވިހެއީ 2018ގެ ފަހުންކަމަށް ތިވާނީ. ތިބުނާ ސޯލިހެއް ފަހަތަށް ޖެއްސޭނީ ހުވަފެނުގައި.
ދޮލަނގޭ
25 August 2023
ހުރިހާ ރަށަކަށް ނުދެވޭނެކަމަށް ބުނެ، ކައިރި ހިސާބުގަނޑުން މީހުން ގެނެސްގެން މަންޒަރު ބޮޑުކުރަން އުޅުނަކަސް، ތާއީދު ބޮޑު ކަމަކަށް ނުވާނެ!
ފޮނިމުރާދު
25 August 2023
މިގައުމުގެ އިގްތިސާދު ދިރުވަން ކުރެވުނު ކަމެއްވެސް ނެތް ބޮޑުއަގުގަ ޑުރެޖަރު ތަކެއް ލޯނުނަގާ ގެނެސް ފަޅުރައްހިއްކާ ގައުމު ދަރުވާލައިގި
ވެބޫ
25 August 2023
އިގްތިސާދުގެ ޑޮލަރު ރޭޓުން ވަރަށް ސާފު