ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރުމަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ހުޅުވި އަދާލަތު ޕާޓީގެ ޖަގަހައިގައި އެ ޕާޓީގެ ރައީސް އިމްރާނާއި ޑރ. އިޔާޒު ސަލާން ކުރައްވަނީ.---ފޮޓޯ: އަދާލަތު ޕާޓީ
05 ސެޕްޓެމްބަރ 2023 - 12:00
ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަނީ މަދު ބައެއް ކަމަށް ވިދާޅުވެ، އިލްމުވެރިންގެ ގުޅުމުގެ ވައިބަ ގުރޫޕްގައި ރޭ ނެގި ވޯޓާ މެދު އެ ގުޅުމުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ،
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" އިން ނެގި ވައިބަ ގުރޫޕް ވޯޓުން މުއިއްޒަށް ވަނީ ބޮޑު ތާއިދެއް ލިބިފަ އެވެ. އެ ވޯޓުގައި ބައިވެރިވި 105 އިލްމުވެރިންގެ ތެރެއިން 87 އިލްމުވެރިން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށެވެ.
އެ ގުރޫޕްގައި މުޅިން ވެސް ތިއްބަވަނީ ދީނީ އިލްމުވެރިންނެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އަދި ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމދު ސޯލިހަށް ތާއީދު ކުރާ އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންތަކެއް ވެސް ހިމެނެ އެވެ.
އިޔާޒު ވެސް ހިމެނޭ "އިލްމުވެރިންގެ ގުޅުން"ގެ ވޯޓާ ގުޅިގެން އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި 363 އިލްމްވެރިން ތިއްބަވާ ކަމަށެވެ. އޭގެ ތެރެއިން 105 އިލްމުވެރިން ބައިވެރިވި ވޯޓަކުން 85 ޕަސެންޓް މުއިއްޒަށް ލިބުމުން އެނގެނީ، އޭނާ އަށް އޮތީ މަދު އިލްމުވެރިންގެ ތާއިދުކަން ކަމަށް އިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދީނީ އިލްމުވެރިންގެ ގުޅުމުގެ ވައިބަ ގުރޫޕްގެ ވޯޓުގައި މުއިއްޒަށް ތާއީދުކުރަން ވޯޓު ދެއްވީ 24 ޕަސެންޓް ބޭފުޅުންނެވެ.
"އިލްމުވެރިންގެ ނަމުގަ ޚަބަރުފަތުރާއިރު އަމާނާތްތެރި ވުމަށް ގޮވާލަން. ސިޔާސީ ވިސްނުން ކުރިއެރުވުމަށް އިލްމުވެރިންގެ ނަމުގައި އިތުރުފުޅު ނުހެއްދެވުމަށް މުއިއްޒު އަށް ގޮވާލަން،" އިޔާޒު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ އިސް މެމްބަރު އިޔާޒު ވަނީ އޭނާގެ ތާއިދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ތަކުރާރު ކުރައްވައިފަ އެވެ.
"އިލްމުވެރިންގެ ގުޅުން"ގެ ވައިބާ ގްރޫޕްގައި ނެގި ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވީ ފަސް އިލްމްވެރިއެކެވެ. ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ވެސް އެއް އިލްމުވެރިއަކު ތާއީދު ކުރެއްވި އެވެ.
އެއްވެސް އިލްމުވެރިއެއްގެ ތާއީދު ލިބިވަޑައިނުގަތީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަން ޒަމީލަށެވެ.
އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން ވަނީ ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކޮށްފަ އެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ އަދާލަތު ޕާޓީއާ ވެސް އެ ގުޅުން ވަކިން ބައްދަލު ކުރި އެވެ. އެހެން ބައެއް ކެންޑިޑޭޓުންގެ ވިސްނުން ހުރި ގޮތް ހޯދަން ވެސް އެ ގުޅުމުގެ އިސްވެރިން ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިރާ
06 September 2023
ދެން އިޔާޒުމެން ތާއިދު ކުޑަމީހާގެ ވާހަކަ މިދައްކަނީ ކީއްކުރައްވަންތޯ؟؟؟ ތާއިދު ބޮޑުމީހާ ހޮވެންދެން މަޑުން ތިބެންވީނު.
ބަރުބާދު
06 September 2023
އިޔާޒް ކުރެން އަހާލަންބޭނުންވޭ އިސްލާމްދީނުގައި އަމިއްލަ ނަފްސައް އަނިޔާކުރުމަކީ ކޮބައިތޯ.
ޗެސް
06 September 2023
މަވޯޓު ލާނީ ވީހާވެސް މަދު އިލްމުވެރިން ތާއީދު އޮތް މީހަކަށް. މިހާރު ދިވެހިން ނޫޅޭ މާ ދީނީ ވެގެން ދީންކާޑު ކުޅޭ ހިތަކުން.
ާއަލިީ
06 September 2023
ޢިލްމުވެރިން ވިސްނުން އިސްކުރައްވާ... މިއީ ލދ އަންނި ސިޔާސީ ދާއިރާއިން ކަފުން ކޮއްލުމައް ލިބޭ ރަނުގެ ފުރުސަތެއް.. ތިޔަބޭ ފުޅުން ދުރުވިސްނުން ގެންނަވާ
ކެޔޮޅުބެ111
06 September 2023
މި ޤައުމު ނޫނީ ނޯންނާނެ ރަނގަޅު ދީނީ އިލްމުވެރިން ތިބި ޤައުމެއް.
އަދުރޭ1.4
05 September 2023
އިޔާޒޫ. ތަފްސީރު އިނގުނަސް ސްޓެޓިސްޓިކްސް ނޭނގިދާނެ. އިޔާޒު ހިސާބު ހެދިގޮތަށް ހެދީމާ އިބޫއަށް ލިބެނީ 1.4%
ތާޒާ ފާރިޝް
05 September 2023
މުއިއްޒަށް ތާއިދުކުރާ ދީނީ އިލްމުވެރިން ކީއްވެތޯ ސުވާލުނުކުރަނީ އެކައުންޓަށް ވަތް ފައިސާއާއި، ފިލްމީ ތަރިން ގޮވައިގެން ބަނޑިޔާ ޖަހާފަ ނަށާފަ ކުރާ ކެމްޕެއިނާއި، ދޮގު ހެދުމާއި އޮޅުވާލުން ފަދަ މުންކަރާތްތަކުގެ ސުވާލު ނުކުރަނީ ކީއްވެބާ؟ ދީނީ ގޮތުން ތާއިދުކުރީއޭ ބުނާތީ މިހެން މި ބުނަނީ، އިސްލާމްދީނުގައި އަނިޔާވެރިވުމާ ވައްކަން ކުރުމާ ދޮގާ މަކަރުހެދުމެއް ނޯވޭ.
ކައްތިރި1
05 September 2023
ހިހޫ-ތަނުން ކައިގެން ބޮއެގެން އުޅުން' އިމްރާން އާއި އިޔާޒުގެ އާންމު ކަމަކަށް ހަދައިފި.
އިސްރާފު
05 September 2023
ދީނީ އިލްމެވެރިން އަށް އިނގެންޖެހޭނެ ތިވަރަށް ގިނައިން ނުކާން.
ތަކުރު
05 September 2023
ޝެއިޚް އޭތި މީތި ފަރިއްކުޅުއްވަމުން ގޮސް އެހުންނެވީ އެއްގޯސްވެފަ. ދެން ފެންނާނީ އިބޫ އެކަނި...