ބީއެމްއެލްގެ ސްޓާފު ނައުޓުގައި އެވޯޑު ލިބުނު ބައެއް ސްޓާފުން. -- ފޮޓޯ: ބީއެމްއެލް
27 އޯގަސްޓް 2023 - 10:40
ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށް، ރޭ އެވޯޑު ދީފި އެވެ.
އަހަރުގެ މުވައްޒަފުގެ އެވޯޑް ދިނީ އެ ބޭންކުގެ ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓަލްމަންޓް ހުޒާތު އަލީ އަށެވެ. ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ދިނީ މާކެޓިން ޓީމަށާއި ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް ބަދުރުއްދީން ހަސަނަށެވެ.
ބެސްޓް ލީޑަރު އެވޯޑް ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސް ފާތިމަތު ހަލީމަށް ދިން އިރު ބެސްޓް މެނޭޖަރު އެވޯޑް ދިނީ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގު އަހުމަދަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެ ބެންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ތިން އަމާޒު ކަމަށްވާ ކަސްޓަމަރުންނަށް އިންސާފުން މުއާމަލާތް ކުރުމަށާއި ޑިޖިޓަލައިޒޭޝަނާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ހިންގުމަށް ގާބިލް، މަސައްކަތަށް އިސްކަންދޭ އަދި ކަސްޓަމަރުންނަށް އަމާޒުކޮ ށްގެން ހިދުމަތްދޭ މުވައްޒަފުންގެ ޓީމެއް ގާއިމު ކޮށްފައިވާ ކަމަށެވެ. އެ ބެންކުން އަހައްމިޔަތު ދޭ އެއްކަމަކީ މުވައްޒަފުން ދެމެހެއްޓުމާއި އެއީ މަސައްކަތްކުރަން އެންމެ ރަނގަޅު އެއް ތަނަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް ޓީމް، ކަސްޓަމާ ސާވިސް ސްޓާފް އަދި އެވޯޑް ފޯ އިނޮވޭޝަން ވެސް ދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
28 August 2023
ތިޔަ މަޤާމް ފުރޭނެ ދިވެއްސަކު ހަމަ ނެތީތޯ؟