ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

'މަޑަވެލި އިޒް ޕިންކް'؛ ޕީޕީއެމަށް އާދަޔާ ހިލާފު ލޯތްބަކާއި ޖޯޝެއް

މަޑަވެލިން މުއިއްޒަށް މަރުހަބާ ކިޔަނީ: ޕީޕީއެމްއަށް މި ރަށުގައި ވަރަށް ބޮޑު ސަޕޯޓެއް ދައްކާލި - ފޮޓޯ: ނިޝާން އަލީ | މިހާރު

27 އޯގަސްޓް 2023 - 20:21

10 comments

"މަޑަވެލި އިޒް ޕިންކް!"؛ ހުވަދު އަތޮޅު މަޑެވެއްޔަށް އަރައިގެންދިޔަ ބަނދަރު މަތީ އެއް އަޑަކުން ގޮވަމުންދިޔައީ މިހެންނެވެ. މުޅި ބަނދަރުމަތި ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޖަރީކޮށްފައި އޮތްއިރު އެ ތަނުން ފެންނަން ހުރީ ހަމަ އެންމެ ރީނދޫ ބެނާއެކެވެ.

އެ ދިދަތަކާއި ބެނާތަކުގެ ދަށުގައި ސަފު ދަމާލައިގެން ތިބި އެތައް ބަޔަކު ބުނާ ގޮތުން، އެއީ މި ރަށުގައި ޕީޕީއެމް އަށް ތާއީދު އޮތް ވަރެވެ. އެހެން ކުލައަކަށް މި ރަށުގައި ލޯތްބެއް ނެތެވެ. ފިޔާތޮށި ރީތި ހެދުންތަކުގައި ނުކުމެ ތިބި، މި ރަށު ރައްޔިތުންގެ ހިތުގައި ޕީޕީއެމް އަށް ޓަކައި އޮތީ މާ ބޮޑު ފޯރިއަކާއި ޖޯޝެކެވެ.

"މިއީ ޕީޕީއެމްގެ ހިތް،" މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު ރަޝީދު، ފަހުރުވެރިކަމާ އެކު ވިދާޅުވި އެވެ.

"މި ކުލައެއް މި ރަށަކުން ފޮހެވިގެން ނުދާނެ. ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އެކަހެރިކޮށް ބާކީކޮށްފައި އޮތް ރަށެއް މިއީ. އާ އުއްމީދެއް ގެނެސްދެއްވި ރައީސްއަކީ ރައީސް ޔާމީން."

ތަރައްގީގެ ކުލަވަރުން އެކަހެރިވެފައި އޮތް މަޑަވެއްޔަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަރަށް ހާއްސަ އިސްކަމެއް ދީގެން ޔާމީންގެ ސަރުކާރުން ހިންގި ކަމަށާއި ނަމަވެސް، މި ސަރުކާރުގައި އާ މަޝްރޫއުއެއް ނުފެށި، ފަށާފައި ހުރި މަޝްރޫއުތައް ވެސް ނިންމާނުލެވުކަން މުއާޒު ފާހަގަކުރައްވަ އެވެ.

އޭނާ ވިދާޅުވާ ގޮތުން، މި ސަރުކާރާ މެދު އެހާ ބޮޑު މާޔޫސްކަމެއް ރަށުގައި އޮތީ އެހެންވެ އެވެ.

"ފެނުގެ މަޝްރޫއު ވެސް ރައީސް އިފްތިތާހުކޮށްފައި އެ ވަޑައިގެންނެވީ، އެކަމަކު އެ މަޝްރޫއުގެ ބޮޑު ބައި އަދިވެސް ނުނިމޭ. މިހުރީ ކަން ކުރައްވާ ގޮތް،" މުއާޒު ވިދާޅުވި އެވެ.

"މަޑަވެއްޔަށް ކަމެއްކޮށް ދެވޭނީ ޕީޕީއެމްގެ ސަރުކާރަކަށް."

މަޑަވެލިން މުއިއްޒަށް މަރުހަބާ ކިޔަނީ: ޕީޕީއެމްއަށް މި ރަށުގައި ވަރަށް ބޮޑު ސަޕޯޓެއް ދައްކާލި - ފޮޓޯ: ނިޝާން އަލީ | މިހާރު

މި ރަށުގައި އެންމެ ބޮޑު ނުތަނަވަސް ކަމަކަށް އޮތީ ނަރުދަމާގެ ނިޒާމް ގާއިމް ނުވުމެވެ. މަޝްރޫއުއަށް ބޭނުންވާ ސަމާނު ދެތިން ފަހަރަކު މި ރަށަށް ގެނެސްފައިވާއިރު، ސްޕީޑް ލަސްވެ ބައެއް ތަކެތި ހަލާކުވިކަމަށް ވެސް މި ރަށު މީހުން ބުނެ އެވެ. މިހާރު ވެސް ސިމެންތި ބަސްތާތަކެއް ހުރީ ހަލާކުވާން ދޫކޮށްލައިފަ އެވެ. ނަރުދަމާގެ ނިޒާމް ނިންމޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ.

މަޑަވެލީގެ ދިގު ސަފުގައި ހުރި ސާހިރު ހަސަން ބުނީ މި ރަށް އޮތީ ތަރައްގީ އަށް ފެންބޮވައިގެންފައި ކަމަށާއި އުއްމީދުތައް ވަރަށް ގިނަ އެވެ. އެކަންކަން ހާސިލްކޮށްދެވޭނެ ވެރިޔަކީ މުއިއްޒު ކަން ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އޭނާ ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"މަޑަވެލީގެ 85 ޕަސެންޓް ވޯޓާ އެކު މުއިއްޒު އެއްބުރުން ހޮވާނަން،" ވަރަށް ފޯރީގައި އޭނާ ބުންޏެވެ.

ސާހިރު ހަސަން: މަޑަވެލީގައި ޕީޕީއެމްއަށް އޮތީ ބޮޑު ސަޕޯޓެއް

އެ ފޯރީގައި ބައިވެރިވެ ރަޝީދާ ވަހީދު ވެސް ބުނީ ޔާމީން ދެއްކެވި ކެންޑިޑޭޓް މުއިއްޒާ ވާދަކޮށްލެވޭ އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. ޔާމީންގެ ވިސްނުމާ އެއްގޮތަށް ގައުމު ތަރައްގީ ކުރެވޭނެ ވެރިޔަކީ ހަމައެކަނި މުއިއްޒު ކަމަށް އޭނާ ބުންޏެވެ.

"މި ސަރުކާރުން މި ރަށަށް ހަމަ އެއްވެސް ކަމެއް ނުކޮށްދޭ. ޔާމީން ހާދަ ކަމެއް ކޮށްދިނޭ. އަޅުގަނޑުމެން ބޭނުން ވަނީ އަލުން އެކަން ގެންނަން،" ރަޝީދާ ބުންޏެވެ.

ރަޝީދާ ވަހީދު: އޭނާ ބުނީ ޔާމީންގެ ތަރައްގީ މުއިއްޒު ގެންނާނެ ކަމަށް

މަޑަވެލީގެ ފާތިމަތު ރަޝީދު، މުއިއްޒު ފަހަތުގައި ހުރީ އޭނާއަކީ ޔާމީންގެ ފަހަތްޕުޅުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވައި، އެކަމުގެ ތަޖުރިބާ ހުރި ބޭފުޅަކަށް ވާތީ އެވެ. ފާތިމަތު ބުނި ގޮތުގައި މަޑަވެލީގެ ތަރައްގީ ހުއްޓި މިހާރު އޮތީ އަނދަވަޅެއްގަ އެވެ. އެ އަނދަވަޅުން ނަގައިދެވޭނެ ވެރިޔަކީ މުއިއްޒު ކަމަށް އޭނާ ބުންޏެވެ.

"ގާބިލް ކަމާއި ކެރުމާ ހުރި ލީޑަރަކީ މުއިއްޒު. މުއިއްޒާ މެދު އެއްވެސް ޝައްކެއް ނެތް،" އޭނާ ބުންޏެވެ.

ފާތިމަތު ރަޝީދު: އެއްބުރުން މުއިއްޒު ހޮވަން ހުރީ ތައްޔާރަށް

މުއިއްޒު ދެއްވީ އުއްމީދާއި ޔަގީންކަން

ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މިދިޔަ ފަސް އަހަރު މަޑަވެއްޔަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި އެހެންކަމުން، އަނެއްކާވެސް އެފަދަ އަހަރުތަކެއް ހޭދަނުކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ އަށް ވާސިލްވެވޭނެ ބަޔަކު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

"މި ގޮތުގައި އަނެއްކާ ވެސް ފަސް އަހަރު ހޭދަކުރާނީތޯ ނުވަތަ ދިވެހިންގެ ރާއްޖެ ގެންނާނީތޯ އެއީ ރައްޔިތުން ނިންމަވާނީ. ނަތީޖާ ނެރެދޭނަން އެކަން އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް ތަފާތު ކުރުމެއް ނެތި މި ރަށަށް ވެސް ކަންކަން ހާސިލްވާނެ."

މަޑަވެއްޔަށްވީ ވައުދުތައް:

- ޒަމާނީ ބޮޑު ބަނދަރެއް ހެދުން

- ބިން ހިއްކުމުގެ މަޝްރޫއެއް (ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން)

- ސްކޫލް، ސިއްހީ ނިޒާމް ތަރައްގީކުރުން

- ގެދޮރުވެރިކަމުގެ މަޝްރޫއުއެއް

10 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަލޭކަ ދައިތަ

28 August 2023

ސިޔާސީ މީހުންދެކެ މީހުން މިވަނީ އަމަށަކު ލޯތްބެއްނޫން!! ދައިތައަކަށް މިއިން މީހެއްދެކެ އުޅެއުޅެ ލޯތްބެއް ނުވެވުނު. އެހެންތާ ވާނީ ބިލިއަން ރފ. ގެ އިންކަމް ލިބޭނެ ބިމެއްވެސް ލިބުނީކީ އެއްނޫން ނުވިތާކަށް މިލިއަން ރފ. ޕޭ ކޮށްގެން ދޭ ކޮތަރު ކޮށްޓެއްވެސް ދިނީކީއެއްނޫން!!

The name is already taken The name is available. Register?

އިއްޒަތު

28 August 2023

ރީތިއަދަބެއް އަޚުލާގެއްނެތް ބައެއްގެތެރެއަށް ގެނެވޭނެ ތަރައްޤީއެއް ތަމައްދުނެއްނޯންނާނެ! މިކަމާއި ގުޅުންހުރި މީހުން މިޚަބަރުގެ މެދުތެރެއިން ފެންނަ ފޮޓޯ ތަކުން ފެންނަން އެހެރީ!

The name is already taken The name is available. Register?

ރަމަ

28 August 2023

2018 ގައި ދެއްކި ބޮޑުމަންޒަރުވެސް ދިޔައީ ޗޮކުން އިރާދަކުރެއްވިއްޔާ އެއަށްވުރެ ތަފާތު ބޮޑުކޮށް އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓް މިއިންތިޚާބު ކާމިޔާބުކު ފަސޭހަކަމާއިއެކު ކާމިޔާބުކުރާތަން އެބަފެނޭ! ވަރަށް ރަގަޅުވާހަކައެއް މަޑަވެލިން މުއިއްޒުއަށް ކުރި ލިބުނަސް މިޤައުމުގެ ގިނަރަށްރަށުން ކުރިލިބޭނީ ރައީސް ޞޯލިޙުއަށްކަމާއިމެދު އެއްވެސް ޝައްކެއްނުކުރަން. ރާއްޖެތެރޭމީހުންއުޅުނުހާލުން އެހެން ހާލަތަކަށް ބަދަލުކޮށްލެއްވި ހަމައެކަނި ރައީސަކީ ރައީސް ޞޯލިޙު!

The name is already taken The name is available. Register?

ރޯޒަސް

28 August 2023

ތިވައުދުތައް ކުރިންވެސް ރައީސް ޔާމީނު ވިދޯ؟ 5 އަހަރު ތެރޭވެސް ކޮށްދެވުނު ކަމެއް ނެތް. މުއިއްޒަށް ހަމައެކަނި ކޮށްދެވުނުކަމަކީ ފާޑެއްގެ ކޯޒްވޭއެއް އެޅުން.. އެވެސް ނިމުނީ މުއިއްޒުވެގެން އަލުން ހަދަން ޖެހިގެން. ރައްޔިތުން ނިކުމެ ޖެހުނީ އެތަން ހަލާކުކޮށްލަން.

The name is already taken The name is available. Register?

ކަރާސީނު

28 August 2023

ކެމްޕޭނު ޕޯސްޓަރުން އެބަ ފެނޭ ކެންޑިޑޭޓަކާއި، ރަނިންގ މޭޓަކާއި އަދި .. މޭޓެއް!

The name is already taken The name is available. Register?

ޕަބޭ

27 August 2023

ތިހެން ކިޔާފަ އެތަކެއް ސަނާ އާއި ތައުރީފަާ ކުރަމުން ވީ އާ ޕިންކްއޭ ގޮވަ ގޮވާފަ 2018ގަ ޔާމީންގެ ތިޔަ ބުނާ ތަރައްގީއަކާ ދެންވެސް ޖެހުނު އެއްޗަކާ އެއްފަރާތްކޮށްފަ ބޮޑު ތަނުން މެޖޯރިޓީ ރައްޔިތުން ވޯޓްދިނީ އެހެން މީހަކަށް..އަދި އެވެސް ރައްޔިތުން އަޅުގަނޑަށް ތިހެން ނުހައްދަވާށޭ ޔާމީން ގޮވަގޮވާ އޮއްވަ.. އެހެންވީމާ ކުލަޔާ ދަމާފަ ހުންނަ ބެނާތަކާ މީހުން އިސްތިގްބާލް ކުރަން ނުކުންނަ ވަރަކުން ނެތް އަދި ގޮތް ނިންމޭކަށް.. ސެޕްޓެމްބަރުގަ ވޯޓް ލާ ގުނާ ނިމުނީމަ އެނގޭނީ..

The name is already taken The name is available. Register?

7784477

27 August 2023

މި މުއިއްޒު ޖަހާ ވަރަށް އިންސާފްވެރިކަމާއެކު ޤައުމު ހިންގާލާނެ ވައްތަރު.

The name is already taken The name is available. Register?

ގުލްއަލާ

27 August 2023

ސަޅިއެއްނު. މިހާރު ރަށްރަށުގަ އުޅޭ ކުކުޅުހާ ވެސް ގޮވަނީ އިނގިރޭސި ބަހުން

The name is already taken The name is available. Register?

ޖުހާ.

28 August 2023

ޕިންކީ ޕިންކީ ދޯ??

The name is already taken The name is available. Register?

ބުލްބުޅާ

28 August 2023

ބަލަ މަޑަވެލީގައި ތިބީ ހުސް ކުކުޅުހާތޯ. މަޑަވެލީގައިވެސް ދިރިއުޅެނީ ދިވެހި ރާޢްޖެއަށް ނިސްބަތްވާ އިންސާނންނެވެ. އަދި ގިނަ މީހުންނަކީ ލިޔަންކިޔަން ދަންނަ، ކޮންމެވެސް ވަރަކަށް އިގިރޭސިވެސް ދަންނަ މީހުންނެވެ. މަޑަވަލީ ރައްޔިތުންްްްްް ޖަަނަވާރާޢި ކުކުޅުހާލާއި އެއްވަރު ކުރުމީ ވަރަށް ދެރަ ކަމެކެވެ. މާތްﷲ ތިބާއަށް ހެޔޮވިސްނުން ދެއްވާށި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454