ކުޅިވަރު / އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ސީޝެލްސް ބަލިކޮށް އަންހެން ބާސްކެޓް ޓީމު ސެމީ އަށް

ސީޝެލްސް ބަލިކޮށް ސެމީ ފައިނަލްގެ ޖާގަ ހޯދި އަންހެން ބާސްކެޓްބޯޅަ ޓީމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އެމްއޯސީ

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސީޝެލްސް ބަލިކޮށްގެން ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިއްޔެ ކުޅުނު މެޗުން ރާއްޖޭގެ ޓީމުން ސީޝެލްސްގެ މައްޗަށް ކުރިހޯދީ 82-27 ޕޮއިންޓުންނެވެ. ސީޝެލްސްގެ މައްޗަށް ކުރި ހޯދުމާ އެކު ރާއްޖެ، ސެމީއަށް ދިޔައީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ، ގުރޫޕްގެ އެއްވަނަ ހޯދި ރީޔޫނިއަން އަތުންނެވެ.

ރާއްޖޭގެ ޓީމު ވަނީ ސީޝެލްސް އާ ކުޅުނު މެޗުގެ ހަތަރު ކުއާޓާގައި ވެސް ޑޮމިނޭޓް ކޮށް ލީޑުގައި ނިންމައިފަ އެވެ. އައިޝަތު އިނާޝާ މި މެޗުގައި 25 ޕޮއިންޓް ރާއްޖޭގެ ޓީމަށް ހޯދައިދިން އިރު، އާމިނަތު އިސްރާއު ވަނީ 22 ޕޮއިންޓް ހޯދައިދީފަ އެވެ.

ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

ވޮލީ އާއި ހޭންޑްބޯޅަ ޓީމަށް ގޭމްސް ނިމިއްޖެ

ވޮލީބޯޅަ އާއި ހޭންޑްބޯޅަ ޓީމުތައް ގޭމްސް ނިންމާލީ ގުރޫޕް ސްޓޭޖާ ހަމައިންނެވެ. އާދިއްތަ ދުވަހު އަންހެން ވޮލީބޯޅަ ޓީމު ވަނީ ކުޅުނު ދެ މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. ފިރިހެން ޓީމު ބަލިވީ އިއްޔެ ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަޑަގަސްކަރަ އަތުން 3-1 ސެޓުން ބަލިވެގެންނެވެ.

މަޑަގަސްކަރައާ ދެކޮޅަށް އިއްޔެ ފިރިހެން ވޮލީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ

ފިރިހެން ޓީމު ވަނީ ފުރަތަމަ މެޗުގައި ރީޔޫނިއަން އަތުން ވެސް 3-1 ސެޓުން ބަލިވެފަ އެވެ. އިއްޔެ މަޑަގަސްކަރައާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން 25-20 އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ތިން ސެޓުން ބަލިވީ 19-25، 20-15، 21-25 އިންނެވެ.

ހޭންޑްބޯޅަ ފިރިހެން ޓީމު ވަނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ މަޑަގަސްކަރައާ ވާދަކޮށް 42-23 އިންނެވެ. ފުރަތަމަ ދެ މެޗުގައި ކޮމޮރޯސް އާއި މޮރީޝަސް އަތުން ވެސް ވަނީ ބަލިވެފަ އެވެ.

އަންހެނުންގެ ހޭންޑްބޯޅަ ޓީމު ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ބަލިވެފަ އެވެ.

ބެޑްމިންޓަން ފިރިހެން ޓީމަށް ލިބުނީ ރިހި މެޑަލް

އަށް އަހަރަށް ފަހު ޓީމް އިވެންޓުގެ ފައިނަލުން ޖާގަ ހޯދި ފިރިހެން ބެޑްމިންޓަން ޓީމު ވަނީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި މޮރީޝަސްއާ ވާދަކޮށް ސީދާ ތިން ގޭމުން ބަލިވެފަ އެވެ.

މިއާ އެކު ފިރިހެން ޓީމް އިވެންޓުން މިވަނީ 2015 ވަނަ އަހަރަށް ފަހު ރިހި މެޑަލް ހޯދައިފަ އެވެ.

އިއްޔެ މަޑަގަސްކަރައާ ކުޅުނު މެޗުގައި ރާއްޖޭގެ ޒަޔާން ޒަކީ.-- ފޮޓޯ: ސުއާދު އަބްދުއްސައްތާރު/ އެމްއޯސީ

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ޓައި ގައި ޒަޔާން ޒަކީ ބަލިބީ 21-10، 21-9 އިންނެވެ. ދެވަނަ ޓައިގައި 21-13، 21-13 އިން ނިބާލް އަހުމަދު ބަލިވިއިރު ފަހު ޓައި ގައި މުހައްމަދު އަޖުފާން ރަޝީދު ވެސް ބަލިވީ 21-13، 21-13 އިންނެވެ.

އަންހެން ޓީމް އިވެންޓުގައި މިއަހަރު ރާއްޖޭގެ އަންހެން ޓީމު ވަނީ ފުރަތަމަ ފަހަރަށް ރިހި މެޑަލް ހާސިލް ކޮށްފަ އެވެ.

ސައުސަން އާއި ފިރިހެން ރިލޭ ޓީމަށް ގައުމީ ރެކޯޑް

އިއްޔެ ކުރިއަށް ގެންދިޔަ ސްވިމިން އިވެންޓްތަކުގައި ރާއްޖޭގެ އަންހެން ފެތުންތެރިޔާ އައިޝަތު ސަސުސަން އާއި، ފިރިހެން ފްރީސްޓައިލް ރިލޭ ޓީމުން ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ.

ސައުސަން ގައުމީ ރެކޯޑް އާކުރީ 50 މީޓަރު ބެކްސްޓްރޯކުންނެވެ. އޭނާ ރެކޯޑް އާކުރީ 34.32 ސިކުންތުން ހީޓް ނިންމައިގެންނެވެ.

ރާއްޖޭގެ ސްވިމިން ޓީމުގައި ހިމެނޭ އަންހެން ފެތުންތެރިޔާ ސައުސަން ވަނީ 50 މީޓަރު ބެކްސްޓްރޯކުން ގައުމީ ރެކޯޑް އާކޮށްފައި.-- ފޮޓޯ: ރާއިފް ޔޫސުފް/ އެމްއޯސީ

ފިރިހެނުންގެ ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ ޓީމު ރެކޯޑް އާކުރީ ފައިނަލް ހީޓުގައި އަށް މިނިޓް 48.87 ސިކުންތުން ނިންމައިގެންނެވެ. މި ޓީމުގައި ހިމެނެނީ މުބާލް އައްޒާމް އިބްރާހިމް، މުހައްމަދު އާން ހުސެއިން، އަލީ އިމްއާން އަދި އަހުމަދު ނީގް ނިޔާޒް އެވެ.

ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އަންހެން އިވެންޓުގައި ރާއްޖޭގެ ޓީމު ނިންމީ 11 މިނިޓް 12.12 ސިކުންތުންނެވެ. މި ޓީމްގައި ހިމެނޭ ފެތުންތެރިންނަކީ ސައުސަން، މެރާލް އައިން ލަތީފް، ޒައިނަބް އަބްދުﷲ ޝަފީގް އަދި އީން އައްބާސް ޝަރީފް އެވެ.

ނީގް އާއި މުހައްމަަދު ރިހާން ޝިހާމް އަދި އިމްއާންގެ އިތުރުން ޒައިނަބާއި އީން ވަނީ އިއްޔެގެ އިންޑިވިޖުއަލް އިވެންޓްތަކުން ފައިނަލްގައި ވާދަ ކޮށްފަ އެވެ.

ނީގް އާއި ރިހާން ވަނީ ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުގެ ފައިނަލްގައި ވާދަ ކޮށްފަ އެވެ. ފައިނަލްގައި ނީގްގެ ޓައިމިން އަކީ ތިން މިނިޓް 7.13 ސިކުންތެވެ. ރިހާންގެ ޓައިމިން އަކީ ދެ މިނިޓް 43.95 ސިކުންތުންނެވެ. ޕްރިލިމިނަރީ ހީޓުގައި ނީގްގެ ޓައިމިންއަކީ ދެ މިނިޓް 58.10 ސިކުންތެވެ. ރިހާން ނިންމީ ދެ މިނިޓް 47.17 ސިކުންތުންނެވެ.

އިމްއާން ވާދަކުރީ ފިރިހެނުންގެ 50 މީޓަރު ބެކްސްޓްރޯކު ފައިނަލްގަ އެވެ. ފައިނަލް ހީޓުގައި އޭނާގެ ޓައިމިންއަކީ 30.82 ސިކުންތެވެ. ފައިނަލަށް ހޮވުނީ ޕްރިލިމިނަރީގައި 30.34 ސިކުންތުން ފަތައިގެންނެވެ.

ޒައިނަބާއި އީން ވާދަކުރީ 200 މީޓަރު ބްރެސްޓްސްޓްރޯކް ފައިނަލްގަ އެވެ. ފައިނަލްގައި ޒައިނަބް ފެތީ ތިން މިނިޓާއި 29.74 ސިކުންތުންނެވެ. އީން ފެތީ ތިން މިނިޓް 17.34 ސިކުންތުންނެވެ. އީން ވަނީ ޕްރިލިމިނަރީގައި ތިން މިނިޓް 18.37 ސިކުންތުން ފަތައިފަ އެވެ. ޒައިނަބް ފެތީ ތިން މިނިޓް 21.67 ސިކުންތުންނެވެ.

5 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެމް ބީ އޭ

30 August 2023

އަސްލު ކޮމެންޓް ކުރާ ބޭފުޅާ ހުންނެވި ތިތާގަ ، ބޭނުންވާ ކަންތައް ވީމަ ކޮމެންޓް ތައް ނެތީ

The name is already taken The name is available. Register?

ބާބޫ

30 August 2023

މިތިބީ ކޮމެންޓް ކުރާ ގުރޫޕު ކިހިނެއްތޯ ވީ

The name is already taken The name is available. Register?

ދަރިވަރުން

30 August 2023

ކޮބާ އެއްކަލަ ކޮމެންޓް ކުރާ ގުރޫޕު އަނެއްކާވެސް މިތަނަށް ފާވީދޯ! މޮޅުވިޔަސް ބަލިވިޔަސް ނެތް ސަލާމަތެއް!

The name is already taken The name is available. Register?

ހަމައަހާލީ

30 August 2023

މީ ރަނގަޅު ފެންވަރެއްގެ ގޭމްސް އެއްތަ؟ ކަންމަތީ މުބާރާތްތަކުންވެސް މޮޅުނުވާ ޓީމުތައް ވެސް މިމުބާރާތުން މިއަންނަނީ މެޑަލް ހިފައިގެން.

The name is already taken The name is available. Register?

ބެލެނިވެރިން

30 August 2023

ބާސްކެޓް ބަލިވި މެޗް ގެ ނަތީޖާ އަކީ ކޮބާތޯ ؟ މޮލޫވީމަ ތޯ ފޭސްބުކޮ ގަ ވެސް ޖަހަން އިނގެނީ ބަލިޥިމަ ލަދު ގަންނަނީ ދެއްތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454