ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އުފަން ރަށުގައި ރައީސް އާ ކުރެއްވީ ދަތި ދުވަސްތަކުގެ ހަނދާން، ނިކުންނެވީ އެކަން ބަދަލުކުރަން

ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އަމިއްލަފުޅު ތަޖްރިބާއިން ރައްޔިތުންގެ ބޭނުންތައް އެނގިވަޑައިގެން އަދި އެކަންކަން ހައްލުކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި --- މިހާރު ފޮޓޯ/ ނިޝާން އަލީ

31 އޯގަސްޓް 2023 - 23:46

5 comments

އުފަން ރަށް ޅ. ހިންނަވަރުގައި އުޅުއްވިއިރު ތަޖްރިބާ ކުރެއްވި ދަތިތައް ހަނދާންތައް އާ ކުރައްވައި އަދި ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންގެ އެ ދަތިތަކާއި ބޭނުންތައް ރަނގަޅަށް އެނގިވަޑައިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް އުފަން ރަށް ހިންނަވަރަށް ވަޑައިގެން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރަށުގައި ތަޖުރިބާ ކުރެއްވި ދަތި އުނދަގޫ ދިރިއުޅުމުގެ ހަނދާންތައް އާ ކުރައްވައިފަ އެވެ. އެގޮތުން ރަށުގައި އެމަނިކުފާނު އުޅުއްވިއިރު ސާފު ބޯފެނާއި ނަރުދަމާ އާއި ލަފާކުރުން ފަދަ އެތައް ކަމަކުން މަހްރޫމްވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިންނަވަރާއި ނައިފަރު ހިމެނޭ ފާދިއްޕޮޅުގެ ރަށްތަކުން ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި ކެޕްޓަނުން ފަދަ ހުނަރުވެރި އަދި ގާބިލް ބަޔަކު އުފެދުނެވެ. އެކަމަކު ގިނަ ބަޔަކު ރަށުގައި ދިރިނޫޅެވިގެން މާލެއަށް ބަދަލުވާން ޖެހުނު ކަމަށް ވިދާޅުވެ، ރައީސް ވަނީ ސުވާލެއް ކުރައްވައިފަ އެވެ.

"ކީއްވެގެންތޯ މި ރަށްރަށުގައި ދިރިނޫޅެވޭންވީ؟ އެއީ ސުވާލަކީ." އެމަނިކުފާނު ވިދާޅުވި އެވެ.

ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި އެ ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި --- މިހާރު ފޮޓޯ/ނިޝާން އަލީ

މިސާލެއްގެ ގޮތުގައި ހިންނަވަރު ނަންގަވައި، ރައީސް ވިދާޅުވީ އެ ރަށުގެ އާބާދީ 5،000 އަށް ވުރެ މައްޗަށް ގޮސްފައި ވިޔަސް، ރަށުގައި ދިރިއުޅެނީ 2،000 އެއްހާ މީހުން ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިން ކުޑަ ރަށެއްގައި ދިރިއުޅުން ބިނާކުރާނެ ޖާގަ ނެތުމެވެ.

"ގިނަ ގެތައް ބެހީމާ މީހަކަށް 100 ފޫޓު ވެސް ނުލިބޭ. އަޅުގަނޑުގެ އަމިއްލަ ގެ ބެހިޔަސް ކުއްޖަކަށް 200 ފޫޓު ވެސް ނުލިބޭ،" ކުރީގެ ސަރުކާރުތަކުން ވެފައި އޮތް ބޮޑު އިހުމާލު ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީން ނުކުމެ މި ތިބީ އެކަން ބަދަލުކޮށް، އަމިއްލަ ރަށުގައި ހިތްފަސޭހަ، އުފާވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދުވަސްތައް އިޔާދަކޮށް ދޭށެވެ.

"މިތަންތަން ތަރައްގީ ކޮށްގެން މާލެއަށް ލުޔެއް ލިބޭނީ. މިއީ މި ގެންނަން އުޅޭ ބޮޑު ބަދަލަކީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން އެހާ ރަނގަޅަށް އެނގިވަޑައިގަންނަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ހަނދާންތަކާއި ކުރެއްވި ތަޖުރިބާތަކުންނެވެ.

މިރޭގެ ޖަލްސާގައި ރައީސާއި ކޯލިޝަން ޕާޓްނަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު --- މިހާރު ފޮޓޯ/ނިޝާން އަލީ

"ރައްޔިތުން ބޭނުންވާ ކަންކަން އެނގިގެން މި މަސައްކަތް ކުރަމުންދަނީ." މި ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް މި އޮތް ދައުރުގައި ކުރިއަށް ގެންގޮސް، ތަފާތުތައް ނައްތާލައި، ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ހިންނަވަރަށް އިތުރު ވައުދުތަކެއް ވެސް މިރޭ ވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި، އެ ރަށުގެ ބިން އިތުރަށް ހިއްކައި އަދި އިތުރު 200 ހައުސިން ޔުނިޓު ނޫނީ ރޯ ހައުސް އަޅައިދިނުން ހިމެނެ އެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައި ދިނުމާއި އަދި ރަށު ސްކޫލަށް ބޭނުންވާ އާ އެޑްމިން އިމާރާތާއި ކްލާސްރޫމު އަޅައި ދިނުމުގެ އިތުރުން އެތަނަށް ރަނގަޅު ބޮޑު ބަދަލެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުން ހުރިހާ ރަށެއްގެ ރައްޔިތުންނަށް ކުރިއެރުން ލިބޭނީ ދެވަނަ ދައުރެއްގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމުންނެވެ.

5 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 10%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޯ އިބޫ

01 September 2023

ވަރަށް ތަފާތު ކުރާ ރައީސް އެއް

The name is already taken The name is available. Register?

ބޮޑުމީހާ

01 September 2023

ރާއްޖޭގެ ކޮންމެ ރަށެއް ތަރައްގީއެއްނުވާނެ، ނުވެސްކުރެވޭނެ. ތަރައްގީ އަންނާނީ އާބާދީ އެއްފަސްކުރެވިގެން. ކޮންމެ އަތޮޅަކުން ނަމަވެސް ވަކި ރަށެއް ތަރައްގީކޮށް މާލެގައި ހުރި ފަދަ ހިދުމަތްތައް ދެވިގެން ނޫނީ ތަރައްގީއެއްނެތް. 1000 މީހުން ހަމަނުވާ ރަށްތަކުގައި ބަދަރާއި ފެނާއި ނަރުދަމާ އެޅިޔަސް އެެތަނުގައި ބޔަކު ނުތިބޭނެ. ދައުލަތުން ކުރާ ބޭކާރު އިސްރާފެއް ތީ

The name is already taken The name is available. Register?

ޙުހު

01 September 2023

މާލެ ތަރައްގީ ކުރީ އެްއްދުވްހުން ހަމަ އެކަނި މާލެއަށް ލިބުނު ލާރިން. ޢެހެންވީމާ މީގެ ފޮނި އަރާމު ހަމަ އެކަނި މާލޭ ބޭފުޅުންނަށް. ޙުރިހާ ލާރިއެެއް ބޭރަށް ގެންގޮސް ގައުމުގަ ޓެކްސް ދައްކާ ނިކަމެތި ރާއްޖެތެރޭ މީހާ އަނެއްކާ މިދަރަނިވެސް ލިބޭ 5000ރ ކުއްޔަށް ދައްކާފަ މިދަރަނިތަށްވެސް ދައްކާ. ޙަމަހަމަ ކަމާ އިންސާފު. ޢެމްޑިޕީއަށް ނޫން ތަފާތު ކުރުމަށް ނޫން.

The name is already taken The name is available. Register?

ރައްޔިތުސޮރު

01 September 2023

ރަށްރަށުގަ އެރަށެއްގެ ވަޒަންވެރިންނަށް ގޯތިދޭންބުނާއިރު މާލޭގަ ވަޒަންވެރިވެގެންއުޅޭ ދިވެހިރައްޔިތުން ތަފާތު ކުރައްވަނީ ކޮން ޤާނޫނީ ހަމަޔަކުންތޯ؟ ވަކިބަޔަކާ ޖެހުނީމަ ހަމަޔާ އިންސާފް މިނަނީ ވަކި ނާޅިޔަކުންތޯ؟

The name is already taken The name is available. Register?

ޜޔތމހ

01 September 2023

މިއޮތީ ގާނޫން އަސާސީއާ ހިލާފްވެފަ. މައްސަލަ ބަލާ އިދާރާތަކުމް މިމިހުންނަށް ފިޔަވަޅު އަޅާނެ ބަޔަކުވެސް މިގައުމުގަ ހަމަ ނެތީދޯ. ކޯޓާ ހަމައަށްބެސް ދާނެ މީހަކު ނެތީދޯ. ރައްފުށު މީހުން ހައްގު ހޯދަން ތެދުވޭ. ހޭލާ ތަފާތު ކުރުމަށް ނުން ބުނޭ. އިބޫއަށް ނޫން ބުނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454