01 ސެޕްޓެމްބަރ 2023 - 11:12
އެމްޓީސީސީން މާލެ އާއި ހުޅުމާލެއާ ދެމެދު ކުރަމުން އަންނަ ބަސް ދަތުރުތައް 24 ގަޑިއިރު ދޭ ގޮތަށް ހަމަޖައްސައި، ކޮލެޖު/ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭ ގޮތް ވެސް ހަދައިފި އެވެ.
އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރަށްރަށުގައި ބޭނުންކުރާ އެ ކުންފުނީގެ އާންމު ދަތުރުފަތުރުގެ ބަސްތަކުން ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް މިއަދުން ފެށިގެން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން ބަސްތަކުގައި ހިލޭ ދަތުރުކުރެވެނީ ގުރޭޑް 12 އިން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށެވެ.
ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ދަރިވަރުން ބަހުގައި ހިލޭ ދަތުރުކުރުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ދައްކަން ޖެހޭނެ ކަމަށް އެމްޓީސީސީގެ އިއުލާނުގައި ބުންޏެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ވެސްޓް ޕާކް ރޫޓުން ދަތުރުކުރާ ބަހުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ވެސް އެ ކުންފުނިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މީގެ ކުރިން ރޭގަނޑުގެ އެންމެ ފަހު ދަތުރު ކުރަނީ 0:15 ގަ އެވެ. ނަމަވެސް މި ގެނައި ބަދަލާ އެކު، 00:15 ގެ ފަހުން ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރެއް އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭ ބުނާނީ
02 September 2023
ރޭގައި ވެސް ފޭސް 2 ގެ ކާނިވާ ބަހަށް އެރޭތޯ ހުރެހުރެ ގޮސް އެހީމާ ބުނީ ކާނިވާ ދޮށުގައި ޖަލްސާ ބާއްވާތީ ކާނިވާ ބަސް ދަތުރުނުކުރަނިއްޔޯ.... ސިޔާސީ ވާހަކައެއް ބުނާކަށެއް ނޫން އެކަމަކު ބަސް ދަތުރު ފަދަ މީހުން އިތުބާރުކުރާ އިންތިޒާމުތަކަށް އެގޮތަށް ބުރޫ އެރީމައި ވަރަަށް އުނދަގޫވޭ
އަފްރާސިޔާބު
01 September 2023
24 ގަޑިއިރު ހޭލާ އުޅޭ ބަޔަކަށް ވަރަށް ރަގަޅު ނިންމުމެއް. އެހެންނޫނީ އެމީހުން ހޭލާ ނުތިބޭނެ.
ބޮޑުމީހާ
01 September 2023
ސިޔާސަތުތައް އުފަންވަނީ ކިހިނެއް ކަމެއް ނޭގެ. އާބާދީ ބޮޑެތި ގިނަ ސިޓީތަކުގައިވެސް ރޭގަނޑު 9 ގެ ފަހުން ފިހާރަތައް ބަންދު، ބަސްދަތުރު/ޓްރެއިން ދަތުރުތައް ބަންދު. މިރާއްޖޭގެ ދަންވާވަރަކަށް ފޯރިއަރަނީ
ބިލްގޭޓުގެ ގެވެށިއަނިޔާ
01 September 2023
ޑުރައިވަރުންނަށް އެކަށީގެނވާ ރެސްޓު ދޭތި ނޫނީ ދެރަ ކަމެއް ހިނގާފާނެ
ނަރުސް
01 September 2023
ބުރުޒުމަގު ހެންވޭރުން މާފަންނަށް ހަދާފަ އަމީނީ މަގުގަ މާފަންނުން ހެންވޭރަށް ރޫޓެއް ހަދާބަލަ. ވަރަށް އުދަގޫ އެއްކޮޅަށް އޮންނާތީ. ހޮސްޕިޓަލް ދަތުރުތަކަށް.
ހޭއަރާވިސްނާބަލަ
01 September 2023
އަނެއްކާ އަނެއް ހިތްވަރު ތި ދެނީ. މި ނޫނީ ރޭގަނޑު ހޭލާ މަގުމަތީ ކަމެއް ނެތިފަ އުޅޭ ރައްޔިތަކު ދިރިއުޅޭ ޤައުމެއް އަހަރެން ނުދެކެން. 24 ގަޑިއިރު އާއްމު ޚިދުމަތް ދިނުން ހުއްޓާލާ، ފިހާރަތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކުރާ ގަޑި ރޭގަނޑު 2100 ށް ބަދަލުކުރަން ފެނޭ. މި ނޫން ގޮތަކަށް ޒުވާން ޖީލު ސަލާމަތެއް ނުކުރެވޭނެ.
މާލަސް
03 September 2023
ކަންކަން ކުރަން ތިޔަ ގޮވާލާ މީހުންގެ ތެރޭވެސް ގިނަވާނީ އޭގެ މީހުން މިހާރު. އެފަދަ މީހުން ކުރާނެ ކަންކަންވެސް އެންމެންނަށް ރަގަޅަށް އެނގޭނެ. އަދި އެކަހަލަ ހުރިހާ ކަންކަން ފަހިވެފައި އޮތްވަރުވެސް މިހާރު އެހާ ބޮޑު. ދަމުނަމާދަކު ނޫން އެމީހުން ތިބޭނީކީ.
2023
01 September 2023
ކީއްވާނީ އަހުން ސަރުކާރު އޮފީސްތަކުގެ ކާޑްދައްކާލައިގެން ހިލޭ ދަރުކޮށްދީ.... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
01 September 2023
އިތުރަށް ތައާރަފްކުރާންޖެހޭ ކަމަކީ "Express Service" ފެއްޓުން. މިކަމަށްޓަކާ ހުޅުމާލެ ފޭސް 1 އަދި 2 ގައި މެއިން ޓާމިނަލަނެއް ހަދާ އެތަނަށް އަދި މާލޭ މާފަންނު ޓާމިނަލް ވިލިގިލި ފެރީޓާނިނަލް ސަރަޙައްދައް ބަދަލުކޮށް (ދިރާގު ކުރިމަތްޗައް) ކާނިވާ ބަސް ސްޓޮޕް އުވާލާ އެންމެފަހުން އަރަބީއްޔާ ސްކޫލް ހުރި އިމާރާތާއި ވިލިގިލި ފެރީޓާނިނަލް ގުޅުވާލުމަށްފަހު އެއީ ޓްރާންސްޕޯޓް ހަބަކަށްވާގޮތަށް ބަސްޓާމިނަލް އެތަނަށްބަދަލުކޮށް މާލެއިން މިދެތަނަށް ހިދުމަތް ދިނުން.
ހަބީބު.
01 September 2023
ތީވަރައް ރަނގަޅު ނިންމުމެއް ޓެކްސީޑުރައިވަރުން އެބަޖެހޭ ހަމަބިމައް ތިރިކުރަން ކުރިންރެޔަކުވެސް ބާރައިގެ ފަހުން މާލޭން އެރިޓެކްސީއެއް 100 ރުފިޔާ ދަމައިގަތް އެއާޕޯޓު ޖެހިފައޮތް ތާކައް ލަންކާގަ ހަތަރުގަޑިއިރު ނުހުއްޓަ ބަހެއް ކުއްޔައް ނެގިޔަސް މިވަރުނުކުރޭ އެވެސް ހަމަ އަޅަނީ ތެޔޮ މީބޮޑުވަރު
އަސްލު ވެސް
02 September 2023
ހަމަ ރަނގަޅަށް ތިޔަބުނީ އެއްބަޔަކު ނަގާ 75 އަނެއް ބަޔަކު 85 އަނެއްބަޔަކު 100 އެކަމަކު ބަސްތައް ތަންކޮޅެއް ރަނގަޅު ނިޒާމެއްގެ ދަށުން ގަޑިން ގަޑިއަށް ދުއްވާނަމަ ވަރަށް ރަނގަޅު
ނެކްސްޓް
01 September 2023
ބޮޑެތިބަސް ކުދި މަގުމަގުން ނުދުއްވާ ހަމައެކަނި ބޮޑު މަގުތަކުން ދުއްވާ ކުދި ރޫޓް ތަކަށް ކުދިބަސް ދުއްވާ ގޮތައް ރޫޓުތައް ގުޅުވާލީމަ މީގެ ހަގީގީ ފައިދާއެއް ރައްޔިތުންނަށް ލިބޭނީ