ރިޔާސީ އިންތިހާބަށް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 ސެޕްޓެމްބަރ 2023 - 14:57
ތ. ވޭމަންޑު އާއި ކައިރީގައި އޮތް ކިނބިދޫ ގުޅުވާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި، އެ ދެ ރަށުގެ ބިން ހިއްކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބަށް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ވޭމަންޑޫއަށް ވަޑައިގެން އެ ރަށުގައި މުއިއްޒު ވިދާޅުވީ މި ދެ ރަށް ގުޅުވާލުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވައުދެއް ކަމަށެވެ. އަދި، އެއީ އޭނާގެ ވެސް ސިޔާސަތު ކަމަށާއި އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެކަމަށް އެ ދެ ރަށުގެ ގިނަ ބަޔަކު އެދޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ނިންމުމަށް ފަހު ދެ ރަށް ބިން ހިއްކައިގެން ކުރިއަށް ގެންދާ މަޝްރޫއު ވާނީ ހަރަދަކަށް ވުރެ ބޮޑަށް އިންވެސްޓްމެންޓަކަށް ކަމަށެވެ.
"[ބިން ހިއްކައިގެން ލިބެނީ] އެކި ކަހަލަ މަންފާތައް ހޯދަން ލިބޭ ޖާގަ. އިގްތިސާދީ މަސައްކަތްތައް ކުރިއަށްގެންދަން. ގެދޮރުވެރިކަމަށް ބޭނުންވާ، ގޯއްޗާއި ހައުސިން މަޝްރޫއުތައް ހިންގަން ލިބޭ ޖާގަ [އެއީ]،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ވާރޭ ވެހި ފެންބޮޑުވެފައިވާ ވޭމަންޑޫގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރައްވަން ވައުދުވެވަޑައިގެންފަ އެވެ. އަދި، އެ ރަށަށް ރަނގަޅު ފެންވަރުގެ ބަނދަރެއް ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ވޭމަންޑު އާއި އެއަތޮޅު ކިނބިދޫ ގުޅައިލާ ކޯޒްވޭ އެޅުމަށް އެ ދެރަށް ދެމެދުގައި އޮތް ފަޅުރަށް، އެލާ ވަނީ ސަރުކާރަށް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާސިމާ
04 September 2023
މީ އުފާވެރި ހަބަރެއް މުއިޒްއަށް ވޯޓް ދޭނީ
ފިރާޝް އަހުމަދު
04 September 2023
މުއިޒްމެންނަށް ވާނެ ކުރާނެ އިންޝާﷲ އިތުބާރު އެބައޮތް
އަޝްވަލް
04 September 2023
މުއިއްްޒް އަކީ ހަމަ. މުޅިން އެހެން ލެވެލް އެއް. ތަރައްގީގެ މަގުގައި ތަފާތު. މުއިއްްޒް ހޮވަން މިފަހަރު
އަހްމަދު ސޮބާހް
04 September 2023
އަޅުގަނޑުގެ ވޯޓް މުއިއްްޒް އަށް
އޝްމަލީ
04 September 2023
މުއިއްްޒް އަށް ވާނެ. ކުރިން ވެސް ބްރިޖް އެޅި. ފޭސް 2 ހިއްކާ ފްލެޓް އެޅި
ނޫހް އިބްރާހިމް
04 September 2023
އިބޫއަށް ނުވި. ދެން ހޮވާނީ މުއިއްޒް
އަހްމަދު އާޒިފް
04 September 2023
ސިނަމާލެ ބްރިޖް އެޅި މީހަކަށް ތި އެއްވެސް ކަމެއް ނޫނެއްނު
ތޫބާ ނާޒިމް
04 September 2023
މުއިއްްޒް ބުނެފިއްޔާ ކުރާނެ . އެ ޔަގީންކަން އެބަ އޮތް
މުސްލިމާ މުހައްމަދު
04 September 2023
އަހަރުމެންގެ މި ހުވަފެން ހަގީގަތަކަށް ހަދާދޭނެތީ މުއިއްްޒް އަށް ޝުކުރަން
ދިހާމް
04 September 2023
ރައްޔިތުން ގެ ވިންދާ އެއްކޮށް މުއިއްްޒް މަސައްކަތް ކުރާ ކަން ޔަގީން ވެއްޖެ. މަގޭ ވޯޓް މުއިއްްޒް އަށް