03 ސެޕްޓެމްބަރ 2023 - 22:05
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އޭނާ ބޮޑުބޭބެ ވިދާޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންް އާ ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފި އެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޔާމީނާއި ފާރިސް ބައްދަލު ކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައި ވަނީ ދޮގު ހަބަރެއް ކަމަށާއި އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ޔާމީން ތާއީދު ކުރެއްވުމުން އެކަން ހަޖަމު ނުވެގެން ފަތުރާފައިވާ ހަބަރެއް ކަމަށެވެ.
ޔާމީން ވަނީ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކުރައްވައި އޭނާ އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި ކަމަށާއި ނަމަވެސް ކޯލިޝަންގެ މެންބަރުން ބައިބައި ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމް އިން ތުހުމަތު ކުރި އެވެ.
"...[ފާރިސް އާ ޔާމީން ބައްދަލު ކުރި ވާހަކައަކީ] މި ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭޏުމުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގު ހަބަރެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ފާރިސް ޔާމީނާ ބައްދަލު ކުރި އަޑުފެތުރުމާއެކު "މިހާރު"ން ވަނީ އެ ކަން ސާފު ކުރުމަށް ފާރިސް އަށް ތަކުރާރުކޮށް ގުޅައިފަ އެވެ. ނަމަވެސް އޭނާ ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަމުގައި ފާރިސްގެ ބަހެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަވީތަ
04 September 2023
ރައީސް ޔާމީނެއްވެސް ފާރިސެއްވެސް މޮޔައެއް ނޫން އެކަކު އަނެކަކާ ބައްދަލުކުރަން އުޅޭކަށް. އެމީހުން ދެބައިވީ ގޮތުގެ މާޒީ ފުދޭ އެކަކު އަނެކަކާ ބައްދަލުނުކުރަން.
އަލީ!
04 September 2023
ފާރިސްގެ ބަހެއްބޭނުން، އަދުރޭމެން ނަހަދާނެ ތެދެއް.
އައްޔާާ
04 September 2023
ތެދެއް އިވުނިއްޔާ އެނގޭވަރު ބަޔަކު ނުއުޅޭ.
އޭނާ ކޮބާ
04 September 2023
އަހަރެން ހިތައް އަރާ މިހާރު ޔާމީނު ކޮބައިބާއޭ. މުއިއްޒައް ކެންޑީޑޭޓުކަން ހަވާލުކުރިފަހުން ޔާމީނުގެ ހަބަރެއް އަސްލުނުވޭހެން މަށައްހީވަނީ. ޕީޕީއެމްގެ ބަޔާންތަކަކީ ޔާމީނުގެ އަޑުކަމާމެދު މަށައް ވަރައް ޝައްކު.
އެބައޮތް
04 September 2023
އިބޫ ބޭއްވީމަ ރީތިކޮށް ޖަލުގަ ޔާމީން އޮތީ. އެތާ މަޑުން އޮވެގެންވެސް ކަމަކުނުދިޔަދޯ؟
އަލިފުތާ
04 September 2023
މިއީ ދެން ބޮޑު ސިޔާސީ ޕާޓީއަކުން ބަޔާނެއް ނެރޭވަރު ކަމެއްތަ؟ ތިގޮތަށް ބަޔާނެއް ނެރުމުން މިހާރު އެބަ ޔަގީންވޭ ފޮރުވިފައިވާ ކަންތައްތަކެއް އެބަހުރިކަން
ފިނރުޓޭ
04 September 2023
މުއިއްޒަކީ ޔާމީނުގެ އެއްވެސް އިރެއްގެ އިތުބާރެއް ކުރި ބޭފުޅެއް ކަމަކަށް ނުބެލެވޭ! އެއީ ޔާމީނު ސަރުކާރުގަ އުޅެމުން ވަގު ހަދާކަން ޔާމީނަށް އެނގެިވަޑައިގަންނަވާތީ ކަމަށް ބެލެވެނީ! އެވަރުގެ މީހަކަށް އިތުބާރެއް ނުކުރައްވާނެ ދޯ؟ މިހާރު ބުރިޖު އަޅަން ގެނައި މީހުން ބައިތިއްބީ މުއިއްޒު ގޭގަޔޯ ކިޔައިން އެ އުޅެނީ! އެހެނެއްވެސް ނެހެދޭނެ ދޯ! އެއީ ހަމަށް އިމަށް ކޮރަޕްސަން އެންނު!
ރޯޒަސް
04 September 2023
ޔާމީނު އެހްނެ މީހަކު ވައްކަން ކުރާތީ އިތުބާރު ނުރާނީ ހާދަވަރެއް ވީމައޭދޯ..؟
ބްރޯސް
04 September 2023
ހާދަ ބިރެއް ތިގަންނަނީ.. ކޯޗެއް ފޮރުވައިގެން އަދުރޭމެން ތިއުޅެނީ.. ޔާމީނު މުއިއްޒަށް ތާއީދުކުރަން ބުނިކަމުގެ އެއްވެސް ހެއްކެތް ނެތް. އޮތީ އަދުރޭމެން ޔާމީނު ބުންޏޭ ކިޔައިގެން ދައްކާ ވާހަކައެއް. އޭންގެ އާއިލާއަކުން ކުރިން ބުނިގޮތަކަށް ޕަބްލިކަކަށް ޔާމީނުގެ ނޯޓެއް ނުދައްކާ. އެމީހުން ތިބީ ހަނު. މީގެން ވަރަށް ސާފުކޮށް އިނގޭ އަދުރޭމެން ޔާމީނުގެ އަޑު ކަނޑުވާލީކަން. ފާރިޝް ބައްދަލުކޮށްފިއްޔާ ހަގީގަތް ހާމަވާނެކަން.
ބޮޑުއަހަދޭ
04 September 2023
އަހަރުމެންނަށް ކޮންކަމެއް މީހަކު މީހަކާއި ބައްދަލު ކުރީމަ. ކުރިއަކަސް ނުކުރިއަކަސް އަހަރުމްނެ ވޯޓުދޭނީ އަހަރުމެންގެ ބޮލަށް ވިސްްނޭމީހަކަށް.
އަންދަލޫސިޔާ
04 September 2023
ކޮބާ ރައީސް ޔާމީން މުޢިއްޒަށް ސަޕޯރޓްކުރައްވަންޏާ ނޯޓެއް ނުފޮނުވާތޯ؟ މެޑަމް ފާތުން އަދި ޒެއިން ވެސް ކެމްޕޭނަކުން ނުފެނޭ. ރައީސް ޔާމީން އެންގީ ބޮއިކޮޓްކުރަން. އަދި މުޢިއްޒުއަށް ތާއީދު ނުކުރާތީ ނޫންތޯ އެންމެ ފަހުގެ އަޑުއެހުމުގައި ވިދާޅުވީ ތިމަން މަނިކުފާނު ސިޔާސީ އެއްވެސް ކަމަކާ ނޫޅުއްވާ ކަަމަށް! ރައީސް ޔާމީނަށް މާބޮޑަށް ވެސް ސާފުވާނެ މުޢިއްޒު ވެރިކަމާ އުޅޭކަން. އަދި އަންނިއަށް ޖެހުނު ދަތުރު ރައީސް ޔާމީނަށް ޖެހިދާނެކަން.
ބޯއިކޮޓް
04 September 2023
އަނެއްކާ، ޔާމީން ބުނެފައި އޮތީ، ތިމަންނާއަށް އިއްވާފައިވާ ޙުކުމަކީ ރަނގަޅު ޙުކުމެއް ނޫންކަމަށް ޤަބޫލު ކުރަންޏާ އިންތިޚާބު ބޮއިކޮޓް ކޮށްދޭށޭ. އެހެންވީމާ، މިހާރު ޕީޕީއެމް މީހުންވެސް ޤަބޫލު ކުރަނީ ޔާމީނަށް އިއްވާފައިވާ ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ބަލަންޖެހޭ.
ގެދާނޯމޮސް
03 September 2023
ވެރިކަމާއި ހެދި މޮޔަވެފަ ތިބޭއާއިލާ ވީމާ! 2 ވޯޓުން ވިޔަސް ހީވެގެން އުޅޭނީ 200000 ވޯޓުން ހޮވިފަކަމަށެވެ!
ޖަލު ބޮޑޭ
03 September 2023
އެއީ އަހަރެންގެ ތުއްދޮންބޭގެ ކަލޯ؟ ވެރި ކަމަށް އަންނަން އުޅޭތީވެ އޭނަ އަށް ވެރި ކަމުގެ އިރުޝާދު ދިނީ