ހދ. ކުޅުދުއްފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
05 ސެޕްޓެމްބަރ 2023 - 08:33
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ލިބިވަޑައިގަންނަވާނީ ރައީސަށް ވުރެ 8 ޕަސެންޓް މަދުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ރައީސްގެ ކެމްޕެއިނަށް ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ހދ. ގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުން މި ރަށްތަކުން ބޮޑު ތާއީދެއް ރައީސަށް ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ
"އަޅުގަނޑުގެ ހިތުގެ އަޑިން ހިސާބުތަކުން ބަރާބަރަށް ޖަހައިފައި މި ދަންނަވަނީ. އެންމެ މަދުވެގެން ވެސް މުއިއްޒު އޮންނާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ 8 ޕަސެންޓް ދަށުގައި،" އޭނާ ވިދާޅުވި އެވެ.
"އެންމެ މަދުވެގެން ވެސް އަށް ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭ ދަށުގައި އޮންނާނީ."
ރޭގެ ޖަލްސާގައި އިމްރާން ވަނީ އެހެން ކެންޑިޑޭޓުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
އިމްރާން ވިދާޅުވި ގޮތުގައި، އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސް އިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ މި އިންތިހާބު ސީރިއަސްކޮށް ނަގާ އިތުރު އެއްވެސް ކެންޑިޑޭޓަކު ނެތް ކަން އެނގިވަޑައިގެންފި ކަމަށެވެ.
މި އިންތިހާބަށް 8 ކެންޑިޑޭޓުން ކުރިމަތިލާއިރު، އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ "ހިލޭ ގެންގޮސް ރައީސް ކަން ދިނަސް"، ހަ މަސް ވަންދެން ވެސް އެ ޒިންމާ އަދާކުރެވޭނެ ފެންވަރުގެ ބައެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ފަސް ކެންޑިޑޭޓުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެ ކެންޑިޑޭޓުން ވެރިކަމަކީ ބޮޑު ސަކަރާތަކަށް ހަދައިފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންސޫ
05 September 2023
ކަލޭކައިރީގަ ކުރިންވެސް އެކަން ކުރި މީހުން އެހެން ބުންޏަސް މިފަހަރު ވޯޓު އޮޅުވައެއް ނުލެވޭނެ
ޢަލީ ބަލީ
05 September 2023
ކަހީމު ބުނީމަ ޖެހޭނީ ގަބޫލު ކުރަން
ހިތަދޫ 2
05 September 2023
ސޯލިހް ލަގަނޑިއަށް ކެތް ނުވެގެން މަގާމު ދިނީމަ އަރާ ހުރެ ދައްކާ ވާހަކަ އޭނާ ހިތްރުހޭތޯ! ސޯލިހް ކައިރީ އުޅޭ މީހުން މުޅިންވެސް އުޅެނީ އެހެން ހަގީގަތަކީ ކައިރީގަ ތިބި މީހުން ކަނީ ފުރުސަތުގެ ބޭނުން ހިފަނީ ވޯޓް އޮތީ 3 ވުރެށް ދަށުން! އަހަރެން ހިސާބެއް ނުޖަހަން ހިތުގެ އަަޑިން އެކަމަކު ވަރަށް ގިނަ މީހުންނާ ސާވޭ ކޮއްފިން.
ބޮޑުމީހާ
05 September 2023
ރައީސް ވަހީދަށް ވީވަރު ނުވެއްޖެއްޔާ ރަގަޅު. ޑިމޮކްރެޓުން އުޅެނީ ބޮޑުތަނުން ކުރީގަ. އެމްޑީޕީއަކީ މައުމޫންގެ ޑީއާރުޕީ.
މެންގަރޫވް
05 September 2023
ފުރަތަމަ ތިޔަ އިމްރާނު ކުރިމަތި ލައިބަލަ. ކިތައް ޕަސެންޓް ތޯ ރައްޔިތުންދެނީ ބަލަން. ޔަޤީން ކަށަވަރު %8 ވެސް ނުލިބޭނެކަން.
އިމޫ
05 September 2023
ވޯޓައް މަކަރު ހެދޭނެ ފޯމިއުލާއެއް ހޯދުނީތަަ؟
ސިލްމާ ޒާހިރު
05 September 2023
ޚިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަމާ ދެމެހެއްޓޭނީ އިބޫއަށް ވޯޓު ދީގެން. މިހާރު ވެސް ޑރ. މުޢިއްޒު އެހުރީ އިދިކޮޅު އެންމެންނަށް އަނިޔާކުރަން ރެޑީގަ. ބޮޑެތި ކޮރަޕްޝަން މިހާރު ވެސް ޑރ. މުޢިއްޒު ހިންގަވާ. އަދި ރައީސް ޔާމީން ހިންގެވިހާ ކޮރަޕްޝަނަށް ރުހިގެން ހުންނެވީ. ޒާތީ ނުވާނަމޭ ބުނެފަ ދެން އެއުޅެނީ ޤައުމަށް ޣައްދާރުވުމޭ ކިޔައިގެން އިދިކޮޅު އެންމެން ޖަލަށްލާން.
ޒާއްޓެ
05 September 2023
ދިވެހިންނަކީ މުހައްމަތު ތަކުފާން ދޮންބަންޑާރައިން ފަދަބައެއް އެބައިމީހުން ނެޭދޭނެ ދިވެހި އެންމެ ވެލިފުކެއްވެސް ގެއްލެކަށް .. ބޭރުގެ ނުޕޫޒެސް ފޯރާކަށް
ހިލާލު
05 September 2023
ކޮރަުފުސަންގެ ވާހަކަ ނުދައްކާ 120 ބިލިޔަން ދަރާ ކުރިކަމެއް ނުފެނޭ މުޅިން ސިއްރު އެގުރިމެއންޓުތައ.. މުކޭ އެކައުންޓު ފުރިެއޖެ
ނައިފަރު
05 September 2023
ހިންނަވަރާ ނައިފަރު ގުޅުވާލި ބުރިޖު ކޮބާ
ކަސީރު ޙާމިދު
05 September 2023
ނޭނގޭތަ؟ ކުރީ ދުވަހު އައިސް އެތަން ހުޅުވާފަ އެދިޔައީ.. ލޯއަނދިރި ބަޔަކަށް ވިއްޔާ ފެންނާނެ..
ޖަގޫގަރ
05 September 2023
ކަލޭ ބޭނުންހާ ވާހަކައެއް ދައްކަންވީ ވޯޓަށް މަކަރު ހަދަން ނުވިސްނާތި
ޖަހެން
05 September 2023
ޗަހެން ނުބުނެވޭނެ ވޯޓް ނަގާފަ ނަތީޖާ އިއުލާން ނުކުރަނީސް. ތިޔަވާހަކައިން ދޭހަވަނީ މިވޯޓް އިންސާފުވެރިނުވާނެކަން.