އައްޑޫ ލިންކް ރޯޑުގައި ލައިޓު ޖަހައި ދިއްލާފައި.-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
05 ސެޕްޓެމްބަރ 2023 - 11:17
އައްޑޫ ލިންކް ރޯޑު ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހަދައި 2003 ގައި ހުޅުވި އައްޑޫ ލިންކް ރޯޑްގެ މުޅި މަގުގައި މިހާތަނަށް ލައިޓް ހަރުކޮށްފައެއް ނެތެވެ.
އައްޑޫ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ފެށިގެން އައްޑޫ ޕޮލިސް އެކަޑަމީއާ ހަމައަށް އިއްޔެ ރެއިން ފެށިގެން ދިއްލާފައިވާ ކަމަށެވެ.
"ރޭގައި ލިންކް ރޯޑު ދިއްލާފައި އޮތްކަން ވެސް ފާހަގަ ކުރަން. މަސައްކަތް މި ކުރަނީ މި މަސް ތެރޭ ލިންކް ރޯޑު އެއްކޮށް ދިއްލަން،" ނިޒާރު ވިދާޅުވި އެވެ.
މަރަދުއާ ގުޅޭ ހިސާބު ނުދިއްލާނެ ކަމަށާއި ދިއްލާނީ ހަންކެޑެ ބްރިޖާ ހަމައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫސިޓީގެ މަގުތައް ޒަމާނީ ފެންވަރެއްގައި ހެދުމުގެ މަޝްރޫޢުގެ ތެރެއިން އައްޑޫސިޓީ ލިންކް ރޯޑްގެ ހިތަދޫ ރުއްފަށާ ސަރަހައްދުން ނެޝަނަލް ޕޮލިސް އެކަޑަމީ ސަރަހައްދުގައި މިހާރު ވަނީ ލައިޓް ހަރުކުރެވި މަގު ދިއްލިފައި.
— Addu City Council (@AdduCityCouncil) September 3, 2023
1/2 pic.twitter.com/7ZV01TXy5X
އައްޑޫ ލިންކް ރޯޑް ނުދިއްލާތީ އެކަމުގެ ޝަކުވާ އައްޑޫ މީހުނ އަބަދުވެސް ކުރެ އެވެ.
އައްޑޫ ލިންކް ރޯޑް ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ދިވެހި ސަރުކާރުން ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގަ އެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލެބެނަންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކް ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ބެލެވޭ ޖޯން ސްމާޓް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ2
05 September 2023
ވަރަށް ބޮޑަށް ހީވާގޮތުން މިލައިޓްޖެހުމުގެ ކަންތަކަކީ މިމަގުތަރައްގީ ކުރުމަށްވުރެން ބޮޑަށް ޕޮލިސް އެކަޑަމީ އާއި ގުޅިފައި އޮތްކަމެެއް. މިމަގު ތަރައްގީ ކުރާކަމަށް ވަންޔާމު ފުރަތަމަޖެހެނީ މަގުގެ އަޑިގުޑަން ރަނގަޅުކޮށް ދުއްވާމީހުންނަށް ރައްކާތެރި މަގަކަށް މިތަން ހަދައިދިނުން ދެން އެއަށްފަހު ލައިޓްޖެހިނަމަ މަގު ތަރައްގީކުރަންށޭ ބުނެވިދާނެ.
ލޮއްލަތު
05 September 2023
20 އަހަރު ދުވަސް. އެ މަގުތަކުގައި ބައްތި ޖަހަން 20 އަހަރު. ސަރުކާރުތަކުން ކިހާ ބުރަކޮށް އެެއުޅެނީ “ތަރައްގީ” ގެންނަން…
ވަރަ
05 September 2023
ތިޔާ ކަލޮ ނޫހަށް އަރުވާވަރުކަމެއް..ދެން އައްޑޫ މީހުން ގުނބޯ ހެއްދުނީތިޔާ 2 ދުވަހަށް ވެފައިވނިކޮށް ؟
ސެންޓު
05 September 2023
މިވެސް ހަބަރެއްތަ؟ ސާބަހޭ ކަލޯނޭ މިގެއަށް އުނދުނެއްވެސް ހަދިޔާ ކޮށްގެން އެބަ އުޅޭ ކޮންމެވެސް ކެންޑިޑޭޓެއް މި ވާހަކަވެސް ފަލަ ސުރުހީއެއް ގޮތުގައި ޖަހާލަ ދީބަލަ
ދަނޑިފުޅު
05 September 2023
އައްޑޫ ލިންކް ރޯޑް ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ދިވެހި ސަރުކާރުން ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގަ އެވެ.. ލޯނުގެ ބޮޑުބައި ކޮރަޕްޝަނަށް . ދެން ސަރުކާރުން ކުރީ ކޮންކަމެއްތޯ ؟
އަލީ23
05 September 2023
ތީ ތިތާ ތިއެކއޑަމީ އަޅަން ޕްލޭން ކުރިއިރުވެސް ހަރުކުރަން ނިންމާފަހުރި ބައްތިތަކެއް. ލިންކުރޯޑު ދިއްލުން ކަމަށް ބެލެވޭނީ މުޅި މަގު ދިއްލުމުން
ބޮޑުމީހާ
05 September 2023
5 އަހަރު، މަގެއްގައި ބައްތިއެއްޖަހަން. ދެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ފޯނު ޗާޖަރެެއް ބަހައްޓައިގެން މިނިސްޓަރުން ގޮސް ރިބަންވެސް ކަނޑައިފި އަދި ޓްރެފިކް ލައިޓެއް ހަރުކޮށް ނާއިބު ރައީސް ގޮސް އެ ބިޔަ މަޝްރޫވެސް މީޑިއާތައް އެއްކޮށްގެން އިފްތިތާހުކުރި. އެހެންކަމުން މިސަރުކާރުގެ ލެވެލްގައި މެގަ ޕްރޮޖެކްޓެއް ތި ނިންމުނީ. މަރުހަބާ އައްޑޫ ރައްޔިތުން
ސަން1
05 September 2023
އަދި އިންޑިއާގެ އެހީގައި ހިންގި ބިޔަ މަޝްރޫއު، ރަތްމަންދޫ މަގު ބައްތިޖެހުން (19 ބައްތި) އިފްތިތާހު ކުރީ އިންޑިއާ އެމްބެސްޑަރާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު.
ދޮހޮއްތު
05 September 2023
ބޭކާރު ހަރަދެއް…
ވަހީދުބެ
05 September 2023
މަގެއްގައި ބައްތިއެއް ދިއްލުން، މިސްކިތުގައި ގަޑިއެއް ބެހެއްޓުން، ނަމާދުގޭގައި ކުނަލެއް އަޅައިލުން.... 70 ގެ ތެރޭގައި ހިންގި މަޝްރޫއުތައް. މިހާރު ވޯކެއް ނުކުރާނެ.
ފޮނިފޮނިޓައްޕު ކުމާރު
05 September 2023
ލިންކު ރޯޑު ނުދިއްލާކަން، މާލޭ މަގުތައްމަތީގާ ހޮޅިއަޅާފާ އޮންނަކަން ރައީސްމީއަށް ރޭކާތީ ވެރިކަން ނިމޭން 5 ދުވަހަށްވީމާ.